ހޮނިހިރު 06 ޖޫން 2020
04 މިއަހެލި
1441 ޝައްވާލް 14
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:32
އިރުއޮއްސޭ 18:17
އިޝާ 19:35
ކޮވިޑް-19، ކުޑަކުދިންނާއި ގުޅޭ މައްސަލަތައް

ކުޑަކުދިންނާއި ގުޅޭ މައްސަލަތައް ހުށަހެޅޭވަރު މަދު، އެއީ ހާލަތު ގޯސްވުން ކަމަށް ވެދާނެ

  • ގައިދުރުކަމާއި ގުޅިގެން އެޅިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ހުށަހެޅޭ މިންވަރު މަދުވެދާނެ
  • ބައެއް ސްޓޭޓް ތަކުގައި މި މައްސަލަތައް ހުށެހެެޅޭ މިންވަރު ވަނީ ދެގުނައިން ދަށްވެފަ

ކ. މާލެ | 18 މެއި 2020 | ހޯމަ 09:38 | 2,372

ކުޑަކުދިންނަށް ޖިންސީ އަނިޔާކުރަމުންދާތީ، ހޭލުންތެރިކަން އިތުރުކުރުމަށް އާންމުކޮށްފައިވާ ޕޯސްޓަރެއް - ގޫގުލް

ކޮވިޑް-19 އާއި ގުޅިގެން ކުޑަކުދިންނާއި ގުޅޭ މައްސަލަތައް ހުށެހެޅޭ މިންވަރު ވަރަށް ބޮޑަށް ދަށްވެފައި ވީ ނަމަވެސް، އެއީ ހާލަތު ގޯސްވެފައިވާ ކަމުގެ އިޝާރާތެއްގެ ގޮތުގައި ބެލެވިދާނެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދުކުރެވިފައިވާއިރު، ކުދިން ގޭގައި ތިބެންޖެހުމާޢި އެކު، މި ފަދަ މައްސަލަތައް ހުށެހޭ މިންވަރު މަދުވުމަކީ، މި ފަދަ މައްސަލަތައް ސަމާލުކަމަށް ނައުން ކަމަށް ބައިނަލްއަގުވާމީ ރިޕޯޓުތަކުން ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އެޅިފައިވާ އިޖްތިމާއީ ގައިދުރުކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުޑަކުދިން މި ނުރައްކަލަށް ހުށެހެޅޭ ފުރުސަތު ކުޑަވުމަކީ ވެސް މައްސަލަތައް ހުށެހެޅޭ މިންވަރު މަދުވުމުގެ ސަބަބެއް ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

އެެމެރިކާއަށް ބަލާލާއިރު، މެސަޝުސެޓްސްގައި ކުޑަކުދިންނާއި ގުޅޭ މައްސަލަތައް ހުށެހެޅޭ މިންވަރު ވަނީ 55%ށް ދަށްވެފައެވެ. އެގޮތުން މަރޗް މަހުގެ ފުރަތަމަ ހަފުތާއިން އޭޕްރިލް މަހުގެ ފަހު ހަފުތާއަށް ހުށަހެޅުނީ 972 މައްސަލައެވެ. މިދިޔަ އަހަރާ އަޅާ ކިޔާއިރު، އެމެރިކާގެ ބައެއް ސްޓޭޓުތަކުގައި މިފަދަ މައްސަލަތައް ހުށެހެޅޭ މިންވަރު ވަނީ ދެ ގުނައިން ދަށްވެފަ އެވެ.

ވޮޝިންގްޓަން ޔުނިވަރސިޓީގެ އިޖްތިމާއީ މަސައްކަތުގެެ ޕްރޮފެސަރ އެއްކަމަށްވާ މެލިސާ ޖޮންސަން ރީޑް ވިދާޅުވެފައިވަނީ ކުޑަކުއްޖަކަށް އަނިޔާގެ މައްސަލަތައް ދެެނެގަތުމަށް ޓްރެއިން ކުރެވިފައިވާ މީހުންނާއި (ޓީޗަރުން، ކޯޗުން) ކުދިންނާއި އެކު ހޭދަކުރެވޭ ވަގުތު މަދުވުމަކީ ރިޕޯޓު ކުރެވޭ މިންވަރު ދަށްވެފައިވާ އެއް ސަބަބު ކަމަށެވެ. އަދި އެއީ އިންތިހާއަށް ކަންބޮޑުވެފައިވާ ކަމެއް ކަމަށެވެ.

އެމެރިކާގެ ނެޝަނަލް ޗިލްޑްރެންސް އެޑްވޮކެސީ ސެންޓަރުގެ އިންޓަރވެންޝަން އެންޑް ކްލިނިކަލް ޑިރެކްޓަރ ޕޯލާ ވުލްވްޓީޗް އާއި ހަވާލާދީ ސީއެންއެންގައި ރިޕޯޓުކޮށްފައިވާ ގޮތުން ކޮވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި އެޅިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ހައި ރިސްކު އާއިލާތައް، ނުވަތަ މިފަދަ އަނިޔާތަކަށް ހުށަހެޅިފައިވާ އާއިލާތަކާއި މި ދަނޑިވަޅުގައި ގުޅުން ބޭއްވުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ގޭގައި ބަންދުވެފައި ތިބެންޖެހުމާއެކު، މަސްތުވާތަކެތި ބޭނުން ކުރުމާއި، ގެވެށި އަނިޔާއަށް ކުޑަކުދިން ހުށަހެޅިފައިވާ ވަރު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.