ކ. މާލެ
|
14 މެއި 2020 | ބުރާސްފަތި 08:53
ސްޕެއިންގައި ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާއެކު ރައްޔިތުން މަގުތަކަށް ނިކުމެ
ސްޕެއިންގައި ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާއެކު ރައްޔިތުން މަގުތަކަށް ނިކުމެ
ރޮއިޓަރސް
ކޮވިޑް-19 ސްޕެއިންގެ ހާލަތު
ސްޕެއިންގައި ކުރިޔަށް ގެންދިޔަ އެންޓިބޮޑީ ޓެސްޓު: އާބާދީގެ 5 އިންސައްތައަށް ވައިރަސްގެ އަސަރު ކޮށްފައިވޭ
 
ސްޕެއިން އަކީ ދުނިޔޭގައި ދެ ވަނަ އަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިފައިވާ ގައުމު
 
މިޓެސްޓުގެ ސަބަބުން ސްޕެއިންގެ ސަރުކާރަށް މިވައިރަސްގެ އަސަރު ކޮށްފައިވާ މީހުން ރަނގަޅަށް ދެނެގަތުމަށް ފަސޭހަ ވެގެންދާނެ
 
އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ފެށި ޓެސްޓައް ސްޕެއިންގެ 90،000 މީހުންނަށް ކޮށްފައިވޭ

މުޅި ސްޕެއިންގައި ކުރިޔަށްގެންދިޔަ އެންޓިބޮޑީ ޓެސްޓްގެ ފުރަތަމަ ނަތީޖާ ދައްކާގޮތުން އާބާދީގެ 5 އިންސައްތަ އަށް ކޮވިޑް-19 ގެ އަސަރުކޮށްފައިވާ ކަން ހާމަވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މިޓެސްޓަކީ ސްޕެއިންގެ އެކި ސަރަހައްދު ތަކުގައި ކުރިޔަށް ގެންދިޔަ ޓެސްޓުތަކެކެވެ. ޓެސްޓުގެ ނަތީޖާ އެކި ސަރަހައްދުތަކުގައި ތަފާތު ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެއެވެ. މި ޓެސްޓްތައް ކުރިޔަށް ގެންދިޔައީ ކާރލޮސް ތްރީ ފޮރ ހެލްތު އެންޑް ދަ ނޭޝަނަލް ސްޓެޓިސްޓިކްސް އިންސްޓިޓިއުޓުންނެވެ. އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ފެށި ޓެސްޓައް ސްޕެއިންގެ 90،000 މީހުންނަށް ކޮށްފައިވެ އެވެ. އެއީ 36،000 ގޭބެސީއެވެ.

ވައިރަސް އާ ދެކޮޅު ހެދުމުގެ ދިފާޢީ ބާރު ހަށިގަނޑުގައި ހުރި މީހުން ދެނެގަތުމަށް ކުރިޔަށް ގެންދިޔަ މިޓެސްޓުގެ ސަބަބުން ސްޕެއިންގެ ސަރުކާރަށް މިވައިރަސްގެ އަސަރު ކޮށްފައިވާ މީހުން ރަނގަޅަށް ދެނެގަތުމަށް ފަސޭހަވެގެންދާނެ އެވެ. އަދި މިވައިރަސް އިން އަސަރު ނުކުރާނެ ނުވަތަ 'އިމިއުނ' ވާނެ މީހުންނަކީ ކޮބައިތޯ ދެނެގަތުމަށް ފަސޭހަވެގެންދާނެ އެވެ.

ސްޕެއިން އަކީ ދުނިޔޭގައި ދެ ވަނަ އަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިފައިވާ ގައުމެވެ. އެއީ 271,095 ( ދެ ލައްކަ ހަތްދިހަ އެއްހާސް ނުވަދިހަ ފަސް) މީހުންނެވެ. ސްޕެއިންގައި މިވައިރަސް ޖެހިގެން 27,104 މީހުން ވަނީ މަރުވެފަ އެވެ.

ވައިރަސް ކޮންޓްރޯލް ކުރުމަށް ސްޕެއިންގައި އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކަށް މިހާރު ވަނީ ލުއި ދޭން ފަށާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
40%
0%
40%
20%
0%
ކޮމެންޓް
ގުޅުންހުރި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި
ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ދިވެހި ސިފައިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން: ރައީސް މުއިއްޒު