ހޮނިހިރު 30 މެއި 2020
11 ރޯނު
1441 ޝައްވާލް 07
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:33
ރޯދަ ބަދިގެ 1441

ބީފް ޕޭންކޭކްސް

  • ބަތާ ކުޑަ ތަރުކާރި ކޮޅަކާއެކީ ކާލަން މީރުވާނެ

ކ. މާލެ | 17 މެއި 2020 | އާދީއްތަ 13:01 | 1,748

ބީފް ޕޭންކޭކްސް - މާންޗީ.ކޮމް

ބޭނުންވާ ތަކެތި

  • 1 ބޯތަށީގެ ބީފް (ތުނިކޮށް ސްލައިސްކޮށްފައި)
  • ލޮނު (ރަހަލާވަރަށް)
  • ½ އަސޭމިރުސް
  • 2 ސަމުސާ ސެސިމީ އޮއިލް
  • 2 ލޮނުމެދު ( ކުދިކޮށް ކިއުބްކޮށް ކޮށާފައި)
  • ⅓ ފުށް
  • ¼ ޖޯޑު ތެޔޮ
  • 3 ބިސް

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ތުނިކޮށް ފޮތިކޮށްފައި ހުރި ބީފްތައް ޓްރޭއެއްގައި ފަތުރާލުމަށް ފަހު އޭގެ މައްޗަށް ލޮނުމެދާއި، ލޮނު، ތެޔޮ އަޅާފައި އަތުން އޮއްބާލާށެވެ. ބީފްގެ ތެރެއަށް ރަހަ ވަންނަ ވަރަށެވެ. ދެން ބީފުގައި ފުށް ހޭކުމަށް ފަހު، ބަހައްޓާށެވެ.

އިރުކޮޅަކު ބެހެއްޓުމަށްފަހު، ބިހުގެ ތެރެއަށް ލޮނު އަޅައިގެން ގިރާލުމަށް ފަހު، އޭގެ ތެރެއަށް ބީފް ލާށެވެ. ރަނގަޅަށް ބީފުގައި ބިސް ހޭކުމަށް ފަހު، ތަވައެއްގއި ކުޑަ ތެޔޮފޮދެއް ހޭކުމަށްފަހު، މަޑު ގިނީގަ ބީފްކޮޅު ފިހެލާށެވެ.

ބީފް އާއި ބަތާއި ތަރުކާރީ ހިމެނޭ ޕޯޝަނެއް

ބީފްތައް ރޯފިލުމުން ބަތާއި ތަރުކާރީ އާއި އެއްކޮށްގެން ކާލާށެވެ. ބީފް ވަކިންވެސް ކެވިދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.