ކ. މާލެ
|
15 މެއި 2020 | ހުކުރު 01:37
ބަގްލަދޭޝްގެ ރޮހިންގާ ރެފިއުޖީ ކޭންޕްގައި ދިރިއުޅޭ ބައެއް ކާތަކެތި ހޯދުމަށް ސަފު ހަދާގެން
ބަގްލަދޭޝްގެ ރޮހިންގާ ރެފިއުޖީ ކޭންޕްގައި ދިރިއުޅޭ ބައެއް ކާތަކެތި ހޯދުމަށް ސަފު ހަދާގެން
އޭޕީ
ރޮހިންގާ ރެފިއުޖީ ކޭންޕް
ރޮހިންގާ ރެފިއުޖީ ކޭމްޕަކުން ކޮވިޑް-19ގެ ފުރަތަމަ ކޭސް ރިޕޯޓު ކޮށްފި
 
މިކޭންޕްތަކުގައި ކޮވިޑް-19 ފެތުރިއްޖެނަމަ ކޮންޓްރޯލުން ނެއްޓިގެން ދާނެ
 
މިކޭންޕް ތަކުގައި ދިިރިއުޅެނީ ފިތި ބާރުވެގެން
 
މިކޭންޕާ ދާދި ކައިރީގައި ދިރިއުޅޭ އިތުރު އެހެން މީހަކު ވެސް ޕޮޒިޓިވްވެފައިވޭ

ބަގްލަދޭޝްގައި ހުންނަ ރޮހިންގާ ރެފިއުޖީ ކޭމްޕަކުން ކޮވިޑް-19ގެ ފުރަތަމަ ކޭސް ރިޕޯޓު ކޮށްފި އެވެ.

އދ. އަދި ބަގްލަދޭޝްގެ އޮފިޝަލަކާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރޮހިންގާ ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ އެކަކު ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މި ކޭމްޕާ ދާދި ކައިރީގައި ދިރިއުޅޭ އިތުރު އެހެން މީހަކު ވެސް ޕޮޒިޓިވް ވެފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.

އިންސާނީ އެހީދޭ ގުރޫޕަކުން ވަނީ މި ކޭމްޕްގައި ކޮވިޑް-19 ފެތުރިއްޖެނަމަ ކޮންޓްރޯލުން ނެއްޓިގެން ހިނގައިދާނެ ކަމަށް ބުނެފަ އެވެ. މި ގޮތުން މި ކޭމްޕްތަކުގައި ފިތި ބާރުވެގެން މިލިއަންއަށްވުރެ ގިނަ ރޮހިންގާ ރެފިއުޖީން ދިރިއުޅޭ ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

ރެފިއުޖީ ރިލީފް އެންޑް ރިޕެޓްރިއޭޝަން ކޮމިޝަނަރ މަހުބޫބް އާލަމް ވިދާޅުވެފައިވަނީ ޕޮޒިޓިވްވި ދެމީހުން އައިސޮލޭޝަންއަށް ގެންގޮސްފައިވާ ކަމަށެވެ.

މި ކޭސްތައް ފެނުމާއެކު ރެޕިޑް އިންވެސްޓިގޭޝަން ޓީމްތައް މިސަރަހައްދަށް ގޮސް ހަރަކާތްތެރިވަމުންދާ ކަމަށް ޑަބްލިއުއެޗްއޯގެ ސްޕޯކްޕާސަން ކެޓަލިން ބާކަރޫ ވިދާޅުވެފައި ވެއެވެ. އަދި މި މީހުންނާ ގުޅުހުން ހުރި ކޮންޓެކްޓްތައް ހޯދާ، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް