ކ. މާލެ
|
13 މެއި 2020 | ބުދަ 02:08
ލުބުނާންގައި ކޮވިޑް-19 ދަނީ ހަލުވި މިނެއްގައި ފެތުރެމުން
ލުބުނާންގައި ކޮވިޑް-19 ދަނީ ހަލުވި މިނެއްގައި ފެތުރެމުން
-
ކޮވިޑް-19ން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތައް
ލުބުނާންގައި އަނެއްކާ ވެސް 4 ދުވަހުގެ ފުލް ލޮކްޑައުންއެއް!
 
ކޭސްތައް ގިނަވެފައި މިވަނީ ބޮޑެތި ލުއިތަކެއް ދީފައި ވަނިކޮށް
 
ބުދަ ދުވަހުގެ ރޭގަނޑު ފުލް ލޮކްޑައުން ފެށޭނެ
 
ކުއްލި އަކަށް ކޭސްތައް ވަނީ އިތުރުވެފައި

ލުބުނާންގައި ދެވަނަ ފަހަރަށް ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ހަތަރު ދުވަހުގެ ފުލް ލޮކްޑައުން ދިއުމަށް ނިންމައިފި އެވެ.

މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ލުބުނާންގެ ރައީސް އަދި ކެބިނެޓް މިނިސްޓަރުން ބޭއްވި ބައްދަލުވުމަށްފަހު ނިންމާފައިވަނީ ދެވަނަ ފަހަރަށް ކޮވިޑް-19 ފެތުރުނަށް ނުދިނުމަށްޓަކައި ހަތަރު ދުވަހުގެ ފުލް ލޮކްޑައުންއަށް ދިއުމަށް ނިންމާފައިވާ ކަމަށެވެ.

މިގޮތަށް މިކަން ކޮށްފައިވަނީ މިދިޔަ ދުވަސްތަކުގައި ކޮވިޑް-19ގެ ކޭސްތައް ކުއްލިއަކަށް ވަރަށް ބޮޑުތަން މައްޗަށް ޖެހިލާފައިވަނިކޮށެވެ. ކުއްލިއަކަށް މިހާ ގިނަ އަދަދެއްގެ ކޭސްތައް ފެނިފައިމިވަނީ ސަރުކާރުން ބޮޑެތި ދޫތަކެއް ދީފައި ވަނިކޮށެވެ.

މިލޮކްޑައުން ފެށުމަށް ހަމަޖައްސާފައިވަނީ ބުދަ ދުވަހުގެ ރޭގަނޑުގެ ކަމަށް ސަރުކާރުން ހާމަކޮށްފައި ވެއެވެ. ލުބުނާންގައި ކޮވިޑް-19 ހަލުވި މިނެއްގައި ފެތުރެމުންދާއިރު، މިހާތަނަށް 600ށްވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވެއެވެ. އަދި 26 މީހަކު މަރުވެފައި ވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް