ކ. މާލެ
|
16 މެއި 2020 | ހޮނިހިރު 05:10
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް - ވެކްސިނެއް ހޯދުމުގައި ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް - ވެކްސިނެއް ހޯދުމުގައި ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވި
ސައުދީ ގެޒެޓް
ކޮވިޑްއަށް ވެކްސިނެއް ހޯދުމަށް ކުރާ މަސައްކަތް
މިއަހަރުގެ ނިޔަލަށް ކާމިޔާބު ވެކްސިނެއް ހޯދޭނެކަމަށް ބެލެވޭ 14 ކެނޑިޑޭޓެއް އެބަތިބި: ޓްރަމްޕް
 
14 ކެނޑިޑޭޓުންގެ މަސައްކަތަށް އެމެރިކާއިން އިންވެސްޓް ކުރުމަށް ނިންމާފައިވޭ
 
އެމެރިކާއިން މި މަސައްކަތުގައި ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންދޭ
 
މި ލިސްޓަށް ގެންނަން ޖެހޭ އުނިއިތުރުތައް ގެންނަވާނެ

މިއަހަރުގެ ނިޔަލަށް ކޮވިޑް-19 އަށް ކާމިޔާބު ވެކްސިނެއް ހޯދޭނެކަމަށް ބެލެވޭ 14 ކެނޑިޑޭޓެއް އެބަތިބިކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ވައިޓްހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ވެކްސިނެއް އުފެއްދުމަށް އެ މަސައްކަތް ކުރާ ފަރާތްތައް ޝޯޓްލިސްޓް ކުރެވި، މިހާތަނަށް ކާމިޔާބު ނަތީޖާއެއް ނެރެވިދާނެކަމަށް ބެލެވޭ 14 ކެނޑިޑޭޓެއް ފާހަގަވެފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކާއި ގުޅިގެން މިއަހަރުގެ ނިޔަލަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ޓްރަމްޕް ފާހަގަކުރެއްވިއެވެ.

"ވާރޕް ސްޕީޑް" ގެ ނަމުގައި އެމެރިކާއިން ކުރިއަށްގެންދާ މި ޕްރޮޖެކްޓުގައި ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި، އޭގެ ތެރޭގައި އެކުވެރި ޤައުމުތަކާއި އެމެރިކާގެ ބައިވެރިން ނޫން ޤައުމުތައްވެސް ހިމެނޭކަން ޓްރަމްޕް ފާހަގަކުރެއްވިއެވެ.

ޓްރަމްޕް ވިދާޅުވީ، އެ 14 ކެނޑިޑޭޓުންގެ މަސައްކަތަށް އެމެރިކާއިން އިންވެސްޓް ކުރުމަށް ނިންމާފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މި ލިސްޓަށް ގެންނަން ޖެހޭ އުނިއިތުރުތައް ގެންނަވާނެ ކަމަށެވެ. އެގޮތުން "މޮޑަރނާ ތެރަޕިއުޓިކްސް" ކިޔާ ކުންފުންޏަކުން އުފައްދާފައިވާ ވެކްސިނެއް ޓެސްޓުކުރުމުގެ ކުރިއަށް ހުރި މަރުޙަލާތަކާއެކު ކްލިނިކަލް ޓްރަޔަލްގެ މަސައްކަތްތައް ކުރިއަށް ދިއުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން މިހާރުވެސް ހުއްދަ ދީފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓްރަމްޕް ވިދާޅުވީ، ވައިރަސްއަށް ވެކްސިނެއް ހޯދިއްޖެނަމަ އެއީ ލިބިގެންދާނެ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަަށާއި، ނަމަވެސް ވެކްސިންއަކާ ނުލާވެސް ޤައުމު އަލުން ހުޅުވާލުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
33%
33%
0%
0%
33%
0%
ކޮމެންޓް