ކ. މާލެ
|
16 މެއި 2020 | ހޮނިހިރު 21:52
އިޓަލީގެ ބީޗް ކްލަބެއް ލޮކްޑައުން ނިމުމަކަށް ގެންނާތީ ތައްޔާރުވަމުންދަނީ
އިޓަލީގެ ބީޗް ކްލަބެއް ލޮކްޑައުން ނިމުމަކަށް ގެންނާތީ ތައްޔާރުވަމުންދަނީ
ރޮއިޓަރސް
ކޮވިޑް-19 އާއެކު އިޓަލީ ހުޅުވާލަން ކުރާ މަސައްކަތް
ޖޫން މަހުގެ 3 ވަނަ ދުވަހުން ފެށިގެން އިޓަލީގެ ބޯޑަރު ހުޅުވާލަނީ
 
މެއި މަހުގެ 4 ވަނަ ދުވަހުން ފެށިގެން އިޓަލީގައި ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް އަންނަނީ ލުއި ތައް ދެމުން
 
މެއި މަހުގެ 18 އިން ފެށިގެން އިޓަލީގެ ފިހާރަތައް ހުޅުވާލުމަށް ސަރުކާރުން ވަނީ ނިންމާފަ
 
ޖޫން މަހުގެ 3 ވަނަ ދުވަހުން ފެށިގެން އިޓަލީ ތެރޭގައިވެސް އެއްތަނުން އަނެއްތަނަށް ދަތުރު ކުރެވޭނެ

ޖޫން މަހުގެ 3 ވަނަ ދުވަހުން ފެށިގެން އިޓަލީއަށް އަރާ ފޭބުމުގެ ހުއްދަ ދޭން އެޤައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ދުނިޔޭގައި މިވަގުތު 5 ވަނަ އަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓުކުރަމުން އަންނަ އިޓަލީގައި ފުރަބަންދާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އެޤައުމުގެ ސަރުކާރުން އަންނަނީ ލުއިތައް ދެމުންނެވެ. ޖޫން މަހުގެ 3 ވަނަ ދުވަހުން ފެށިގެން އިޓަލީ ތެރޭގައިވެސް އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގެ ފުރުޞަތު ދިނުމަށް ވަނީ ނިންމާފަ އެވެ.

މިހާރުވެސް ބައެއް ޞަރަޙައްދުތަކުގައި ވަނީ ފިޔަވަޅުތަކަށް އަވަސް ލުއި ތަކެއްދީފަ އެވެ. ނަމަވެސް އިޓަލީގެ ބޮޑުވަޒީރު ގުއިސެޕް ކޮންޓެ ވަނީ ކޮވިޑް-19ގެ ދެ ވަނަ ވޭވެއް އަތުވެދާނެ ކަމުގެ ބިރު އޮތުމުން ފިޔަވަޅުތަކަށް ލުއި ދިނުން ފަސްކުރުމަށް ގޮވާލާފަ އެވެ.

ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުން ފެށިގެން މިހާހިސާބަށް އާއިރު އިޓަލީގައި ތިރީސް އެއްހާހަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފަ އެވެ. އެމެރިކާ އާއި އިނގިރޭސިވިލާތް ނެގުމަށް ފަހު ދެން އެންމެ ގިނަ ޢަދަދަކަށް މީހުން މަރުވެފައި ވަނީ އިޓަލީގަ އެވެ.

އިޓަލީގައި ނުރައްކާ މިންވަރަށް ވައިރަސް ފެތުުރެންފެށުމާއި ގުޅިގެން އެޤައުމު މަރޗް މަހުގެ ކުރީކޮޅު 'ލޮކްޑައުން' ކުރިއެވެ. އިޓަލީ ޔޫރަޕުގެ ޤައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ 'ލޮކްޑައުން' ކުރި ޤައުމެވެ. އަދި މެއި މަހުގެ 4 ވަނަ ދުވަހުން ފެށިގެން 'ލޮކްޑައުން' ގައި އަޅާފައިވާ ފިޔަވަޅުތަކަށް އަންނަނީ ލުއިދެމުންނެވެ. އެގޮތުން ކާރުޚާނާތަކާއި ޕާކުތައް ވަނީ ހުޅުވާލާފަ އެވެ.

މެއި މަހުގެ 18ން ފެށިގެން އިޓަލީގެ ފިހާރަތައް ހުޅުވާލުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި އެދުވަހުން ފެށިގެން އެމީހަކު ދިރިއުޅޭ ޞަރަޙައްދެއްގެ ތެރޭގައި ދަތުކުރުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ. ނަމަވެސް ދަތުރުފަތުކުރުން ތަކަށް އަޅާފައިވާ ހުރަސްތައް އެއްކޮށް ނައްތާލާނީ ޖޫން މަހުގެ 3 ވަނަ ދުވަހުން ފެށިގެންނެވެ.

އިޓަލީގެ އިގްތިޞާދު އަލުން ހުޅުވާލުމުގެ މަސައްކަތްތައް މިހާރު ކުރަމުން ދާއިރު ސަރުކާރުން އުންމީދު ކުރަމުން އަންނަނީ ކުރިޔަށް އޮތް ޗުއްޓީ ދުވަސްތަކާއެކު އިޓަލީގެ ފަތުރުވެރިކަން ހުޅުވާލުމުން އިގްތިޞާދަށް އޭގެން ފައިދާތަކެއް ކުރާނެ ކަމަށެވެ.

އަނެއްކޮޅުން ހުރިހާ ޞަރަޙައްދެއް ގައިވެސް މަސައްކަތްތައް ކުރުން ހުޅުވާލާއިރު ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅާނަމަ އެތަންތަން ބަންދުކުރާނެ ކަމުގެ އިންޒާރި އިޓަލީ ސަރުކާރުން ވަނީ ދީފައެވެ. އިޓަލީގެ ނޭޝަނަލް ހެލްތު އޮތޯރިޓީން މިހާރުގެ ޙާލަތު އިތުރަށް މޮނިޓަރކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
50%
0%
33%
0%
17%
ކޮމެންޓް