ހޮނިހިރު 06 ޖޫން 2020
04 މިއަހެލި
1441 ޝައްވާލް 14
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:32
އިރުއޮއްސޭ 18:17
އިޝާ 19:35
ނިއު ނޯމަލް: ގޭގައި ތިބޭ މުވައްޒަފުން

ދާއިމީކޮށް ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ފުރުސަތު ޓްވިޓަރ އިން ހުޅުވާލައިފި

  • މިއީ މިހެން ދާއިމީކޮށް މަސައްކަތްކުރަން ހުޅުވާލި ފުރަތަމަ ކުންފުނި
  • ޓްވިޓަރގެ އޮފީސްތައް ހުޅުވާއިރު، އަނބުރާ އައުމުގެ އިހްތިޔާރު މުވައްޒަފުންނަށް ލިބޭނެ
  • ނިއު ނޯމަލްގައި ގޭގައި ތިބެގެން މަސައްކަތްކުރުން އާންމުވެގެން ދާނެ މާހިރުން ލަފާކުރޭ

ކ. މާލެ | 13 މެއި 2020 | ބުދަ 09:21 | 2,546

ޓްވިޓަރ ކުންފުނީގެ އޮފީހެއް: އެންމެ އަވަހަށް ވެސް ހުޅުވާނީ ސެޕްޓެމްބަރުގައި - ޓައިމްސް ނައު

ގޭގައި ތިބެގެން މަސައްކަތްކުރަން ބޭނުންވާ ހުރިހާ މުވައްޒަފުންނަށް، ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އިންތިޒާމުތަކެއް ދާއިމީ ގޮތެއްގައި ހަމަޖައްސަން ޓްވިޓަރ އިން ނިންމައިފި އެވެ.

ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ ކުރުމުގެ ފުރުސަތު ދިނުމާއެކު، ޓްވިޓަރއިން ވަނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ކުރިން އެ ކުންފުނީގެ ގިނަ އޮފީސްތައް ނުހުޅުވާނެ ކަމަށް ބުނެފައެވެ. އަދި އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތްކުރާނެ ތަން ކަނޑައެޅުމުގެ އިޚުތިޔާރު ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ.

މި އަަހަރުގެ ތެރޭގައި ކުންފުނީގެ މުވައްޒަފުން އެއް ތަނެއްގައި ގިނަ ބަޔަކު ތިބޭނެހެން ހިންގާ އިވެންޓްތައް ނޯންނާނެ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. އަދި ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ކޮންމެހެން ކުރަން މަޖުބޫރުވެގެން ކުރާ ކުންފުނީގެ ދަތުރެއް ނޫނިއްޔާމުން ނުކުރުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

ޓެކްނޮލޮޖީގެ ވިޔަފާރީގައި ޓްވިޓަރއާ ވާދަކުރާ ފޭސްބުކް އަދި އެލްފެބެޓް އިންކް ގެ މުވައްޒަފުންނަށް ވެސް އަހަރު ނިމެންދެން ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމާފަ އެވެ. ނަމަވެސް، މި ނިންމުން ދާއިމީކުރަން އަދި މިހާތަނަކަށް މިއިން ކުންފުންޏަކުން ނިންމާފައެއް ނުވެ އެވެ.

ކުރީގެ ހާލަތަށް ދިރިއުޅުން ބަދަލުވާއިރު، ގޭގައި ތިބެގެން މަސައްކަތްކުރަން، ގިނަ ބަޔަކަށް ލިބުމުގެ ފުރުސަތު ބޮޑުކަމަށް ހުޅަނގުގެ މީޑިއާތަކުން އަންނަނީ ބުނަމުންނެވެ. ހާއްސަކޮށް މި ހާލަތުގެ ތެރޭގައި ގޭގައި ތިބެގެން މަސައްކަތްކޮށްގެން ވަޒީފާގެ ޒިންމާ އަދާކުރުމަށް ހުރަސް އެޅިފައި ނުވާ ޒާތުގެ ވަޒީފާތަކުގައި އުޅޭ މީހުންނަށް އެ ފުރުސަތު ބޮޑު ކަމަށްވެސް އަންނަނީ ބުނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.