ކ. މާލެ
|
14 މެއި 2020 | ބުރާސްފަތި 23:51
އެސްޓީއޯއިން ކާޑުގެ ބާވަތްތައް ޑެލިވަރީކޮށްދެނީ
އެސްޓީއޯއިން ކާޑުގެ ބާވަތްތައް ޑެލިވަރީކޮށްދެނީ
ރާއްޖެއެމްވީ
ކާޑުގެ ބާވަތްތައް ފޯރުކޮށްދޭންފެށުން
އެސްޓީއޯއިން އަނެއްކާވެސް އަތޮޅުތެރެއަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދޭން ފަށައިފި
 
48 ބޯޓެއް ވަނީ ކާޑު ހިފައިގެން ފުރާފައި
 
މި ބޯޓްތައް ފުރާފައިވަނީ ބުރާސްފަތި ދުވަހު

އެސްޓީއޯގެ ފަރާތުން ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށްޓަކައި 48 ބޯޓެއް އަތޮޅުތެރެއަށް ފުރާފައިވާ ކަމަށް ނެޝަނަލް އިމަރޖެންސީ ސެންޓަރ އިން ބުނެފި އެވެ.

އެންއީއޯސީގެ ފަރާތަުން ބުރާސްފަތިދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކާޑުގެ ބާވަތްތައް ހިފައިގެން މި ބޯޓުތައް ފުރާފައިވަނީ ބުރާސްފަތި ދުވަހު ކަމަށެވެ.

އެގޮތުން 878 ބަސްތާ ހަނޑޫ، 344 ބަސްތާ ފުށް، 255 ބަސްތާ ހަކުރު ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޯރުކޮށްދިނުމަަށްޓަކައި ޑެލިވަރީތައް ހަދާފައި ކަމަށް މަބްރޫކް ވިދާޅުވި އެވެ. ފާއިތުވި ހަފުތާގައިވެސް 126 ބޯޓެއް ކާޑުގެ ބާވަތްތައް ހިފައިގެން އަތޮޅުތެރެއަށް ފުރާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މިދިޔަ ހަފުތާގައި ދަތުރުކުރި ބޯޓުތަކުން ވަނީ، ރަށްތަކުގެ ފިހާރަތަކަށް ނޫނީ އެޖެންޓުންނަށް، 17804 ހަނޑޫ ބަސްތާއާ 11197 ބަސްތާ ފުށުގެ އިތުރުން 10904 ހަކުރު ފޯރުކޮށްދީފަ އެވެ. އަތޮޅު ތެރޭގެ އިތުުރުން މާލެގެ އެކި ސަރަހައްދުތަކަށް އެސްޓީއޯ ގެ ފަރާތުން ކާޑުގެ ގިނަ ބާވަތްތައް ދަނީ ފޯރުކޮށްދެމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް