ކ. މާލެ
|
17 މެއި 2020 | އާދީއްތަ 23:01
ޝަކުންތަލާ ދޭވީ ގެ ޕޯސްޓަރެއްގައި ވިދްޔާ ބާލަން
ޝަކުންތަލާ ދޭވީ ގެ ޕޯސްޓަރެއްގައި ވިދްޔާ ބާލަން
އިންޑިއަން އެކްސްޕްރެސް
ވިދްޔާ ބާލަން
ވިދްޔާ ބާލަންގެ "ޝަކުންތަލާ ދޭވީ" އެމޭޒަން ޕްރައިމް އަށް
 
އެމެޒޯން ޕްރައިމްގައި ރިލީޒް ކުރާނެކަން ހާމަކުރި ނަމަވެސް ތާރީހެއް އަދި ހާމަކޮށްފައެއް ނުވޭ
 
އޮންލައިން ކޮށް ރިލީޒް ކުރަން ނިންމީ ސިނަމާތައް ބަންދުވުމުން

ވިދްޔާ ބާލަންގެ "ޝަކުންތަލާ ދޭވީ" އޮންލައިންކޮށް އެމޭޒަން ޕްރައިމް ވީޑިއޯގައި ރިލީޒްކުރާ ކަން އިއުލާން ކޮށްފި އެވެ.

ޝަކުންތަލާ ދޭވީ އަކީ އިންޑިއާގެ، ހިސާބަށް މޮޅު މީހެއް ކަމަށްވާ ޝަކުންތަލަ ދޭވީގެ ހަޔާތުގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އަނޫ މެނަން އެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ ސޮނީ ޕިކްޗާސް ނެޓްވޯކްސް ޕްރޮޑަކްޝަންސްއާއި ކިކްރަމް މަލޯތްރާ އެވެ.

ވިދްޔާއާއެކު މި ފިލްމުގައި ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި ދަންގަލް އިން އާއްމުންގެ މަގުބޫލްކަން ހޯދި ސާންޔާ މަލްހޯތްރާ، ޖިއްޝޫ ސެންގުޕްތާ، ކައިޕޯޗޭ އިން ފެނިގެން ދިޔަ އަމިތް ސަދް ހިމެނެ އެވެ.

އެމޭޒަން ޕްރައިމްގައި ފިލްމު ރިލީޒް ކުރާނެކަން ހާމަކުރި ނަމަވެސް ފިލްމު ސީދާ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. ވިދްޔާ އެންމެ ފަހުން ފެނިގެންގޮސްފައި ވަނީ 2019 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "މިޝަން މަންގަލް" އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް