ބުރާސްފަތި 04 ޖޫން 2020
02 މިއަހެލި
1441 ޝައްވާލް 12
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:17
އިޝާ 19:34
ސޮނާކްޝީ ސިންހާ

ސޮނާކްޝީގެ ކުރެހުންތައް ބިޑަށް ހުޅުވާލައިފި

  • ކުރެހުންތައް ބިޑަށް ލީ އާމްދަނީ ލިބޭނެ ގޮތްތައް ނެތް ފަރާތްތަކަށް އެހީވުމަށް
  • ބިޑު ބަންދު ކުރާނީ މެއި މަހުގެ 24 ވަނަ ދުވަހު
  • ހުރިހާ ކުރެހުމަކީ ވެސް ސޮނާކްޝީ އަމިއްލައިން ކުރަހާފައިވާ ކުރެހުމެއް

ކ. މާލެ | 17 މެއި 2020 | އާދީއްތަ 23:01 | 3,018

ސޮނާކްޝީ ސިންހާ އޭނާ ކުރަހާފައިވާ ކުރެހުމެއް ކުރިމަތީ - އިންޑިއާ ޓައިމްސް

ވަޒީފާ ގެއްލި ޢާމްދަނީ ލިބޭނެ ގޮތެއް ނެތިފައި ތިބި މީހުންނަށް އެހީތެރިވުމުގެ ގޮތުން ބޮލީވުޑްގެ ބަޠަލާ ސޮނާކްޝީ ސިންހާގެ ކުރެހުންތަކެއް ބީލަމަށް ހުޅުވާލައިފިއެވެ.

ސޮނާކްޝީގެ އިންސްޓެގްރާމުގައި އޭނަ ޕޯސްޓް ކޮށްފައިވާ ވީޑިއޯ އިން ފެންނަނީ އޭނާ ކުރަހާފައިވާ ކުރެހުންތަކެކެވެ. އޭނާ ބުނީ "ފޭން ކައިންޑް އޮފިޝަލް " އާއި ގުޅިގެން އޭނާގެ ކުރެހުންތައް ވިއްކާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. ކުރެހުންތައް ވިއްކާލަން ނިންމީ ދުވަހު މުސާރަ އަށް މަސައްކަތް ކުރާ ފަރާތްތަކަށާއި އެހެނިހެން ގޮތްގޮތުން ޢާމްދަނީ ލިބޭނެ ގޮތްތައް ބަންދުވެފައި ތިބި ފަރާތްތަކަށް އޭނާ އެހީތެރިވާން ބޭނުންވާތީ ކަމަށެވެ.

ސޮނާކްޝީ ބުނީ މިއިން ކޮންމެ ކުރެހުމަކީ ވެސް އޭނާ އަމިއްލައަށް ކުރަހާފައިވާ ކުރެހުންތަކެއް ކަމަށާއި، މި ކުރެހުންތަކަށް އޭނާގެ ހިތުގައި ވަރަށް ޚާއްޞަ ކަމެއް ދެވިފައިވާ ކުރެހުންތަކެއް ކަމަށެވެ. އަދި ކުރެހުމަކީ އޭނާ ވަރަށް ގަޔާވާ ކަމެއް ކަމަށް ސޮނާކްޝީ ބުނެފައި ވެއެވެ.

ސޮނާކްޝީގެ ކުރެހުންތައް ބިޑަށް ހުޅުވާލަމުން އޭނާ ބުނީ އެ ބިޑުން ލިބޭ ފައިސާ އެއް ހަދިޔާ ކުރާނީ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ކަމަށެވެ. މެއި މަހުގެ 24 ވަނަ ދުވަހު ބިޑުކުރުން ބަންދުވާނެ އެވެ. ބަންދު ވުމާއެކު އެންމެ މަތިން ބިޑު ކުރާ ތިން މީހަކަށް ބިޑު މަތި ކުރުމަށް އެއް ފުރުޞަތު ލިބޭނެ ކަމަށް ސޮނާކްޝީ މި ވީޑިއޯގައި ބުނެފައި ވެއެވެ. އަދި އޭގެ ފަހުން ބިޑު ކުރުން ފައިނަލައިޒް ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.