ކ. މާލެ
|
19 މެއި 2020 | އަންގާރަ 21:07
ދާދި ފަހުން ޓޮޓެންހަމްގެ ކުޅުންތެރިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން އެޓީމުގެ ފޯވާޑް ޑެލޭ އަލީ
ދާދި ފަހުން ޓޮޓެންހަމްގެ ކުޅުންތެރިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން އެޓީމުގެ ފޯވާޑް ޑެލޭ އަލީ
ގެޓީ އިމޭޖަސް
ޕްރިމިއާ ލީގުގެ ކުޅުންތެރިން ޕޮޒިޓިވްވުން
ޕްރިމިއާ ލީގުގެ ހަ ކުޅުންތެރިއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ
 
ޕޮޒޮޓިވްވީ ތިން ކްލަބެއްގެ ކުޅުންތެރިން
 
ޖުމްލަ 748 މީހަކު ވަނީ ޓެސްޓު ކޮށްފައި

އިނގިރޭސި ޕްރިމިއާ ލީގުގެ ހަ ކުޅުންތެރިއަކު ކޮރޯނާވައިރަސް (ކޮވިޑް-19) ށް ޕޮޒިޓިވް ވެއްޖެ އެވެ.

ޕްރިމިއާ ލީގު އަލުން ފަށަން ތައްޔާރުވަމުން އަންނައިރު، އާދީއްތަ ދުވަހާއި ހޯމަ ދުވަހު ވަނީ ގިނަ ކްލަބުތަކެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19 ށް ޓެސްޓު ކޮށްފައެވެ.

އެގޮތުން މި ދެ ދުވަހު 748 މީހަކު ޓެސްޓު ކުރިއިރު، ތިން ކްލަބަކުން ހަ ކުޅުންތެރިއަކު ވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޕްރިމިއާ ލީގުން ވަނީ ހާމަކޮށްފައެވެ. އެކަމަކު އެ ކުޅުންތެރިންގެ ނަންތައް ހާމަކޮށްފައެެއް ނުވެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަ ކުޅުންތެރިންވެސް މިހާރު ވަނީ އައިސޮލޭޝަނަށް ބަދަލު ކޮށްފައެވެ.

ޕްރިމިއާ ލީގުގެ ހަ ކުޅުންތެރިއަކު ކޮވިޑް-19 ށް ޕޮޒިޓިވްވި ނަމަވެސް، އަންގާރަ ދުވަހު ކްލަބުތަކުން ވަނީ ކުދި ގްރޫޕްތައް ހިމެނޭ ގޮތަށް ފަރިތަކުރުންތައް ފަށާފައެވެ.

އެކަމަކު ރައްކާތެރިކަމުގެ ގޮތުން ފަރިތަކުރުންތައް ކުރިއަށް ގެންދެވެނީ ހަރުކަށި ފިޔަވަޅުތަކަކާއި އެކުއެވެ. އެގޮތުން ކުދި ގްރޫޕްތައް ހިމެނޭ ގޮތަށް ފަރިތަކުރުންތައް ކުރިއަށް ގެންދަން ޖެހޭއިރު، ޓެކުލް ކުރުމާއި ކުޅުންތެރިން ކޮންޓެކްޓްވުން ވަނީ މަނާ ކޮށްފަ އެވެ.

ކުޅުންތެރިން ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރުން ކުރިއަށް ގެންދަން ފުރުސަތު ދޭން ނިންމާފައިވަނީ އަދި ހަފްތާއެއްހާދުވަސް ފަހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޕްރިމިއާ ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށް ޖޫން މަހުގެ 12 ވަނަ ދުވަހު ފަށަން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ލީގު ކުރިއަށްގެންދިޔުމަށް ހުރިހާ ކްލަބުތަކުން މިހާރު ވަނީ އެއްބަސްވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް