ކ. މާލެ
|
17 މެއި 2020 | އާދީއްތަ 05:04
އެސްޓީއޯއަށް މިއަހަރުގެ ފުރަތަމަ ކުއަރޓަރ ގައި ވަނީ ފައިދާވެފައި
އެސްޓީއޯއަށް މިއަހަރުގެ ފުރަތަމަ ކުއަރޓަރ ގައި ވަނީ ފައިދާވެފައި
ރާއްޖެއެމްވީ
އެސްޓީއޯ
އެސްޓީއޯއަށް ފުރަތަމަ ކުއަރޓަރގެ ފައިދާގެ ގޮތުގައި 358 މިލިއަން ރުފިޔާ
 
ފުރަތަމަ ކުއަރޓަރ ގައި އޮޕަރޭޓިންގ ޕްރޮފިޓްގެ ގޮތުގައި ހުރީ 159 މިލިއަން ރުފިޔާ
 
ފުރަތަމަ ކުއަރޓަރގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.5 ބިލިއަން ރުފިޔާ
 
2019 ވަނަ އަހަރުގެ ފަހު ކުއަރޓަރގައި އެސްޓީއޯގެ ފައިދާ ހުރީ 329 މިލިއަން ރުފިޔާގައި

އެސްޓީއޯއަށް މިއަހަރުގެ ފުރަތަމަ ކުއަރޓަރ ގައި ފައިދާގެ ގޮތުގައި 358 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެސްޓީއޯއިން ނެރެފައިވާ ފުރަތަމަ ކުއަރޓަރގެ ކުއަރޓަރލީ ރިޕޯޓުން ދައްކާ ގޮތުގައި މިއީ މިދިޔަ އަހަރަށް ވުރެ، 29 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. 2019 ވަނަ އަހަރުގެ ފަހު ކުއަރޓަރގައި އެސްޓީއޯގެ ފައިދާ ހުރީ 329 މިލިއަން ރުފިޔާ ގައެވެ. އެހެންކަމުން މިއަހަރުގެ ފުރަތަމަ ކުއަރޓަރގައި 9 އިންސައްތަ މިދިޔަ ކުއަރޓަރ އާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް ރިޕޯޓުން އެނގެ އެވެ.

އެސްޓީއޯ އަށް މިއަހަރުގެ ފުރަތަމަ ކުއަރޓަރގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.5 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއަރޓަރުގައި ލިބުނު 2.4 ބިލިއަން ރުފިޔާގެ އާމްދަނީ އަށް ވުރެ ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެސްޓީއޯ އިން ބުނީ 2020 ވަނަ އަހަރު އެސްޓީއޯގެ ހުރިހާ ވިޔަފާރިތަކުން ލިބުނު އާމްދަނީ ރަނގަޅުކަމަށެވެ. އެހެން ނަމަވެސް ކުއަރޓަރ ނިމެންދަނިކޮށް ދިމާވި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ކުރިޔަށް އޮތްތަނުގައި ވިޔަފާރިތަކަށް އަސަރުކުރާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

މި ވަގުތު ސަމާލުކަން ދީފައިވަނީ އެންމެ އަސާސީ ކާބޯތަކެއްޗާއި، ތެލާއި ބޭސް އަދި އެނޫންވެސް މިވަގުތަށް އެންމެ ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ކަމަށް އެސްޓީއޯއިން ބުނެ އެވެ.

ފުރަތަމަ ކުއަރޓަރ ގައި އޮޕަރޭޓިންގ ޕްރޮފިޓްގެ ގޮތުގައި ހުރީ 159 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ ފަހު ކުއަރޓަރ ގައި އޮޕަރޭޓިންގ ޕްރޮފިޓް ހުރީ 98 މިލިއަން ރުފިޔާ އެވެ. މި ކުއަރޓަރ ގައި ޓެކްސް އަށް ކެނޑުމުގެ ކުރީގެ ފައިދާއަކީ 138 މިލިއަން ރުފިޔާ އެވެ.

އެސްޓީއޯއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 422 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި އެއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 63 އިންސައްތައިގެ ކުރިއެރުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް