ކ. މާލެ
|
5 އޭޕްރިލް 2017 | ބުދަ 17:36
ނޯޓީ ފޯޓީގެ މަންޒަރެއް
ނޯޓީ ފޯޓީގެ މަންޒަރެއް
ފޭސްބުކް
ނޯޓީ 40
“ނޯޓީ 40" ގެ ފުރަތަމަ ޓީޒާ ދައްކާލައިފި
 
މިއީ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު އަދި ޔޫސުފް ޝަފީއު ޕްރޮޑިއުސްކުރާ ދެ ވަނަ ފިލްމު

މިއަހަރުގައި ނެރޭނެ އެންމެ ބޮޑު ފިލްމުގެ ގޮތުގައި ޕްރޮމޯޓު ކުރަމުން އަންނަ "ނޯޓީ 40" ގެ ފުރަތަމަ ޓީޒާ އަންގާރަ ދުވަހުގެ ރޭ ދައްކާލައިފިއެވެ.

މިއަހަރުގެ އޮގަސްޓް 2 ގައި ސިނަމާތަކަށް އަންނަ މި ފިލްމުގެ ޓީޒާ ދައްކާލީ ސަލްސާ ރޯޔަލްގައި މިކަމަށް ހާއްސަކޮށް އޮތް ހާއްސަ ޖަލްސާގައެވެ. މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު އަދި ޔޫސުފް ޝަފީއު ޕްރޮޑިއުސްކުރާ ދެ ވަނަ ފިލްމު "ނޯޓީ40" ގެ ޓީޒާ ދައްކާލުމަށް އަންގާރަ ދުވަހުގެ ރޭގަނޑު ސަލްސާ ރޯޔަލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޔޫއްޕެ ބުނީ މިލަންދޫގެ ރައްޔިތުންގެ ފަރާތުން ލިބެމުން ދިޔަ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރާކަމަށެވެ.

"ރާއްޖޭގެ ރަށެއްގައި ހާއްސަކޯށް އަތޮޅުތެރޭގައެ ރަށެއްގައި އަޅުގަނޑުމެން ޝޫޓް ކުރަމުން ދާއިރުގައި ރައްޔިތުންގެ އެހީތެރިކަމެއް ނުލިބިއްޖިއްޔާމުން އަޅުގަނޑުމެންނަށް ދަތިތަކާއި ކުރިމަތި ވޭ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ބޯޑު ޔަގީން ކަމެއް ލިބުނު މިލަންދޫގެ ރައްޔިތުން އަޅުގަނޑުމެންނަށް އެހީތެރިކަމެއް ދޭނެ ކަމަށް. އެހެން ކަމުން ފުރަތަމަ ދުވަހުން ފެށިގެން މިލަންދޫގެ ރައްޔިތުންގެ ފަރާތުން ކޮންމެ ކަމެއްގައިވެސް ވަރަށްބޮޑު އެހީތެރިކަމެއް ލިބުނު. އެހެންވީމައި އަޅުގަނޑުމެންނަށް މިހާ ބޮޑު ޓާސްކަކާއެކީ މިހާ ކުޑަ މުއްދަތެއްގެ ތެރޭގައި ފިލްމު ނިންމާލެވުނީ. އެހެންކަމުން މިލަންދޫގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ޔޫއްޕެ ބުންޏެވެ.

މި ރަސްމިއްޔާތުގައި "ނޯޓީ 40" ގެ އެސިސްޓެންޑް ޑައިރެކްޓަރ މުހައްމަދު މަނިކު ބުނީ މި ފިލްމުގެ ޝޫޓިނމްއަކީ ވަރަށް ބުރަ މަސައްކަތެއް ަކަމށާއި ވަރަށް ބޮޑަށް "ގާނާލާއިފި" ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު ޗެލެންޖެއްކަމަށް މަނިކު ބުންޏެވެ.

"ވަރަށް ބުރަ މަސައްކަތެއް މިކުރެވުނީ، މިއަދު މީ ފިލްމުގެ ޝޫޓިން ނިމުނުތާ ގާތްތަގޑަކަށް ފޯ ޓު ފައިވް ޑޭސް މިވީ. އަދި މިއުއުޅެނީ އަތާ ތަންތަށް ރަނގަޅަށް ގުޑާ ނުލެވިގެން. އެއްވެސް ވަރަކަށް އެސްކިއުޒެއް ނުދޭ އެމީހުންނެއް ގައިގަ ރިހުމަކަށްވެސް ހަމަ ގާނާލައިފި ކޮންމެ މީހަކުވެސް." މަނިކު ބުންޏެވެ.

މި ރަސްމިއްޔާތުގައި "ނޯޓީ ފޯޓީގެ" ބައެއް ތަރިން ވަނީ އެމީހުންގެ ތަޖުރިބާއާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ.

މި ފިލްމުގައި ޔޫއްޕެ، ނިއުމާ، ސީޒަން. އަހުމަދު ސައީދު އަދި މުހައްމަދު މަނިކު ގެ އެކްޓިންގ ފެނިގެން ދާނެއެވެ. މުހައްމަދު މަނިކަކީ "ނޯޓީ ފޯޓީ" ގެ އެސިސްޓެންޓް ޑައިރެކްޓަރެވެ. މީގެ އިތުރުން މަރިޔަމް އައްޒަ،އާފިތަމތު އާޒިފާ(އަޒޫ) އިބްރާހިމް ޖިހާދު(ޖިމީ)އަލީ އާޒިމް(ދޮންއައްޔަ) ހިމެނެއެވެ. އަދި މީގެ އިތުރުން ނުޒުހަތު ޝުއައިބް، ސޯޝަލްމީޑިއާގައި މަޝްހޫރުކަން ހޯދަމުން އަންނަ ލިއާމް ޖޯން ހިމެނެއެވެ. އަދި މީގެ އިތުރުން ސަން މީޑިއާގައި މަސައްކަތް ކުރާ އަހުމަދު ޝަރީފް އަދި ގުލިސްތާނު ފެނިގެންދާނެއެވެ. މި ދެތަރިންނަކީ ފިލްމީ ދާއިރާއަށް އާ ދެތަރިންނެވެ. "ބިގެސްޓް މޫވީ އޮފް ދަ އިޔާ" ގެ ހޭޗް ޓެގް ބޭނުން ކޮށްގެން ޕްރޮ،ޯޓު ކުރާ "ނޯޓީ 40"  އަކީ ވަރަށް ގިނަ ރަހަތަކެއް އެކުލެވިގެން ވާ ފިލްމަކަށް ވާނެކަމަށް އެ ޓީމުން ބުނެއެވެ. ނޯޓީ 40" އަކީ މިދިޔަ އަހަރު ރިލީޒް ކުރި "ބައިވެރިޔާ" އަށް ފަހު، ބަތަލާ ނިއުމާ އާއި އިސްމާއީލް ޝަފީގް ޕްރޮޑިއުސް ކުރާ ދެވަނަ ފިލްމެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް