ކ. މާލެ
|
15 މެއި 2020 | ހުކުރު 22:45
ބްރެޒިލްގެ ހެލްތް މިނިސްޓަރ ނެލްސަން ޓެއިޝް- މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެ ޤައުމުން އިސްތިއުފާދެއްވި ދެވަނަ ހެލްތު މިނިސްޓަރ
ބްރެޒިލްގެ ހެލްތް މިނިސްޓަރ ނެލްސަން ޓެއިޝް- މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެ ޤައުމުން އިސްތިއުފާދެއްވި ދެވަނަ ހެލްތު މިނިސްޓަރ
ޑޭ ލައިފް
ކޮވިޑް-19 ބްރެޒިލްގެ ޙާލަތު
މަޤާމާ ޙަވާލުވެވަޑައިގެންތާ ދުވަސްކޮޅެއް ނުވަނީސް ބްރެޒިލްގެ ހެލްތް މިނިސްޓަރ އިސްތިއުފާ ދެއްވައިފި
 
ބޮލްސޮނާރޯ ވިދާޅުވަމުން ގެންދަވަނީ މި ވައިރަސްއަކީ އާދައިގެ ރޯގާއެއް ކަމަށް
 
ބޮލްސޮނާރޯ ގެންގުޅުއްވާ ސިޔާސަތަށްވެސް ޓެއިޝް ވަނީ ނުރުހުން ފާޅު ކުރައްވާފަ
 
ޖިމްތަކާއި، ސެލޫންތައް އަލުން ހުޅުވާލުމަށް ނިންމެވީ މަޝްވަރާ ކުރެއްވުމެއް ނެތި

މަޤާމާ ޙަވާލުވެވަޑައިގެންތާ ދުވަސްތަކެއް ނުވަނީސް ބްރެޒިލްގެ ހެލްތް މިނިސްޓަރ ނެލްސަން ޓެއިޝް އިސްތިއުފާ ދެއްވައިފި އެވެ.

އެކަމާ ގުޅޭގޮތުން އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުން ޓެއިޝް އިސްތިއުފާ ދެއްވާފައިވަނީ ހުކުރު ދުވަހުގެ ވަގުތެއްގަ އެވެ. އައި ޓެއިޝް އިސްތިއުފާ ދެއްވާފައި ވަނީ, އޭނާގެ މަސައްކަތަށް ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯގެ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށެވެ.

އެގޮތުން ބްރެޒިލްގެ އިޤްތިސާދު އަލުން ހުޅުވާލުމުގައި ކުރަމުންދާ މަސައްކަތްތަކުގައި ޓެއިޝްގެ އެއްބާރުލުން ނުލިބޭކަމަށް ވިދާޅުވެ ބޮލްސޮނާރޯ ވަނީ ފާޑުވިދާޅުވެފަ އެވެ.

އިސްތިއުފާގެ ސިޓީ ފޮނުއްވުމަށްފަހު ޓެއިޝް ވަނީ އެކަމާއި ގުޅޭގޮތުން ފަހުގެ ވަގުތެއްގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި މައުލޫމާތު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ އިތުރުން، މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓެއިޝް ވިދާޅުވެފައިވަނީ ބްރެޒިލްގެ ޖިމްތަކާއި، ސެލޫންތައް އަލުން ހުޅުވާލުމަށް ބޮލްސޮނާރޯ ނިންމެވީ އެއްވެސް ވަރަކަށް މަޝްވަރާ ކުރެއްވުމެއް ނެތިކަން ފާހަގަކުރައްވައި އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

އޭގެ އިތުރުން، ކޮވިޑް-19 ގެ ފަރުވާއެއްގެ ގޮތުން "ހައިޑްރޮކްސީ ކްލޮރޯކުއިން" ބޭނުން ކުރުން އިތުރުކޮށް، ޤައުމު އަލުން ހުޅުވާލުމަށް ބޮލްސޮނާރޯ ގެންގުޅުއްވާ ސިޔާސަތަށްވެސް ޓެއިޝް ވަނީ ނުރުހުން ފާޅު ކުރައްވާފަ އެވެ.

ޓެއިޝްގެ އިސްތިއުފާއާއެކު ބްރެޒިލްގެ ކެބިނެޓުގެ ބައެއް މެމްބަރުން މިހާރު ދަނީ ޑެޕިއުޓީ ހެލްތް މިނިސްޓަރުގެ މަޤާމުގައި ހުންނެވި އެޑުއާޑޯ ޕަޒެއްލޯ ހެލްތް މިނިސްޓަރުކަމަށް އައްޔަނު ކުރުމަށް ގޮވާލަމުންނެވެ.

ޓެއިޝްއަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ބްރެޒިލް އިން އިސްތިއުފާދެއްވި ދެވަނަ ހެލްތް މިނިސްޓަރެވެ. އެގޮތުން މީގެ ކުރިން އެ މަޤާމުގައި ހުންނެވި ނެލްސަން މަންޑެޓާ ވެސް ވަނީ ބޮލްސޮނާރޯގެ ސިޔާސަތުތަކާ ދެކޮޅު ހެއްދެވުމުން މަޤާމުން ދުރުކުރައްވާފަ އެވެ.

ބްރެޒިލްގެ ޙާލަތު ގޯސްވަމުން އަންނައިރު، ބްރެޒިލްގެ ރައީސް ޖެއަރ ބޮލްސޮނާރޯ ވިދާޅުވަމުން ގެންދަވަނީ މި ވައިރަސްއަކީ އާދައިގެ ރޯގާއެއް ކަމަށެވެ. ބޮލްސޮނާރޯ ގެންދަވަނީ އޭނާގެ އެޑްވައިޒަރުންނާއި، ސައިންޓިސްޓުން ދެއްވާ އިރުޝާދުތަކަށް އިންކާރުކުރައްވާ ގޮންޖައްސަވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް