ކ. މާލެ
|
15 މެއި 2020 | ހުކުރު 06:36
ބީއައިއޭ: ފަތުރުވެރިންނަށް ލަންކާ ހުޅުވާލަނީ ޖުލައި މަހު
ބީއައިއޭ: ފަތުރުވެރިންނަށް ލަންކާ ހުޅުވާލަނީ ޖުލައި މަހު
ނިއުސް ފަރސްޓް
ކޮވިޑް-19 ސްރީލަންކާ
ބީއައިއޭ ގައި ކޮވިޑް-19ށް ޓެސްޓު ކުރެވޭ ގޮތް ހަދަނީ
 
އެއާޕޯޓް ހުޅުވުމުގެ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރިޔަށް
 
ފަތުރުވެރިންނަށް ހުޅުވާލެވޭނީ ޖުލައި މަހު
 
އެއާޕޯޓު ހުޅުވާލާނެ ދުވަހެއް ހާމައެއް ނުކުރޭ

ފުރަ ބަންދުކޮށްފައި އޮތް ލަންކާގެ ވައިގެ މައި ބަނދަރު ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއަރޕޯޓް (ބީއައިއޭ) އަލުން ހުޅުވާލާއިރު، އެއަރޕޯޓުގައި ކޮވިޑް-19ށް ޓެސްޓު ކުރެވޭ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޤައުމުގެ ސަރުކާރުން ބުނެފި އެވެ.

ކޮވިޑް-19 ގުޅިގެން ލަންކާގެ މައި އެއަރޕޯޓު ވަނީ ބަންދުކޮށްފަ އެވެ. ސަރުކާރުން ދަނީ އެއަރޕޯޓުން އަލުން ހުޅުވަންވާއިރަށް ފުރާ މީހުންނާއި އެތެރެވާ މީހުން ޢަމަލުކުރާނެ އުޞޫލުތަކެއް އެކުލަވާލަމުން ނެވެ. އަދި މިހާތަނަށް އެ އުޞޫލުތައް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އޭވިއޭޝަން މިނިސްޓަރު ރަނަތުންގަ ވިދާޅުވީ، އެ ގައިޑްލައިންގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭ ލެބޯރެޓަރީ އެއް ޤާއިމު ކުރުން ހިމެނޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ހެލްތު އޮތޯރިޓީން ހުއްދަ ލިބޭއިރަށް އެއަރޕޯޓް ހުޅުވާނެ ކަމަށެވެ. މީޑިއާތަކުން ރިޕޯޓުކުރާ ގޮތުން ފަތުރުވެރިންނަށް ސްރިލަންކާ ހުޅުވާލެވެނޭ ކަމަށް ލަފާކުރެވެނީ ޖުލައި މަހު އެވެ. ސަރުކާރުން ދަނީ ފަަތުރުވެރިކަން އާރަސްތު ކުރަން ޕްލޭންތަކެއް އެކުލަވާލަމުންނެވެ. އެގޮތުން އެންމެ ބޮޑަށް އިސްކަންދެނީ އެތެރޭގެ ފަތުރުވެރިކަން ފުޅާކުރުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް