ކ. މާލެ
|
17 މެއި 2020 | އާދީއްތަ 22:46
އާލިއާ ބަޓް އާއި ރަންބީރް ކަޕޫރް
އާލިއާ ބަޓް އާއި ރަންބީރް ކަޕޫރް
އިންސްޓަގްރާމް
އާލިއާ ބަޓް
އާލިއާގެ އިސްތަށިގަނޑު ކޮށައިދިނީ 'ރަންބީރު' ތަ؟
 
އާލިއާގެ އިސްތަށިގަނޑު ކޮށާލަ ދިނީ ރަންބީރު ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން

އާދީއްތަ ދުވަހުގެ ވަގުތެއްގައި އާލިއާ ވަނީ އޭނާގެ އިސްތަށިގަނޑު ކޮށާލުމަށް ފަހު ފޮޓޮއެއް އިންސްޓަގްރާމްގައި ހިއްސާ ކޮށްފަ އެވެ.

އާލިއާގެ މި ފޮޓޯ ނަގާފައި ވަނީ ޖިމެއްގެ ތެރޭގައި ހުރެގެންނެވެ. މި ފޮޓޯގެ 'ކެޕްޝަން' ގައި އޭނާ ބުނީ 60 ދުވަސް ފަހުން ވެސް އޭނާ ހުރީ ފިޓްކޮށް ކަމަށެވެ. މީގެ އިތުރަށް ފޭނުން އަޅައިގަތީ އިތުރަށް ލިޔެފައިވާ ލިޔުމަށެވެ. އާލިޔާ ބުނެފައިވަނީ އޭނާގެ 'މަލްޓި ޓެލެންޓެޑް ލަވް' އޭނާގެ އިސްތަށިގަނޑު ކޮށާލަދިން ވާހަކައެވެ. ސީދާ ކާކުކަން ހާމަނުކުރި ނަމަވެސް އާލިއާ ވަނީ އެ ފަރާތަށް ޝުކުރު އަދާކޮށްފަ އެވެ. މިއާއެކު މުޅި ސޯޝަލް މީޑިއާގައި މީހުން ދަނީ އެއީ އޭނާގެ ލޯބިވެރިޔާ ރަންބީރް ކަޕޫރް ކަމަށް ލަފާ ކުރަމުންނެވެ.

އާލިއާ އާއި ރަންބީރު އެއްގެއެއްގައި ދިރި ނޫޅުނު ނަމަވެސް، އެކުގައި ގިނަ ވަގުތު ހޭދަކުރަމުން އަންނަ ކަމަށާއި، ލޮކްޑައުންގެ ދުވަސްވަރުވެސް ދެތަރިން ދިރިއުޅެނީ އެކުގައި ކަމަށް ބޮލީވުޑްގެ ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
75%
25%
0%
ކޮމެންޓް