ކ. މާލެ
|
14 މެއި 2020 | ބުރާސްފަތި 08:25
ސްޓޭޓް ބޭންކް އޮފް އިންޑިއާ - ޖޫން 20 ގެ ކުރިން، އެކައުންޓުގެ ވެރިފަރާތުން ބޭންކާ އެއްވެސް މުޢާމަލާތެއް ނުކޮށްފިނަމަ، ބޭންކުން އެފަދަ އެކައުންޓްތައް ބަންދުކުރާނެ
ސްޓޭޓް ބޭންކް އޮފް އިންޑިއާ - ޖޫން 20 ގެ ކުރިން، އެކައުންޓުގެ ވެރިފަރާތުން ބޭންކާ އެއްވެސް މުޢާމަލާތެއް ނުކޮށްފިނަމަ، ބޭންކުން އެފަދަ އެކައުންޓްތައް ބަންދުކުރާނެ
މުހައްމަދު ޝަރުހާން
އެސްބީއައި އެކައުންޓްތައް ބަންދުކުރުން
ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުރި ބޭނުން ނުކުރާ އެކައުންޓްތައް ބަންދު ކުރަނީ
 
5 އަހަރުދުވަސް ވެފައިވާ އެކައުންޓަކީ ޑޯމަންޓް އެކައުންޓެއްގެ ގޮތުގައި ބެލެވޭނެ

ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއައި) ގައި ޑޯމަންޓް އެކައުންޓް ނުވަތަ މުޢާމަލާތް ނުކުރާ އެކައުންޓްގެ ގޮތުގައި ހުރި އެކައުންޓްތައް ބަންދުކުރަން އެ ބޭންކުން ނިންމައިފިއެވެ.

އެސްބީއައި އިން ބުނީ ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެކައުންޓަކުން އެއްވެސް މުޢާމަލާތެއް ނުކޮށް ނުވަތަ ބޭންކަށް ލިޔުމަކުން އަންގައިފައިނުވާ، 5 އަހަރުދުވަސް ވެފައިވާ އެކައުންޓަކީ ޑޯމަންޓް އެކައުންޓެއްގެ ގޮތުގައި ބެލެވޭނެ އެކައުންޓް ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެ އެކައުންޓްތަކަކީ، އެސްބީއައިގެ ރެކޯޑްތަކުން ދައްކާ ގޮތުން، ޑޯމަންޓް އެކައުންޓްތައް ކަމަށެވެ. އަދި ޑޯމަންޓް އެކައުންޓެއް، ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި އޮތްނަމަ، ނުވަތަ އެފަދަ އެކައުންޓެއް އޮތް ކަމަށް ޤަބޫލު ކުރެވޭނަމަ، އެ ފަރާތްތަކުން ބޭންކަށް އެންގުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން ޑޯމަންޓް އެކައުންޓުގެ ތަފުސީލު، އެ ކަސްޓަމަރަކު އެންމެ ފަހުން ބޭންކަށް ދީފައިވާ އެޑްރެހަށް ވަކިން އަންގަން މަސައްކަތް ކުރަމުން ގެންދާނެ ކަމަށާއި، ޖޫން 20 ގެ ކުރިން، އެކައުންޓުގެ ވެރިފަރާތުން ބޭންކާ އެއްވެސް މުޢާމަލާތެއް ނުކޮށްފިނަމަ، ބޭންކުން އެފަދަ އެކައުންޓްތައް ބަންދުކޮށް ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެފަދަ އެކައުންޓްތަކުގައިވާ ފައިސާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ހަވާލުކުރެވޭނެ ކަމަށެވެ.

އެހެންކަމުން، ޑޯމަންޓް އެކައުންޓެއް ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި އޮތް ނަމަ، އެކައުންޓާމެދު ޢަމަލުކުރަން ބޭނުންވާ ގޮތެއް އެންގުމަށް މެއިލް ކުރުމަށްވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
100%
0%
ކޮމެންޓް