ކ. މާލެ
|
18 މެއި 2020 | ހޯމަ 22:06
މާލޭގެ ވިޔަފާރި ބަނދަރު؛ އާދިއްތަ ދުވަހު އެކަނި 79 ކޮންޓެއިނާގެ ސާމާނު ހުސްކޮށްފައިވޭ
މާލޭގެ ވިޔަފާރި ބަނދަރު؛ އާދިއްތަ ދުވަހު އެކަނި 79 ކޮންޓެއިނާގެ ސާމާނު ހުސްކޮށްފައިވޭ
އެމްޕީއެލް
ވިޔަފާރި ބަނދަރުން މުދާ ހުސްކުރުން
ގިނަ އަދަދެއްގެ މޭވާއާއި ތަރުކާރީ މިއަދުވެސް ވިޔަފާރި ބަނދަރުން ކްލިއަރ ކޮށްފި
 
މިތަކެތީގެ ތެރޭގައި ހިމެނެނީ 1963 ކޭސް ބިހާއި، 336 ކޭސް އަލަނާސިއާއި، 180 ބަސްތާ ފިޔާ، 8 ގަނޑު ކެޔޮ، 414 ޓޮމާޓޯ ކޭސް، 60 ބަސްތާ ބަރަބޯ އަދި 45 ބަސްތާ

79 ކޮންޓެއިނަރގެ ސާމާނު މާލެ އަދި ހުޅުމާލޭގެ ވިޔަފާރި ބަނދަރުން ހުސްކޮށްފި އެވެ.

މޯލްޑިވްސް ޕޯރޓްސް އިން ބުނީ 79 ކޮންޓެއިނާގެ ސާމާނު ހުސްކޮށްފައިވާ އިރު، މީގެ ތެރޭގައި ގިނައީ މޭވާއާއި ތަރުކާރީގެ ބާވަތްތައް ކަމަށެވެ. މި ތަކެތީގެ ތެރޭގައި ހިމެނެނީ 1963 ކޭސް ބިހާއި، 336 ކޭސް އަލަނާސިއާއި، 180 ބަސްތާ ފިޔާ، 8 ގަނޑު ކެޔޮ، 414 ޓޮމާޓޯ ކޭސް، 60 ބަސްތާ ބަރަބޯ އަދި 45 ބަސްތާ ކެބެޖެވެ.

ހޯމަ ދުވަހު ހުސްކޮށްފައިވަނީ 20 ފޫޓްގެ 42 ކޮންޓެއިނަރ އަދި 40 ފޫޓްގެ 37 ކޮންޓެއިނަރެވެ.

މީގެ އިތުރުން މާލެއަށް 29 އުޅަނދެއް އައިސްފައިވާ އިރު 24 އުޅަނދެއް ވަނީ ފުރައިގެން ގޮސްފަ އެވެ.

އާދީއްތަ ދުވަހު ވެސް ވަނީ 113 ކޮންޓެއިނަރ ހުސްކޮށްފައެވެ. މީގެ ތެރޭގައި ވެސް މައިގަނޑު ގޮތެއްގައި ހިމެނެނީ މޭވާއާއި ތަރުކާރީއެވެ. އާދީއްތަ ދުވަހު ހުސްކޮށްފައިވަނީ 20 ފޫޓުގެ 84 ކޮންޓެއިނަރ އަދި 40 ފޫޓުގެ 29 ކޮންޓެއިނަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
50%
0%
50%
0%
0%
ކޮމެންޓް