ކ. މާލެ
|
12 މެއި 2020 | އަންގާރަ 14:42
އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ޑިޕާރޓްމަންޓްގެ އެކްޓިންގ ސެކްރެޓަރީ ކެން ކުސިނެއްލީ: ޤައިދީން ބަދަލުކުރުމުގެ މައްސަކައިގައި ދެޤައުމުގެ މަޞްރަޙު ވަނީ ހޫނުވެފަ
އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ޑިޕާރޓްމަންޓްގެ އެކްޓިންގ ސެކްރެޓަރީ ކެން ކުސިނެއްލީ: ޤައިދީން ބަދަލުކުރުމުގެ މައްސަކައިގައި ދެޤައުމުގެ މަޞްރަޙު ވަނީ ހޫނުވެފަ
އަލްއަރަބިއްޔާ
އެމެއިރާ-އިރާން: ޤައިދީން ބަދަލުކުރުން
އެމެރިކާގައި ތިބި އިރާނު މީހުން އަނބުރާ ގެންނަން ބޭނުންނަމަ ޗާޓަރު ފްލައިޓެއް ފޮނުވާ: އެމެރިކާ
 
އެމެރިކާއާއެކު ޤައިދީން ބަދަލުކުރުމުގެ އެއްބަސްވުމަކަށް އަންނަން އިރާން ތައްޔާރު
 
ޤައިދީން ބަދަލު ކުރުމުގެ މަސައްކަތް ހެޔޮ ނިޔަތެއްގައި ކުރިޔަށް ގެންދަން އެމެރިކާއިން ގޮވާލާ
 
އެމެރިކާއިން ވަނީ އިރާނުގެ 11 މީހުން ޑީޕޯޓު ކުރަން ނިންމާފައި

އެމެރިކާގައި ތިބި އިރާނުގެ 11 މީހުން ޑިޕޯޓުކުރަން އެމެރިކާ ސަރުކާރުން ނިންމާފައިވާ ކަމަށާއި އެމީހުން އަނބުރާ ޤައުމަށް ގެންދަން ބޭނުންވާނަމަ ޗާޓަރު ފްލައިޓެއް ފޮނުވުމަށް އެމެރިކާ އިން އީރާނަށް ގޮވާލައިފި އެވެ.

މިކަމަށް ގޮވާލާ އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ޑިޕަރޓްމަންޓްގެ އެކްޓިންގ ސެކްރެޓަރީ ކެން ކުސިނެއްލީ ވިދާޅުވެފައިވަނީ އެމެރިކާގައި މިހާރު ތިބި އިރާނުގެ 11 ރައްޔިތުންނަކީ ކުށްވެރިން ކަމަށާއި، ބޭކާރު ވާހަކަ ދެއްކުމުގެ ބަދަލުގައި އެމީހުން ގެނައުމަށް އިރާނުން ޚަރަދު ކުރަން ޖެހޭ ކަމަށެވެ. އަދި ޤައިދީން ބަދަލު ކުރުމުގެ މަސައްކަތް ހެޔޮ ނިޔަތެއްގައި ކުރިޔަށް ގެންދިއުމަށް ވަނީ ގޮވާލާފައެވެ.

އިރާނުން އާދީއްތަ ދުވަހު ވަނީ އެމެރިކާގައި ތިބި ކުށްވެރިން އެއްވެސް ޝަރުޠާކާ ނުލާ މިނިވަން ކުރުމަށް ގޮވާލާފައެވެ. މިކަމާއި ގުޅުވައިގެން އެމެރިކާއިން މިވަނީި އެކަމަށް އިޖާބަދީފައެވެ.

އެމެރިކާއިން އިރާނާއެކު އޮތް ސިޔާސީ ގުޅުން މީގެ 40 އަހަރު ކުރިން ކަނޑާލާފައި ވީ ނަމަވެސް، ދެޤައުމުގެ ދެމެދު މުއާމަލާތްތައް ހިންގައެވެ. ޤައިދީން ބަދަލުކުރުމަކީ މީގެއިން އެއް ކަންތަކެވެ.

އިރާނުގެ ރައީސް ޖަވާޒް ޒާރިފް ވިދާޅުވެފައިވަނީ އެމެރިކާއާއެކު ޤައިދީން ބަދަލުކުރުމުގެ އެއްބަސްވުމަކަށް އަންނަން ތައްޔާރު ކަމަށެވެ. އެހެންނަމަވެސް އެމެރިކާއިން މިކަމާއި ގުޅޭ ގޮތުން ރަސްމީ ސިފައެއްގައި އެއްޗެސް ބުނެފައެއް ނުވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
25%
0%
0%
25%
0%
50%
ކޮމެންޓް