ކ. މާލެ
|
16 މެއި 2020 | ހޮނިހިރު 19:53
ނައިޖީރިާގެ ފެޝަން ޑިޒަައިނަރު ސެފިޔާ ޑޭޖަމާ
ރޮއިޓަރސް
ކޮވިޑް-19 އާ އެކު މާސްކްތައްވެސް ބަދަލުވުން
މާސްކް އެޅުން ފެޝަނަކަށް؟!!
 
ގިނަ މީހުންނަށް ފެޝަން މާސްކު ކަމުދޭ
 
ސާޖިކަލް މާސްކު އަޅައިގެން އުޅޭ މީހުން ތިބޭނީ ހާސް ކަމެއްގައި: ފެޝަން ޑިޒައިނަރުން
 
މަގްބޫލުުކަން އިތުރުވާން މިހާރު ވަނީ ފަށާފައި

ކޮވިޑް-19 ދުނިޔޭގައި ފެތުރެމުންދާއިރު ބަލިން ރައްކާތެރިވުމުގެ ގޮތުން ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުން ވަނީ މަޖްބޫރު ވެފަ އެވެ. އެކި މީހުން އަޅަނީ އެކި ކަހަލަ މާސްކެވެ. ތަފާތު އެކި ކުލަތަކުގެ މާސްކެވެ. އެކި ގޮތްގޮތްތަކަށް ޑިޒައިން ކޮށްފައި ހުންނަ މާސްކްތަކެވެ.

ފެޝަނަށް އޮންނަ ލޯބި ދައްކުވައިދީ ނައިޖީރިއާގެ ފެޝަން ޑިޒައިނަރު ސެފިޔާ ޑޭޖަމާވެސް އޭނާގެ ޝޫއުރުތައް ފާޅުކޮށްލީ ރީތީ އަދި އެހާމެ ޗާލު މާސްކު ތަކުންނެވެ. ސެފިޔާގެ ނަޒަރުގައި ލޮކްޑައުންކޮށްފައި އޮތަސް މީހާގެ ސްޓައިލް އަށް ބަދަލެއް އަންނާކަށް ނުޖެހެ އެވެ. ލައިގެން ހުރި ހެދުމާއި ގުޅޭހެން ރަން ކުލައިގައި ހުރި މާސްކްތައް އަޅައިގެން ހުރި ސެފިޔާ ބުނީ، ސާޖިކަލް މާސްކު އަޅައިގެން ނިކުމެ އުޅޭ މީހުން ފެންނަނީ ހާސް ކަމެއްގެ ތެރޭގައި ކަމަށެވެ. އެކަމަކު ރީތީ ސްޓައިލުގެ މާސްކު އަޅައިގެން ބޭރަށް ނިކުމެ އުޅޭއިރު ހަނގުރާމައަކާއި ދެކޮޅަށް މަސައްކަތް ކުރާހެން ހީނުވާ ކަމަށެވެ.

ސެނެގަލްގެ ފެޝަން ޑިޒައިނަރު ސޯފީ ޒިންގާ: ލޮކްޑައުންއާ އެކު މާސްކު އުފެއްދުމުގެ މަސައްކަތް

އެފްރިކާގައި ފެޝަން މާސްކުގެ މަގްބޫލުކަން ބޮޑުވަމުން އަންނައިރު ސެނެގަލްގެ ފެޝަން ޑިޒައިނަރު ސޯފީ ޒިންގާ އަކީ ވެސް މި ލިސްޓުގައި ހިމެނޭ އެކެކެވެ. އާމްދަނީ ހޯދުމުގެ ގޮތުން އެ މަސައްކަތް ކުރަމުން އަންނަ ސޯފީ ބުނީ، "އޯގާނިކް ކޮޓަން" އިން މާސްކު ހަދަން ފެށީ ކުރިޔަށް އޮތް ތަނުގައިވެސް ބޭނުން ކުރެވޭ ގޮތަށް ހެދުމަށެވެ.

އެކި ޑިޒައިންތަކުން ހަދާފައިވާ މާސްކުތައް. ފޮޓޯ:

ސެނެގަލް އާ މާ ދުރު ނޫން ހިސާބެއްގައި އޮންނަ ސައުތް އެފްރިކާގެ ލެދަރ ވިއްކަމުން ދިޔަ އިންގާވެސް މިހާރު ކުރާާ މަސައްކަތަކީ މާސްކު ހެދުމެވެ. ވައިރަސް ފެތުރޭތީ ސައުތް އެފްރިކާވެސް ލޮކްޑައުން ކުރުމާއު އެކު އިންގާގެ ވިޔަފާރިވެސް އައީ ހުއްޓުމަކަށެވެ.

މުޅި ޤައުމުގައިވެސް މާސްކުގެ ދަތިކަން އޮތުމާއެކު، އިންގާގެ ކުންފުނިން ބޭނުންވީ އެއް ފަހަރު ބޭނުންކޮށްފައި އެއްލާލުމުގެ ބަދަލުގައި ގިނަ ދުވަހަަށް ބޭނުން ކުރެވޭ ކަހަލަ މާސްކެއް ހެދުމެވެ. އެއާއި އެކު އޭނާގެ ވިޔަފާރި އަށް ވެސް މިހާރު ދަނީ ކާމިޔާބީ ތަކެއް ލިބެމުންނެވެ.

އެފްރިކާގައި އެކި ސްޓައިލްގެ މާސްކުތައް ދަނީ ގިނަވަމުން

މި ޑިޒައިނަރުން ތައާރަފް ކުރި މާސްކް އާއި އެކު މުޅި އެފްރިކާގައި މާސްކުގެ މަގްބޫލުކަން މިވަނީ އިތުރުވާން ފަށާފައެވެ. ރީތި އެކި ޑިޒައިންތަކުގެ ފެޝަން މާސްކުތައް މިވަނީ ފެންނަން ފަށާފައެވެ. އަބަދު ސަރޖިކަލް މާސްކާއި، ސިއްޙީ އާލަތްތައް ފެނި ހިތަށް ވެރިވާ ނުތަނަވަސްކަން، ކުލަކުލައިގެ ހިތްގައިމު މާސްކުތަކުން މިދަނީ ކުޑަކޮށްދެމުންނެވެ. އާންމު ރައްޔިތުންގެ ހިތްތަކަށްވެސް ހިތްހަމަޖެހުން ގެނުވަމުންނެވެ.

50%
13%
0%
13%
25%
0%
ކޮމެންޓް