ކ. މާލެ
|
14 މެއި 2020 | ބުރާސްފަތި 15:19
އިޓަލީގެ ފިހާރައެއްގައި \'ސަރުކާރުގެ އެހީއާއި އެކުނޫނީ ވިޔަފާރި ނުހުޅުވޭނެ\' މިހެން ޖަހާފައިވާ ޕޯސްޓަރެއް
އިޓަލީގެ ފިހާރައެއްގައި 'ސަރުކާރުގެ އެހީއާއި އެކުނޫނީ ވިޔަފާރި ނުހުޅުވޭނެ' މިހެން ޖަހާފައިވާ ޕޯސްޓަރެއް
ސީ.އެން.އެން
ކޮވިޑް-19، އިޓަލީ
އިޓަލީން 60 ބިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖެއް ތަޢާރަފު ކޮށްފި
 
އަމިއްލަ މަސައްކަތްތައް ކުރާ ފަރާތްތަކަށް 650 ޑޮލަރުގެ ބޯނަސްއެއް ދިނުމަށް ވަނީ ނިންމާފަ
 
މަސައްކަތްތެރިންނަށް ލުއިތަކެއް ދިނުމަށް ކަނޑައާޅާފައިވާ ފަންޑަށް 27.6 ބިލިއަން ޑޮލަރު ކަނޑައާޅާފައިވޭ
 
އިޓަލީ އޮތީ ދެވަނަ ވޭވްއަަކަށް ތައްޔާރަށް

ކޮވިޑް-19ގެ ސަބަބުން އިޓަލީ ވިލާތުގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް، އެ ޤައުމުން 60 ބިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖެއެއް ތަޢާރަފު ކޮށްފި އެވެ.

ސީއެންއެންގައި ރިޕޯޓުކޮށްފައިވާ ގޮތުން ކޮވިޑް-19 އާއި ގުޅިގެން މާލީ ގޮތުން ދަތިވެފައިވާ އާއިލާތަކަށާއި ވިޔަފާރިތަކަށް މި ސްޓިމިއުލަސް ޕެކޭޖުގެ ދަށުން، އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މި ޕެކޭޖުގެ ދަށުން ޢިމާރާތްކުރުުމާއި، ޞިއްޙަތާއި، ތައުލީމާއި، ފަތުރުވެރިކަމުގެ އިތުރުން ހޮސްޕިޓާލިޓީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށްވެސް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

އެގޮތުން މަސައްކަތްތެރިންނަށް ލުއިތަކެއް ދިނުމަށް ކަނޑައާޅާފައިވާ ފަންޑަށް 27.6 ބިލިއަން ޑޮލަރު ކަނޑައާޅާފައިވެއެވެ. އަދި އަމިއްލަ މަސައްކަތްތައް ކުރާ ފަރާތްތަކަށް 650 ޑޮލަރުގެ ބޯނަސްއެއް ދިނުމަށް އިޓަލީ ސަރުކާރުން ވަނީ ނިންމާފައެވެ.

މީގެއިތުރުން، އިޓަލީ ސަރުކާރުން ވަނީ ކޮވިޑް-19 ގެ ދެވަނަ 'ވޭވެއް' އަތުވެދާނެ ޙާލަތެއްގައި އެޤައުމުގެ ޞިއްޙީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް 3.5 ބިލިއަން ޑޮލަރު ކަނއަޅާފައެވެ. މި ފައިސާ ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ ޞިއްޙީ ދާއިރާގައި މަސައްކަތްކުރަމުންދާ 9600 ނަރުހުންގެ އެކި ކަންތައްތަކަށާއި، އައިސީޔޫގެ ޖާގަ އިތުރުކޮށް ފެންވަރު ރަނގަޅުކުރުމަށް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
50%
0%
0%
0%
50%
ކޮމެންޓް