ކ. މާލެ
|
19 މެއި 2020 | އަންގާރަ 16:23
ޗައިނާގެ ކޮމަރސް މިނިސްޓަރ ޒޮންގ ޝެންގ/ ކޮވިޑް-19އާއި ގުޅިގެން ލިބުނު އިޤުތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ
ޗައިނާގެ ކޮމަރސް މިނިސްޓަރ ޒޮންގ ޝެންގ/ ކޮވިޑް-19އާއި ގުޅިގެން ލިބުނު އިޤުތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ
ޒިންހުއާ
ޗައިނާގެ ފޮރިން އިންވެސްޓްމެންޓް ވިޔަފާރި
ކޮވިޑް-19ގެ ދަތި ޙާލަތާއެކު ވެސް ޗައިނާއިން ފޮރިން އިންވެސްޓްމެންޓަށް ހުޅުވާލަނީ
 
ހައިނާން ޕްރޮވިންސްގައި 'ޕައިލޮޓް ފްރީ ޒޯން' އެއް ކަނޑައެޅުމުގެ މަސައްކަތް ދަނީ ކުރަމުން
 
ސިނާޢި މަރުކަޒުތައް ހުޅުވާލުމަށް ދަނީ މަސައްކަތް ކުރަމުން
 
ކޮވިޑް-19 އާއި ގުޅިގެން ޗައިނާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ފޮރިން އިންވެސްޓްމެންޓް ދަށްވި

ކޮވިޑް-19 ގެ ޙާލަތާއެކު ވެސް ޗައިނާއިން އެޤައުމުގެ ފޮރިން އިންވެސްޓްމެންޓް ހަމަޔަކަށް އަޅުވަން އެޤައުމުގެ ބާޒާރާއި ޚިދުމަތުގެ ދާއިރާ ހުޅުވާލަން ނިންމައިފި އެވެ.

ޗައިނާގެ ދައުލަތުގެ ޓީވީ އަށް ދެއްވެ ބަސްދީގަތުމެއްގައި އެޤައުމުގެ ކޮމަރސް މިނިސްޓަރ ޒޮންގ ޝެންގ ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އެއްގަމާއި، ވައިގެ ބަނދަރުތައް ބަންދުކުރުމުން ފޮރިން އިންވެސްޓްމެންޓް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި، އެކަން ހަމަޔަކަށް އަޅުވަން ސަރުކާރުން ގިނަ ގުނަ ފިިޔަވަޅުތަކެއް އަޅާނެ މަށެވެ.

ޒޮންގ ވިދާޅުވީ ފޮރިން އިންވެސްޓަރުންގެ ޝައުޤުވެރިކަން ހޯދަން ޗައިނާގެ މެދުތެރެއާއި ހުޅަނގުގެ ޞަރަޙައްދުތަކުގެ އިތުރުން، އިރުއުތުރު ޞަރަޙައްދުތަކުގައި ހުރި ސިނާޢި މަރުކަޒުތައް ހުޅުވާލާނެ ކަމަށެވެ. އެއީ ފޮރިން އިންވެސްޓްމެންޓް ފުޅާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތައް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.

އޭގެ އިތުރުން، ހައިނާން ޕްރޮވިންސްގައި 'ޕައިލޮޓް ފްރީ ޒޯން' އެއް ކަނޑައަޅާ މިނިވަން ވިޔަފާރިއަށް ޚާއްޞަ ބަނދަރެއް ތަރައްޤީ ކުރާނެކަމަށް ޒޮންގ ވިދާޅުވި އެވެ. އަދި އެޤައުމުގެ މިނިވަން ވިޔަފާރިއާއި ބެހޭ ޤާނޫނު ތަންފީޒު ކުރަމުންދާއިރު، މިހާރަށްވުރެ ބޮޑަށް ފޮރިން އިންވެސްޓަރުންނަށް ހަމަހަމަ ކަމާއި މިނިވަން ކަމާއެކު ޗައިނާގެ އެތެރޭގެ ބާޒާރުގައި ވާދަވެރި މާހައުލެއް ޤާއިމުކުރުމަށް ބޮޑަށް ބާރު އަޅުއްވާނެކަމަށް ވެސް ޒޮންގ ވިދާޅު ވިއެވެ.

ޒޮންގ ވިދާޅުވީ، ފޮރިން އިންވެސްޓަރުންގެ ޝައުޤުވެރިކަން ދަމައިގަންނަން ބަލާއިރު، ޗައިނާގެ މުސްތަޤުބަލް ފެންނަން އޮތީ ވަރަށް އުޖާލާކޮށް ކަމަށެވެ. ސަބަބެއްގެ ގޮތުގައި އެޤައުމުގެ 'ލޭބަރ ފޯރސް' ގެ ވަރުގަދަ ކަމާއި، ޙަރަކާތްތެރި ހިންގުންތެރި ސިނާޢީ ނިޒާމެއް އޮތުމާއެކު، 1.4 ބިލިއަންގެ އާބާދީއެއްގެ މައްޗަށް ބިނާވެފައި އޮތް އެޤައުމުގެ ބާޒާރުގެ ވަރުގަދަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ކޮވިޑް-19 ފެނުމާއެކު ޤައުމާއި ރައްޔިތުންގެ ސަލާމަތައި ރައްކާތެރިކަމަށް އެޅި ފިޔަވަޅެއްގެ ގޮތުން އިޤުތިޞާދީ އަދި ސިނާއީ ޙަރަކާތްތައް ހުއްޓާލާ ޞަރަޙައްދީ އިމާއި ބައިނަލްއަޤުވާމީ ވަޔާއި، އެއްގަމުގެ ބަނދަރުތައް ބަންދުކުރި އެވެ. މީގެ ސަބަބުން އެޤައުމުގެ އިޤުތިޞާދަށް އޭގެ ނޭދެވޭ އަަސަރު ވަރަށް ބޮޑަށް ކުރިއެވެ. އެހެންކަމުން މިހާރު އެޤައުމުގެ ސަރުކާރުން މިވަނީ އިޤުތިޞާދީ އަނދަވަޅުން އަރައިގަތުމުގެ މަސައްކަތް ފަށާފައެވެ. މިވަގުތު އެންމެ ބޮޑު 'ފޯކަސް' އެއް ދެނީ ފޮރިން އިންވެސްޓްމެންޓަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި