ކ. މާލެ
|
12 މެއި 2020 | އަންގާރަ 12:11
ވުހާންގައި ލޮކްޑައުން އުވާލިފަހުން މީހުން މަގުމަތީގައި މާސްކް އަޅައިގެން
ވުހާންގައި ލޮކްޑައުން އުވާލިފަހުން މީހުން މަގުމަތީގައި މާސްކް އަޅައިގެން
ރޮއިޓަރސް
ކޮވިޑް-19: ޗައިނާގެ ހާލަތު
10 ދުވަހުތެރޭގައި ވުހާންގެ ގިނަ ބަޔަކު ކޮވިޑް-19 އަށް ޓެސްޓް ކުރަނީ
 
މެއި މަހުގެ 10 ވަނަ ދުވަހު ވުހާން އިން ވަނީ އައު ކްލަސްޓަރ އެއް ފެނިފަ
 
ވުހާން ސިޓީގެ ހުރިހާ އަވަށެއްގެ މީހުން ޓެސްޓު ކުރުމަށް ވަނީ އަންގާފައި
 
ނިޔުކްލެކް އެސިޑް ޓެސްޓް ކުރަން ޕްލޭންތައް ވުހާން އިން އަންނަނީ ކުރަމުން

ޗައިނާގެ ވުހާން ސިޓީގެ ލޮކްޑައުން އުވާލިތާ މަސް ދުވަސް ފަހުން އެ ސިޓީން ކޮވިޑް-19 ގެ އައު ކުލަސްޓަރ އެއް ފެނުމާއެކު، ވުހާންގެ ބޮޑު އާބާދީއެއް ދިހަ ދުވަހުގެ ތެރޭގައި ވައިރަސްއަށް ޓެސްޓު ކުރުމުގެ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.

އެކަމާއި ގުޅޭ ޑޮކިޔުމެންޓެއް ފެނިފައިވާ ދެ މީހަކާއި ހަވާލާދީ ރޮއިޓަރސް އިން ބުނެފައިވަނީ ނިޔުކްލެކް އެސިޑް ޓެސްޓިން ހެދުމުގެ ކަންކަން ކުރުމުގެ ޕްލޭންތައް ވުހާން އިން އެކުލަވާލަމުންދާ ކަމަށެވެ. ނިޔުކްލެކް އެސިޑް ޓެސްޓިންގ އަކީ އިންސާނާގެ ލޭގައި ޓީޝޫގައި އަދި އެނޫންވެސް ތަނެއްގައި ވައިރަސް އެއް ނުވަތަ ބެކްޓީރީއާ އެއް ނުވަތަ އޭގެ ވައްތަރެއްވެސް އުޅޭތޯ ބެލުމަށް ހަދާ ޓެސްޓެކެވެ. މިޓެސްޓުން އިންސާނާގެ ޖެނެޓިކް މާއްދާތައް ކަމަށްވާ ޑީއެންއޭ އާއި އާރުއެންއޭ ދެނެގަނެވޭނެ އެވެ.

މި ޕްލޭންގެ ދަށުން ވުހާން ސިޓީގެ ހުރިހާ އަވަށެއްގެ ރައްޔިތުން ޓެސްޓް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާ އެ ޕްލޭންތައް ހުށަހެޅުމަށް ވަނީ އެދިފަ އެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ވުހާންގެ ޞިއްޙަތާއި ބެހޭ އިސް މަސްއޫލުވެރިންގެ ބަހެއް އަދި ނުލިބޭކަމަށް ރޮއިޓަރސް އިން ބުނެއެވެ.

11 މިލިއަން މީހުން ދިރިއުޅެމުންދާ ވުހާން އަކީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ތަނެވެ. ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ވުހާން ލޮކްޑައުން ކުރިއިރު ވުހާން ލޮކްޑައުން އިން ނެގީ އޭޕްރީލް މަހުގެ 8 ވަނަ ދުވަހު އެވެ. ވުހާންއިން ވައިރަސް ފިލާފައިވާކަމަށް ހާމަކޮށްފައިވަނީ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު އެވެ. އެއީ އޭޕްރީލް މަހުގެ 3 ވަނަ ދުވަހުން ފެށިގެން ވުހާން އިން ކޮވިޑް-19 އަށް އެއްވެސް މީހަކު ޕޮޒިޓިވްވެގެން ރިޕޯޓުކުރަމުން ނުދާތީ އެވެ.

ނަމަވެސް މެއި މަހުގެ 10 ވަނަ ދުވަހު ވުހާން އިން ވަނީ އައު ކްލަސްޓަރ އެއް ފެނިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް