ކ. މާލެ
|
12 މެއި 2020 | އަންގާރަ 16:26
އަލްޖީރިއާގެ ލެބޯރެޓަރީއެއްގައި ޓެކްނީޝަނުން ތަހުލީލުކުރުމުގެ މަސައްކަތުގައި/ އެޤައުމުގެ ޑޮކްޓަރުން ވަނީ ރެސްޕިރޭޓަރު އީޖާދުކުރުމުގެ މަސައްކަތް ވެސް ފަށާފައި
އަލްޖީރިއާގެ ލެބޯރެޓަރީއެއްގައި ޓެކްނީޝަނުން ތަހުލީލުކުރުމުގެ މަސައްކަތުގައި/ އެޤައުމުގެ ޑޮކްޓަރުން ވަނީ ރެސްޕިރޭޓަރު އީޖާދުކުރުމުގެ މަސައްކަތް ވެސް ފަށާފައި
އަލްއަރަބިއްޔާ
ކޮވިޑް-19: އަލްޖީރިއާއިން ޓެސްޓް ކިޓް އުފެއްދުން
އަލްޖީރިއާގައި ކޮވިޑް-19 ޓެސްޓް ކިޓް އުފައްދަން ފަށައިފި
 
ކިޓް އުފައްދަނީ ކެނެޑާއާއި އުރުދުންގެ ފަންނީ އެހީތެރި ކަމާއެކު
 
ހަފުތާއަކު ދުއިސައްތަ ހާސް ކިޓު އުފެއްދުމުގެ ޤާބިލުކަން ލިބިގެންވޭ
 
އަލްޖީރިއާއިން އުފައްދަނީ 15 މިނެޓު ތެރޭގައި ނަތީޖާ ލިބޭ ކިޓެއް

އަލްޖީރިއާއިން ކޮވިޑް-19ށް ޓެސްޓް ކުރާ ކިޓް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

އެޤައުމުގެ ސަރުކާރާއި ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އެޤައުމުން އުފައްދަނީ 15 މިނެޓް ތެރޭގައި ކޮވިޑް-19ގެ ސާމްޕަލް ގެ ނަތީޖާ ތަހުލީލު ކޮށްލެވޭ ފެންވަރުގެ ކިޓެކެވެ. އަދި ހަފުތާއެއްގެ މައްޗަށް 200،000 (ދުއިސައްތަ ހާސް) ކިޓު އުފެއްދުމުގެ ޤާބިލުކަން އެބަހުރި ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.

އަލްޖީރިއާގެ ދައުލަތުގެ ޓީވީން ވަގުތުން ދުރަށް ދެއްކި އިންޓަވިއުއެއްގައި އެޤައުމުގެ ފާމަސޫޓިކަލް ކަންތައްތަކާއި ޙަވާލުވެ ހުންނެވި ޖޫނިއަރ މިނިސްޓަރ ލުވްތީ ބެންބާ އަހްމަދު ވިދާޅުވީ، "ރެޕިޑް ޓެސްތް ކިޓް" އުފައްދަނީ ކެނެޑާއާއި އުރުދުންގެ ފަންނީ އެހީތެރިކަމާއެކުގައި ކަމަށެވެ. އަދި ކިޓުތައް އުފައްދަނީ ވެރިރަށް އަލްޖިއަރސް ގެ ހުންނަ ލެބޯޓަރީއެއްގައި ކަމަށެވެ.

އުތުރު އެފްރިކާގެ ޤައުމެއް ކަމަށްވާ އަލްޖީރިއާގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން މިހާތަނަށް، 100 މިލިއަން އެމެރިކާ ޑޮލަރަށް އަގު ކުރެވޭ ޞިއްޙީ އާލާތްތަކާއި، ފާމަސޫޓިކަލް އުފެއްދުންތައް އެހެން ޤައުމުތަކުން ގަނެ އެތެރެ ކޮށްފައިވެއެވެ. އަދި ފާއިިތުވެ ދިޔަ ދުވަސްތަކުގައި ޗައިނާ ސަރުކާރު އެޤައުމަށް މިފަދަ ތަކެތި ހަދިޔާކޮށްފައިވާ ކަމަށް ޖޫނިއަރ މިނިސްތަރ ވިދާޅުވެފައި ވެއެވެ.

އަލްޖީރިއާގައި ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ، މުޅި ޤައުމުގައި ވަނީ ކާފިއުގެ ޢަމުރު އިޢުލާނު ކޮށްފައެވެ. އަދި ސިނާޢި، އިޤުތިޞާދީ ޙަރަކާތްތައް ހުއްޓުވާ ވިޔަފާރިތައްވަނީ ބަންދު ކޮށްފައެވެ. މީގެ އިތުރުން ޢާންމު ދަތުރުފަތުރުތައްވެސް ވަނީ ހުއްޓުވާފައެވެ. އެހެންނަމަވެސް ވަކި އުޞޫލެއްގެ ދަށުން ޒަރޫރީ ބާވަތްތައް ގަތުމަށް ޢާންމުންނަށް ފުރުޞަތުތައް ދަނީ ފަހިކޮށް ދެމުންނެވެ.

އަލްޖީރިއާގައި މިހާތަނަށް 5،891 (ފަސް ހާސް އަށް ސަތޭކަ ނުވަދިހަ އެކެއް) ޕޮޒިޓިވް ކޭސް ރިޕޯޓު ކޮށްފައި ވެއެވެ. އަދި 507 މީހުން ވަނީ މަރުވެފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
33%
67%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫން: އޭސީސީ
ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މަޖިލިސް އިންތިޚާބުގެ ބަޖެޓްގެ ކަންކަން ހަމަޖެހޭނެ، އިތުރަށް 10 މިލިއަން ޚަރަދުވާނެ - އީސީ