އަންގާރަ 26 ޖެނުއަރީ 2021
8 ހުވަން
1442 ޖުމާދުލް އާހިރަތު 12
ފަތިސް 05:04
އިރުއަރާ 06:19
މެންދުރު 12:22
އަސްރު 15:42
އިރުއޮއްސޭ 18:18
އިޝާ 19:33
ރޯދަ ބަދިގެ 1441

އަލުވި ސެލެޑް

  • ތަރުކާރީ އާއި މޭވާގެ ބޭނުން ވައްތަރެއް އަޅައިގެން މި ސެލެޑް ތައްޔާރުކޮށްލެވިދާނެ

ކ. މާލެ | 19 މެއި 2020 | އަންގާރަ 13:42 | 32,662

އަލުވި ސެލެޑް - ހަންގްރީ ފޯއެވަރ.ކޮމް

ބޭނުންވާ ތަކެތި

  • 3 އަލުވި ( ކިއުބްކޮށް ކޮށާފައި)
  • 1 ކެރެޓް (ކިއުބްކޮށް ކޮށާފައި)
  • 3/4 އަލަނާސި (ކިއުބްކޮށް ކޮށާފައި)
  • ½ ޖޯޑު ބީންސް (ކިއުބްކޮށް ކޮށާފައި)
  • ½ ޖޯޑު ފްރެޝް ގްރީން ޕީސް
  • ލޮނު (ރަހަލާވަރާށް)
  • ½ އަސޭމިރުސް
  • 1 ޖޯޑު މަޔޮނައިސް

ތައްޔާރުކުރާނެ ގޮތް

އަލުވި، ކެރޮޓް، ގްރީން ޕީސް، ބީންސް 2 މިނެޓު ފެނުކައްކާލާށެވެ. ފެނު ކައްކާނީ، ކޮންމެ ތަރުކާރީއެއް ވެސް ވަކި ވަކިންނެއެވެ. ގްރީން ޕީސް އާއި އަލުވި ފެނު ކައްކާނީ 3 މިނެޓު ވަންދެންނެވެ. ބާކީ ހުރި ތަރުކާރި ފެނު ކައްކާނީ 2 މިނެޓަށެވެ.

ފެނު ކެއްކި ހުރިހާ ތަރުކާރިއެއް ބޯތައްޓަކަށް އަޅާލުމަށް ފަހު، އަލަނާސި ވެސް އަޅާލާށެއެވެ. ދެން އޭގެ ތެރެއަށް، ލޮނު، އަސޭމިރުސް މަޔޮނައިސް، އަޅައިގެން އެއްކޮށްލާށެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.