ކ. މާލެ
|
17 މެއި 2020 | އާދީއްތަ 01:40
ފަންޑުގެ ގަވަރުނަރު ނާސިރު އަލް ރުމައްޔާން
ރޮއިޓަރސް
ޕަބްލިކް އިންވެސްޓްމެންޓް ފަންޑުން ހިއްސާގަތުން
ސައުދީން ޕަބްލިކް އިންވެސްޓްމެންޓް ފަންޑުން ބިލިއަން ޑޮލަރުގެ ހިއްސާ ގަނެފި
 
އެއީ ބީޕީ ޕަބްލިކް ލިމިޓެޑް ކޮންޕެނީ، ބޮއެންގް، ސިޓީ ގުރޫޕް އަދި ފޭސްބުކް
 
ބޮޑެތި ކުންފުނިތަކުގެ ހިއްސާ ގަނެފައިވޭ

ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމެންޓް ފަންޑުން ބިލިއަން ޑޮލަރުގެ ހިއްސާ ގަނެފި އެވެ.

އަލްއަރަބިއްޔާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ސައުދީގެ ސޮވަރިން ވެލްތް ފަންޑުން ވަނީ ބޮޑެތި ކުންފުނިތަކުގެ ހިއްސާ ގަނެފަ އެވެ. އެއީ ބީޕީ ޕަބްލިކް ލިމިޓެޑް ކޮންޕެނީ، ބޮއެންގް، ސިޓީ ގުރޫޕް އަދި ފޭސްބުކް އިންނެވެ.

ސޮވަރިން ވެލްތް ފަންޑުން ވަނީ ބީޕީގެ 827.8 މިލިއަން ޑޮލަރަށް ވާ ހިއްސާ، ބޮއެންގް 713.7 މިލިއަން ޑޮލަރަށް ވާ ހިއްސާ، ސިޓީ ގުރޫޕު އަދި ފޭސްބުކުން 522 މިލިއަން ޑޮލަރަށްވާ ހިއްސާ ވަނީ ގަނެފަ އެވެ.

މި ފަންޑަށް އިތުރަށް ފައިސާ ހޯދުމަށް ކުރާ އިންވެސްޓްމެންޓަކީ މިހާރު ކޮވިޑް-19ގެ ސަބަބުން ދަށަށް ގޮސްފައިވާ ސައުދީގެ އިގްތިސާދަށް ވެސް މިކަމުގެ ފައިދާ ކުރާނެ ކަމެއްގެ ކަމުގައި ފަންޑުގެ ގަވަރުނަރު ނާސިރު އަލް ރުމައްޔާން ވިދާޅުވެފަވެއެވެ. އަދި ކުރިއަށް އޮތްތާގައި މިފަދަ އިންވެސްޓްމެންޓްތައް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
100%
0%
0%
0%
0%
0%
ކޮމެންޓް