ކ. މާލެ
|
14 މެއި 2020 | ބުރާސްފަތި 16:46
ނިއުޔޯކްގައި މީހަކު ސަބްވޭއަށް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްކުރަނީ
ނިއުޔޯކްގައި މީހަކު ސަބްވޭއަށް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްކުރަނީ
ރޮއިޓަރސް
ކޮވިޑް-19 އެމެރިކާގެ ހާލަތު
އެމެރިކާގައި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 84،000 ށް ވުރެ މައްޗަށް އަރައިފި
 
ބެސްޓް ކޭސް ސިނާރިއޯ ގައިވެސް 102،783 މީހުން މަރުވާނެ ކަމަށް ލަފާކޮށްފައިވޭ
 
އެމެރިކާގައި ވައިރަސް ޖެހިފައިވާ މީހުންގެ ޢަދަދު 1,430,348 ށް އަރާ

ކޮވިޑް-19 ޖެހިގެން އެމެރިކާގައި މަރުވި މީހުންގެ ޢަދަދު 84،000ށް ވުރެ މައްޗަށް އަރައިފިއެވެ.

އެމެރިކާގައި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވީނަމަވެސް، އެމެރިކާގައި ވައިރަސް ޖެހިގެން މަރުވާ މީހުންގެ ޢަދަދުތައް ދަނީ މަތިވަމުންނެވެ.

އެގޮތުން، މިހާތަނަށް މި ބަލިޖެހިގެން ޖުމްލަ 84,136 މީހުން ވަނީ އެމެރިކާގައި މަރުވެފައެވެ. ބުދަ ދުވަހު އެކަނިވެސް 1,772މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އެމެރިކާގައި ވައިރަސް ޖެހިފައިވާ މީހުންގެ ޢަދަދު 1,430,348(އެއް މިލިއަން ހަތަރު ލައްކަ ތިރީސްހާސް ތިންސަތޭކަ ސާޅީސް އަށެއް) އަށް ވަނީ އަރާފައެވެ.

އެގައުމުގައި ބެސްޓް ކޭސް ސިނާރިއޯ ގައިވެސް 102،783 ( އެއްލައްކަ ދެ ހާސް ހަތް ސަތޭކަ އަށްޑިހަތިން) މީހުން މަރުވާނެކަމަށް ވަނީ އަންދާޒާކުރެވިފައެވެ. އަދި ވާރސްޓް ކޭސް ސިނާރިއޯ ގައި ކޮވިޑް-19 ޖެހިގެން 223,489 ( ދެ ލައްކަ ތޭވީސް ހާސް ހަތަރު ސަތޭކަ އަށްޑިހަ ނުވަ) މީހުން މަރުވާނެކަމަށް މިހާރު ވަނީ އަންދާޒާކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް