ކ. މާލެ
|
13 މެއި 2020 | ބުދަ 05:07
ކޮވިޑް ޖެހިފައިވާ މީހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދަނީ
ކޮވިޑް ޖެހިފައިވާ މީހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދަނީ
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19، ދުނިޔޭގެ ހާލަތު
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4.3 މިލިއަނަށް!
 
ރަނގަޅުވި މީހުންގެ އަދަދު 1,594,096ށް އަރާ
 
ބަލީގައި މަރުވި މީހުންގެ އަދަދު 292,366ށް އަރާ
 
އެމެރިކާއިން މިހާތަނަށް 1,408,039 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވޭ

މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު 4.3 މިލިއަނަށް އަރައިފި އެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން, ވައިރަސް ޖެހުނު މީހުންގެ ޖުމުލަ ޢަދަދު ހޯމަދުވަހު ވަނީ 4,336,801 އަރާފަ އެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު 292,366 އަށް އަރާއިރު ރަނގަޅުވި މީހުންގެ އަދަދު 1,594,096 އަށް އަރަ އެވެ.

ވައިރަސް ފެތުރެމުންދާ ޒާތައް ބަލާއިރު، އެންމެ ގިނަ ޢަދަދަަކަށް ވައިރަސްއަށް ޕޮޒިޓިވްވީވެސް އަދި މަރުވީވެސް އެމެރިކާއިންނެވެ. އެމެރިކާއިން މިހާތަނަށް 1.4 މިލިއަނަށް ވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، 83000ށް ވުރެ ގިނަ މަރު ވަނީ ރިޕޯޓްކުރެވިފަ އެވެ. 300،000 މީހުންގެ ބަލި ވަނީ ފަސޭހަވެފަ އެވެ.

ދުނިޔޭގެ 217 ސަރަހައްދަކުން ވައިރަސް ފެނިފައިވާއިރު، އެމެރިކާ ފިޔަވައި ދެން އެންމެ ގިނަ ޢަދަދެއްގެ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ ޔޫރަޕުގެ ޤައުމުތަކުންނެވެ. އެގޮތުން ސްޕެއިން، ރަޝިއާ، އިޓަލީވިލާތް، ފަރަންސޭސިވިލާތް، އަދި އިނގިރޭސިވިލާތުން ވަނީ 200،000ށް ވުރެ ގިނަ ކޭސް ރިޕޯޓްކުރެވިފަ އެވެ.

ދެވަނައަށް އެންމެ ގިނައިން ކޮވިޑް-19 ގެ ކޭސްތައް ރިޕޯޓުކޮށްފައިވަނީ ސްޕެއިން އިންނެވެ. ތިން ވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ރަޝިއާއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް