ހޮނިހިރު 06 ޖޫން 2020
04 މިއަހެލި
1441 ޝައްވާލް 14
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:32
އިރުއޮއްސޭ 18:17
އިޝާ 19:35
ގެސްޓް ހައުސް ވިޔަފާރީގެ ޙާލަތު

ގެސްޓް ހައުސް އޮޕީނިއަންގެ ފުރަތަމަ ބައި ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފި

  • ފުރަތަމަ ސެޝަން ކުރިއަށް ގެންދިޔައީ ކ.އަތޮޅު ރަށްތަކުގެ ގެސްޓް ހައުސް ތަކަށް
  • މާލީ އެހީތެރިކަން ލިބެންހުރި ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވޭ
  • އަލުން އެކުލަވާލެވޭ އެސް.އޯ.ޕީއާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފައިވޭ

ކ. މާލެ | 14 މެއި 2020 | ބުރާސްފަތި 00:06 | 2,645

ރާއްޖޭގެ ހުރިހާ ގެސްޓް ހައުސްތަކެއްގެ ހާލަތު ބަލާނެ ގޭމްއިން ބުނޭ - ގެސްޓް ހައުސެސް އޮފް ދަ މޯލްޑިވްސް

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ސިލްސިލާ ކޮށް ކުރިއަށް ގެންދިއުމަށް ރާވަފައިވާ ގެސްޓް ހައުސް އޮޕީނިއަން ފޯރަމް (ގޯ ފޯރަމް) ގެ ފުރަތަމަ ބައި ކުރިއަށް ގެންގޮސްފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުރިއަށް ގެންދެވުނު މި ފުރަތަމަ ސެޝަން އަމާޒު ކޮށްފައިވަނީ މާލެ އަތޮޅު ރަށްތަކުގެ ގެސްޓްހައުސް ތަކަށެވެ.މި ފޯރަމް ފެށުމުގެ ގޮތުން ފޯރަމް ގެ ތަޢާރަފް ދެއްވީ ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް މޫސާ ނާސިޙް އެވެ.

މި ފޯރަމްގައި ކޮވިޑް-19 ކާރިސާ ކުރިމަތިވުމާ ހަމައިން ގެސްޓްހައުސް އެސޯސިއޭޝަން ގެ ފަރާތުން ގެސްޓްހައުސްތަކުގެ ހައްގުގައި ޖެނުއަރީ މަހުން ފެށިގެން ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި އަދި އަމިއްލަ ފަރާތްތަކާއެކު މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ޚުލާސާއަކާއި، ފިއުޗަރ މާކެޓް ޕްލޭން ތަކާއި، ކޮވިޑް ހާލަތާއި ގުޅިގެން މާލީ އެހީތެރިކަން ލިބެންހުރި ފުރުސަތުތަކާއި، އަދި އަލުން ނިއު ނޯމަލްގައި ވިޔަފާރި ފެށިގެންދާއިރު ކުރިއަށްދާނެ ގޮތުގެ އެސް.އޯ.ޕީ އެއް އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާކުރެވި ހިޔާލު ބަދަލުކޮށްފައި ވެއެވެ.

ފޯރަމްގެ ޕެނެލް އެކުލަވާލެވިފައިވަނީ ގެސްޓްހައުސް އެސޯސިއޭޝަންގެ ބޯޑްގައި ހިމެނޭ ހަތަރު ކޮމިޓީ ކަމުގައިވާ ޕީ.އާރު، ކޯޕަރޭޓް އެންޑް ފިނޭންސް، ޕްލޭނިންގ އެންޑް މާކެޓިންގ، އަދި ލޮބީ ޓީމްގެ ތެރެއިން ކަނޑައެޅުނު އެކަމާގުޅޭ ތަޖުރިބާ ހުރި ފަރާތްތައް ހިމެނޭ ގޮތަށެވެ.

ގޭމްގެ ބޯޑުން ކަނޑައެޅުނު 5 މެމްބަރުންގެ ޕެނެލް އަކާއި މިފޯރަމްގައި ބައިވެރިވި މާލެ އަތޮޅުގެ ގިނަ އަދަދެއްގެ ގެސްޓްހައުސް އޮޕަރޭޓަރުން ހިމެނޭގޮތުން ކުރިއަށް ގެންދެވުނު މި ފޯރަމް ފާހަގަ ކުރެވިފައިވަނީ ވަރަށް ގިނަ ބިނާކުރަނިވި ޚިޔާލުތަށް ލިބިގެންދިޔަ ކާމިޔާބު މުހިންމު ފޯރަމެއްގެ ގޮތުގަ އެވެ.

މިފޯރަމްގެ ދެން އޮތް ސިލްސިލާ އިތުރު އަތޮޅެއްގެ ގެސްޓްހައުސް އޮޕަރޭޓަރުންނާއެކު އަވަސް މުސްތަގުބަލެއްގައި ކުރިއަށް ގެންދިއުމަށް ދަނީ ރޭވެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.