ކ. މާލެ
|
17 މެއި 2020 | އާދީއްތަ 15:26
ޗޮކޯ މޯކާ ކޭކް، ޓެސްކޯ ރިއަލް ފުޑް
ޗޮކޯ މޯކާ ކޭކް، ޓެސްކޯ ރިއަލް ފުޑް
ގޫގުލް
ރޯދަ ބަދިގެ 1441
ޗޮކޯ މޯކާ ކޭކް
 
މިއީ ކޮފީ ކަމުދާ މީހުނަށް ވަރަށް މީރު ވާނެ ކޭކެއް!

ޗޮކޯ މޯކާ ކޭކަކީ ކޮފީ ކަމުދާ މީހުނަށް ވަކިން ކަމުދާނެ ޑިޒާޓެކެވެ.

ކޭކު އަޅަން ބޭނުން ވާ ތަކެތި:

  • 3 ޖޯޑު ފުށް
  • 2 3/4 ޖޯޑު ހަކުރު
  • 3 ސަމުސާ ކޮކޯ ޕައުޑަރ
  • 1/4 ސައި ސަމުސާ ލޮނު
  • 1 ސަމްސާ ބޭކިންގ ސޯޑާ
  • 1 1/2 ސައި ސަމުސާ ބޭކިންގ ޕައުޑަރ
  • ބައި ޖޯޑު ސަވަރ ކްރީމް
  • ބައި ޖޯޑު ދިޔާ ކިރު
  • 3 ބިސް
  • 1 1/4 ޖޯޑު ކަޅު ކޮފީ
  • ބައި ޖޯޑު ފެން
  • 3/4 ޖޯޑު ތެޔޮ

އައިސިންގ ހަދަން ބޭނުންވާ ތަކެތި:

  • 2 ޖޯޑު ބަޓަރ
  • 4 ޖޯޑު އައިސިންގ ހަކުރު (ފޮނި މަޑު ކުރަން ބޭނުމިއްޔާ މަދު ކުރެވޭނެ)
  • 1 ސަމުސާ ކޮކޯ ޕައުޑަރ
  • 1 ސަމުސާ ކޮފީ ޕައުޑަރ
  • 1 ސަމުސާ ވެނީލާ އެސެންސު
  • 3 ސަމުސާ ވިޕިންގ ކްރީމް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ އަވަން 180 ޑިގްރީ ސެލްސިއަސްއަށް ހޫނުކޮށްލާށެވެ.

ދެން ކޭކު އަޅަން ބޭނުން ކުރާ ފުށް، ހަކުރު، ބޭކިންގ ޕައުޑަރ އަދި ސޯޑާ، ލޮނު އަދި ކޮކޯ ކޮޅު ތައްޓަކަށް އެއްކޮށްލާފައި ފުރާނާލާށެވެ.

ދެން ބަޓަރު، ސަވަރ ކްރީމް، ފެން، ތެޔޮ، ކޮފީ، ބިސް އަދި ކިރު ވަކިން ތައްޓެއްގައި އެއްކޮށްލާށެވެ. އެއަށްފަހު މަދު މަދުން ފުށް މިކްސްޗަރު އަޅަމުން ގެންދާށެވެ.

އެއްވެލަންދެން ގަށާލުމަށް ފަހު ބަޓަރު ނޫނީ ތެޔޮ ހާކާފައިވާ ޓްރޭއަކަށް އަޅާފައި 35 - 40 މިނެޓް ވަންދެން ފިހެލާށެވެ.

ކޭކު ފިހެވޭ ގަޑީގައި އައިސިންގ ތައްޔާރު ކޮށްލުމަށް ބަޓަރާއި ވެނީލާ ކޮޅު ގަށާލާށެވެ. ދެން ވަކިން ތައްޓެއްގައި ހަކުރާއި ކޮކޯ އަދި ކޮފީ ޕައުޑަރ އެއްކޮށްލާފައި ފުރާނާލާށެވެ.

މި މިކްސް ބަޓަރުކޮޅު ތެރެޔަށް އެއްކުރަމުން ދާށެވެ. އެއްކޮށް އެއްވުމުން ވިޕިންގ ކްރީމްކޮޅު އަޅާފައި ސްމޫތް ވަންދެން ގަށާލާށެވެ.

ކޭކު ފިހެވުމުން ހިހޫ ކުރަން ބަހައްޓާށެވެ. ކޭކު ހިހޫ ވުމުން މެދުން ފަޅިކޮށްލާފައި ބަހައްޓާށެވެ. ބޭނުމިއްޔާ މި ކޭކު އިތުރަށް މޮއިސްޓް ކޮށްލަން ހަކުރު ފަނިން ކޭކު ފޯކޮށް ލެވިދާނެއެވެ. ހަކުރު ފަނި ހަދަން، 1 ޖޯޑު ފެނަށް 1 ޖޯޑު ހަކުރު އަޅާފައި އޮލަ ވަންދެން ކައްކާށެވެ. ދެން ކޭކުގެ ދެ ފަށަލަ އަނގަޅަށް ތެންމާލާށެވެ.

ކޭކުގެ ފުރަތަމަ ފަށަލައިގައި އައިސިންގ ފަތުރާލާށެވެ. ދެން ދެވަނަ ފަށަލަ މައްޗައް ލުމަށްފަހު ކޭކް ވަށާ އައިސިންގ ޖެހުމަށް ފަހު ފިނިކުރަން ލާށެވެ.

ކޭކު ގާނިޝް ކުރުމަށް ނަޓްސްވެސް ބޭނުން ކުރެވިދާނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
50%
0%
25%
0%
25%
ކޮމެންޓް
ގުޅުންހުރި