ކ. މާލެ
|
17 މެއި 2020 | އާދީއްތަ 15:57
ގިތެޔޮ މިރުސް ސޯސް، ބިގްސްސްޓޮކް
ގިތެޔޮ މިރުސް ސޯސް، ބިގްސްސްޓޮކް
ގޫގުލް
ރޯދަ ބަދިގެ 1441
ކޮބާ ކުޅިކޮށް ކާހިތްވާ ކުދިން؟
 
މިއޮތީ ގޭގައި ގިތެޔޮ މިރުސް ސޯސް ތައްޔާރު ކުޜާނެ ގޮތް!

ކުޅިކޮށް ކެއުމަކީ ދިވެހިންގެ އާދައެކެވެ. ނުވަތަ ކަށީގައި ހިފާފަ ހުންނަ ކަމެކެވެ. ގިނަ މީހުންނަށް ވަރަށް ކުޅިކޮށް ނޫނިއްޔާ ކެވޭ ކަމަކަށް ވެސް ނުވެއެވެ. ރެސްޓޯރެންޓަކަށް ދިޔަޔަސް އަދި އޯޑަރުކޮށްގެން ގެޔަށް ކާ އެއްޗެއް ގެނަޔަސް މިރުހެއް ފިތާނުލާ ހިތްހަމަވެސް ނުޖެހެއެވެ. އެހާވެސް ދިވެހިންގެ ތެރޭގައި މިރުސް ނުވަތަ ކުޅި ކޮށް ކެއުން އާންމެވެ. އެހެންކަމުން މި ފަހަރު މި ރެސިޕީ ހިއްސާކޮށްލަން ބޭނުންވީ އެވެ. އަޖުމަ ބަލާލަން ކިހިނެއްވާނެ؟

ބޭނުން ވާނެ ތަކެތި:

  • 1 ސައި ސަމުސާ ވެޖެޓަބަލް ތެޔޮ
  • 26 ގިތެޔޮ މިރުސް
  • 6 ލޮނުމެދު (ބޭނުމިއްޔާ ގިނައިން އެޅިދާނެ)
  • 1/4 ޖޯޑު ފިޔާ (މުގުރާފައި)
  • 3/4 ސައި ސަމުސާ ލޮނު
  • 2 ކުޑަ ޖޯޑު ފެން (މަދިއްޔާ ފަހުން އެއްކުރެވޭނެ)
  • 1/4 ޖޯޑު ވިނެގަރ
  • 2 ސަމުސާ ހަކުރު

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ތެޔޮކޮޅުގައި މިރުސް، ލޮނުމެދު އަދި ފިޔާ 5 މިނެޓް ވަންދެން ކައްކާލާށެވެ. ދެން ލޮނު އަޅާފައި ފެންފޮދު އަޅާށެވެ.

ތަރުކާރީކޮޅު މަޑު ވަންދެން މަޑު ގިނީގައި ކައްކާލާށެވެ. ދެން މި ސޯސް ގަނޑު ހިހޫކުރަން ބަހައްޓާށެވެ.

ކުޑަކޮށް ހިހޫ ވުމުން ބްލެންޑަރަކަށް އަޅާފައި ރަނގަޅަށް ގިރާލާށެވެ. 'ސްމޫތް' ވަންދެން ގިރާލާފައި ހަކުރާއި ވިނެގަރ ފޮދު އަޅާލާފައި ގިރާލާށެވެ. މި މިކްސް ގިރާ ނިމުމުން ހުންނަންވާނީ ޕޭސްޓް/ސޯސް ހުންނަ ގޮތަށެވެ.

ދެން ފުޅިއަކަށް އަޅާފައި ފުރިޖައް ލާށެވެ.

މި ސޯސް ފްރިޖުކޮށްގެން ގިނަ ދުވަސް ވަންދެން ބޭނުންކޮށް ލެވޭނެއެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
33%
67%
0%
0%
0%
0%
ކޮމެންޓް