ކ. މާލެ
|
15 މެއި 2020 | ހުކުރު 13:00
ޗައިނާގެ އެތެރޭގެ ހާލަތު
ޗައިނާގެ އެތެރޭގެ ހާލަތު
ރޮއިޓަރސް
ކޮވިޑް-19 ޗައިނާގެ ހާލަތު
ޗައިނާއިން ކޮވިޑް-19ގައި މީހަކު މަރުވެގެން ރިޕޯޓު ނުކުރާތާ އެއްމަސް!
 
ބަލި ޖެހިގެން ޖުމްލަ 4،633 މީހުން ވަނީ މަރުވެފައި
 
އެންމެ ފަހުން މީހަކު މަރުވިކަމުގެ ރިޕޯޓުކޮށްފައިވަނީ އޭޕްރީލް 14 ވަނަ ދުވަހު
 
ޗައިނާއިން މިހާތަނަށް 82,933 މީހުންނަށް ވަނީ ވައިރަސް ޖެހިފަ

ކޮވިޑް-19 އަލަށް ފެނުނު ޗައިނާއިން އެ ވައިރަސް ޖެހިގެން މީހަކު މަރުވެގެން ރިޕޯޓު ނުކުރާތާ އެއްމަސް ވެއްޖެއެވެ.

އެޤައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނާ ގޮތުގައި އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް-19ގައި މީހަކު މަރުވެގެން ރިކޯޑުކުރެވިފައެއް ނުވެއެވެ.

އެ ކޮމިޝަނާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ޗައިނާއިން ކޮވިޑް-19 ޖެހިގެން މީހަކު މަރުވިކަމުގެ ރިޕޯޓު ނުކުރާތާ މަސްދުވަސް ވެފައިވާއިރު މިހާރު އެކްޓިވް ކޭސްގެ ގޮތުގައި އެގައުމުގައި ފަރުވާ ދެމުން އަންނަނީ 100 އަށް ވުރެން މަދު އަދަދެއްގެ މީހުންނަށެވެ. އަދި ޗައިނާއިން ފާއިތުވެ ދިޔަ އަންގާރަ ދުވަހު ރިޕޯޓުކޮށްފައިވާ މަދު ކޭސްތަކަކީ އިރުމަތީ ޖިލިން ޕްރޮވިންސުން ފެނުނު ކޭސްތަކެއް ކަމަށާއި، މިހާތަނަށް އެއީ ކޮން ކަލްސްޓަރއަކަށް ނިސްބަތްވާ ކޭސްތައްކަމެއް ދެނެގަނެވިފައި ނުވާކަމަށެވެ. ޖިލިން ޕްރޮވިންސް ވެފައިވަނީ މިފަހުން ޗައިނާއިން އެންމެ ގިނައިން ވައިރަސް ފެންނަ ޕްރޮވިންސަަށެވެ.

އެންމެ ފަހުން ޗައިނާއިން ކޮވިޑް-19 ގެ ބަލިމަޑުކަމުގައި މީހަކު މަރުވިކަމަށް ރިޕޯޓުކޮށްފައި ވަނީ ނިމިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގައެވެ. މިހާރު ޖުމުލަ 91 އެއް މީހަކަށް ފަރުވާ ދެމުންދާއިރު އަލާމާތެއް ނުފެންނަ މީހުންގެ ގައިންވެސް ބަލި ފެންނަމުން ދާތީ، 623 މީހަކު ވަނީ ބަލި ހުރި ކަމަށް ޝައްކު ކުރެވިގެން އައިސޮލޭޓް ކުރެވިފައެވެ.

ޗައިނާއިން މިހާތަނަށް 82,933 މީހުންނަށް ވައިރަސް ޖެހިފައިވާ ކަމަށް ރިޕޯޓުކޮށްފައި ވާއިރު ބަލި ޖެހިގެން ޖުމުލަ 4،633 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ރިޕޯޓުކޮށްފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް