ހޮނިހިރު 06 ޖޫން 2020
04 މިއަހެލި
1441 ޝައްވާލް 14
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:32
އިރުއޮއްސޭ 18:17
އިޝާ 19:35
އިޓާލިއަން ލީގު އަލުން ފެށުން

އިޓާލިއަން ލީގު ފެށުން އަނެއްކާވެސް ފަސްވެއްޖެ

  • ޖޫން 13 ގައި ލީގު ފަށަން ކްލަބުތަކުން ވަނީ ރުހުން ދީފައި
  • އެކަމަކު ޖޫން 14 ގެ ކުރިން ލީގު ނުފެށޭނެކަން ވަނީ ޔަގީންވެފައި
  • ލީގު އަލުން ފަށާނެ ތާރިޚެއް ފައިނަލް ކުރާނީ އިޓަލީގެ ސަރުކާރުން ރުހުން ދިނުމުން

ކ. މާލެ | 19 މެއި 2020 | އަންގާރަ 15:50 | 2,654

އިޓާލިއަން ލީގުގައި ޖެނޯއާ އާއި އޭސީ މިލާން ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖާސް

ޖޫން މަހުގެ 14 ވަނަ ދުވަހުގެ ކުރިން އިޓާލިއަން ލީގު ނުފެށޭނެ ކަން އިޓާލިއަން ފުޓްބޯލް ފެޑެރޭޝަނުން ހާމަކޮށްފި އެވެ.

ޖޫން 14 ގެ ކުރިން ލީގު ނުފެށޭނެކަން އިޓާލިއަން ފުޓްބޯލް ފެޑެރޭޝަނުން ހާމަކުރިއިރު، ޖޫން މަހުގެ 13 ވަނަ ދުވަހު އިޓާލިއަން ލީގު އަލުން ފަށަން ކްލަބުތަކުން މީގެ ކުރިން ވަނީ ރުހުންދީފައެވެ. އެގޮތުން 16 ކްލަބަކުން ޖޫން މަހުގެ 13 ވަނަ ދުވަހު ލީގު ފަށަން ރުހުން ދިންއިރު، އަނެއް 4 ކްލަބުން ބޭނުންވީ ޖޫން 20 ގައި ލީގު ފެށުމަށެވެ.

ލީގު އަލުން ފަށާނެ ތާރިޚެއް ފައިނަލް ކުރާނީ އިޓަލީގެ ސަރުކާރުން ރުހުން ދިނުމުންނެވެ. އެހެންކަމުން ލީގު އަލުން ފެށުމާ ގުޅޭ ގޮތުން ސަރުކާރާއެކު ކުރި މަޝްވަރާތަކުގައި، ޖޫން 14 ގެ ކުރިން ލީގު އަލުން ނުފެށުމަށް އިޓަލީގެ ސަރުކާރުން ވަނީ ނިންމާފައެވެ.

މީގެ ކުރިން އިޓަލީގެ ސަރުކާރުން ވަނީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ކުޅުންތެރިން އެކުގައި ތަމްރީނުތައް ހެދުމުގެ ހުއްދަ ދީފައެވެ.

އިޓާލިއަން ލީގުގެ ކްލަބުތަކުން ކުޅުންތެރިން ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޓެސްޓު ކޮށްފައިވާއިރު، މިހާތަނަށް ޕާމާގެ ދެ ކުޅުންތެރިއަކާއި، ސަމްޕްޑޯރިއާގެ ހަތަރު ކުޅުންތެރިއަކާއި،ޓޮރީނޯގެ ކުޅުންތެރިއެއްގެ އިތުރުން ފިއޮރެންޓީނާގެ ތިން ކުޅުންތެރިއަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

ޖޫން މަހު އިޓާލިއަން ލީގު އަލުން ފަށަން މަސައްކަތް ކުރަމުން އަންނައިރު، މިދިޔަ ހޮނިހިރު ދުވަހު ޖަރުމަން ލީގުގެ ކުޅުން ވަނީ ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ހުސައިން ފަރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.