ކ. މާލެ
|
19 މެއި 2020 | އަންގާރަ 18:47
ވަޓްފޯޑުގެ ކެޕްޓަން ޓްރޯއި ޑީނީ: ފަރިތަކުރުންތަކަށް ނުކުންނަން ވަނީ ދެކޮޅު ހަދާފައި
ވަޓްފޯޑުގެ ކެޕްޓަން ޓްރޯއި ޑީނީ: ފަރިތަކުރުންތަކަށް ނުކުންނަން ވަނީ ދެކޮޅު ހަދާފައި
ގެޓީ އިމޭޖަސް
ފަރިތަކުރުންތަކަށް ނުކުންނަން ދެކޮޅު ހެދުން
ފަރިތަކުރުންތަކަށް ނުކުންނަން ވަޓްފޯޑުގެ ކެޕްޓަން ޓްރޯއި ޑީނީ ދެކޮޅު ހަދައިފި
 
ޑީނީ ފަރިތަކުރުންތަކަށް ނުކުންނަން ދެކޮޅު ހެދީ އޭނާގެ ފަސް މަސްވީ ދަރިފުޅަށް ކޮވިޑް-19 ޖެހިދާނެ ކަމުގެ ބިރަށް
 
ޕްރިމިއާ ލީގު ކްލަބުތަކަށް އަންގާރަ ދުވަހުން ފެށިގެން ފަރިތަކުރުންތައް ފަށަން ވަނީ ހުއްދަ ދީފައި

ފަރިތަކުރުންތަކަށް ނުކުންނަން އިނގިރޭސި ޕްރިމިއަރ ލީގުގައި ވާދަކުރާ ވަޓްފޯޑުގެ ކެޕްޓަން ޓްރޯއި ޑީނީ ދެކޮޅު ހަދައިފި އެވެ.

އިނގިރޭސި ކްލަބުތަކުން އަންގާރަ ދުވަހު ފަރިތަކުރުންތައް ފަށަން ތައްޔާރުވީ، ހޯމަ ދުވަހު އިނގިރޭސި އެފްއޭ އާއެކު ބޭއްވުނު ބައްދަލުވުމަށް ފަހު، ލީގު އަލުން ފެށުމުގެ މަޝްވަރާތަކަށް ލިބުނު ކުރިއެރުމާ ގުޅިގެންނެވެ.

އެކަމަކު ރައްކާތެރިކަމުގެ ގޮތުން ފަރިތަކުރުންތައް ކުރިއަށް ގެންދެވެނީ ހަރުކަށި ފިޔަވަޅުތަކަކާއި އެކުއެވެ. އެގޮތުން ކުދި ގްރޫޕްތައް ހިމެނޭ ގޮތަށް ފަރިތަކުރުންތައް ކުރިއަށް ގެންދަން ޖެހޭއިރު، ޓެކުލް ކުރުމާއި ކުޅުންތެރިން ކޮންޓެކްޓްވުން ވަނީ މަނާ ކޮށްފަ އެވެ. ކުޅުންތެރިން ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރުން ކުރިއަށް ގެންދަން ފުރުސަތު ދޭން ނިންމާފައި ވަނީ އަދި ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

އެކަމަކު ވަޓްފޯޑުގެ ކެޕްޓަން ޓްރޯއި ޑީނީ ވަނީ ފަރިތަކުރުންތަކަށް ނުކުންނަން ދެކޮޅު ހަދާފަ އެވެ. އޭނާ ބުނީ އޭނާގެ ދަރިފުޅަށް އަދިވީ އެންމެ ފަސް މަސް ކަމަށާއި މީގެ ކުރިންވެސް ދަރުފުޅަށް ނޭވާލާން އުނދަގޫވި ކަމަށެވެ. އެހެންކަމުން ގެއިން ބޭރަށް ގޮސް އެނބުރި ގެއަށް އައުމަކީ ބޮޑު 'ރިސްކެއް' ކަމަށާއި، މި ދަނޑިވަޅުގައި ފަރިތަކުރުންތަކަށް ނުކުންނަން ބޭނުންނުވާ ކަމަށެވެ.

ފަރިތަކުރުންތަކަށް ނުކުންނަން ޑީނީ ދެކޮޅު ހެދިއިރު، މީގެ ކުރިން އޭނާ ވަނީ ޕްރިމިއަރ ލީގު މި ދަނޑިވަޅުގައި ނުފެށުމަށްވެސް ގޮވާލާފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ވަޓްފޯޑުގެ ކެޕްޓަން ޑީނީ ފަރިތަކުރުންތަކަށް ނުކުންނަން ދެކޮޅު ހެދި ނަމަވެސް، އެ ކްލަބުގެ އެހެން ކުޅުންތެރިން ވަނީ ފަރިތަކުރުންތަކަށް ނުކުންނަން އެއްބަސްވެފަ އެވެ.

ކުދި ގްރޫޕްތައް ހިމެނޭ ގޮތަށް ޕްރިމިއަރ ލީގުގެ ކްލަބުތަކަށް ފަރިތަކުރަން ހުއްދަ ދީފައި ވާއިރު، ޖޫން މަހުގެ 12 ވަނަ ދުވަހު ލީގު އަލުން ފަށަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް