ކ. މާލެ
|
15 މެއި 2020 | ހުކުރު 12:02
ބްރެޒިލް: ސިފައިންގެ މީހެއް އެނާގެ އަންގި ޑިސްއިންފެކްޓް ކުރަނީ
ބްރެޒިލް: ސިފައިންގެ މީހެއް އެނާގެ އަންގި ޑިސްއިންފެކްޓް ކުރަނީ
ވީއޯއޭ ނިއުސް
ކޮވިޑް-19، ބްރެޒިލް
ބްރެޒިލްއިން ވައިރަސް ޖެހުނު މީހުންގެ އަދަދު ދެ ލައްކައަށް ވުރެ އިތުރު
 
ފާއިތުވި 24 ގަޑިއިރު ތެރޭގައި އެގައުމުން 835 މަރު ރިޕޯޓުކޮށްފައިވޭ
 
ފާއިތުވި 24 ގަޑިއިރު ތެރޭގައި 13,761 ކޭސް ރިޕޯޓުކޮށްފައިވޭ

ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު ލައްކައަކަށް ވުރެ މައްޗަށް އަރައިފިއެވެ.

އެޤައުމުން ރިޕޯޓުކުރެވުނު ކޭސްތަކުގެ ޢަދަދު ދެ ލައްކައަށް ވުރެ މައްޗަށް އަރާއިރު، ފާއިތުވި 24 ގަޑިއިރު ތެރޭގައި އެކަނިވެސް 13,761 ކޭސް ރިޕޯޓުކޮށްފައި ވެއެވެ. މިއާއެކު ކޭސްތަކުގެ ޖުމުލަ ޢަދަދު ވަނީ 202,918ށް އަރާފައެވެ.

މިހާތަނަށް މި ބަލި ޖެހިގެން ބްރެޒިލްއިން 13,993ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރު ތެރޭގައި އެގައުމުން 835 މަރު ރިޕޯޓުކޮށްފައި ވެއެވެ.

ބްރެޒިލްގެ ޙާލަތު ގޯސްވަމުން އަންނައިރު، ބްރެޒިލްގެ ރައީސް ޖެއަރ ބޮލްސޮންޔާރޯ ވިދާޅުވަމުން ގެންދަވަނީ މި ވައިރަސްއަކީ އާދައިގެ ރޯގާއެއް ކަމަށެވެ. ބޮލްސޮންޔާރޯ ގެންދަވަނީ އޭނާގެ މުޝީރުންނާއި، ސައިންސްވެރިން ދެއްވާ އިރުޝާދުތަކައް އިންކާރު ކުރައްވާ ގޮން ޖައްސަވަމުންނެވެ.

އެމަނިކުފާނު ވަނީ އެގައުމު ލޮކްޑައުން ކޮށްފައި އޮތުމުން ގައުމު ހުއްޓުމަކަށް އައިސްފައި އޮތް ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ލޮކްޑައުންއާއި ދެކޮޅަށް ކުރެވޭ މުޒާހަރާތަކުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ އެއް ފަރާތެއްގެ ގޮތުގައި ބޮލްސޮންޔާރޯ ފާހަގަކުރެވެއެވެެ.

މީގެ އިތުރުން، ބްރެޒިލްގެ ހެލްތު މިނިސްޓަރ މަޤާމުން ވަކި ކުރައްވާ ބޮލްސޮނާރޯ ގެންދަވަނީ ބްރެޒިލްގެ ލޮކްޑައުން އުވާލުމަށް ގޮވާލައްވަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
100%
0%
0%
ކޮމެންޓް