ހޮނިހިރު 06 ޖޫން 2020
04 މިއަހެލި
1441 ޝައްވާލް 14
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:32
އިރުއޮއްސޭ 18:17
އިޝާ 19:35
މެލޭޝިޔާގެ އިގްތިޞާދަށް އަންނަ ބަދަލު

މެލޭޝިޔާގެ ފެކްޓަރީތަކުގެ އުފެއްދުން މަރޗް މަހު 4.9 އިންސައްތަ ދަށަށް

  • މިދަށްވުމަކީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި މިހާބޮޑަށް ފެކްޓްރީތަކުގެ އުފެއްދުންތައް ދަށަށް ދިޔަ ދިޔުން
  • މިއީ މެނުފެކްޗަރިންގ އާއި މައިނިންގ އަދި އިލެކްޓްރިސިޓީ އުފެއްދުމުގެ ދާއިރާއިން އައިސްފައިވާ ދަށްވުމެއް
  • މެލޭޝިޔާގެ އެކްސްޕޯޓް މިދިޔަ އަހަރުގެ މަރޗް އަޅާބަލާއިރު ވަނީ 4.7 އިންސައްތަ ދަށަށް ގޮސްފަ

ކ. މާލެ | 12 މެއި 2020 | އަންގާރަ 11:46 | 2,115

މެލޭޝިޔާއި ކާރު އުފައްދާ ކާރު ހާނާއެއްގެ ތެރެއިން - ރޮއިޓަރސް

މެލޭޝިޔާގެ ފެކްޓްރީތަކުގެ އުފެއްދުންތަކުގެ މިދިޔަ އަހަރުގެ މަރޗް މަހާއި އަޅާބަލާއިރު 4.9 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް އެޤައުމުން ހާމަކޮށްފި އެވެ.

އަންގާރަ ދުވަހު ހާމަކޮށްފައިވާ ޑާޓާތަކަށް ބަލާއިރު މި ދަށްވުމަކީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި މިހާ ބޮޑަށް ފެކްޓްރީތަކުގެ އުފެއްދުންތައް ދަށަށް ދިޔަ ފަހަރުކަން ވަނީ ހާމަވެފަ އެވެ. ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އުފެއްދުންތެރިކަން ދަށަށް ދިޔައިރު މި ޢަދަދުތައް ނަގާފައިވަނީ ސިނާޢީ އުފެއްދުންތަކާއި، މައުދަނުގެ އުފެއްދުންތަކާއި، ހަކަތައާޢި އުފެއްދުމުގެ ދާއިރާއިންނެވެ.

މި ދަށްވުމަކީ 2011 ވަނަ އަހަރުގެ މަރޗް މަހުގެ ފަހުން އައި އެންމެ ބޮޑު ދަށްވުމަށް ވާއިރު އެފަހަރު ފެކްޓްރީތަކުގެ އުފެއްދުންތައް ދަށަށް ދިޔައީ 5.2 އިންސައްތަ އަށެވެ.

އެޤައުމުގެ ސްޓެޓިސްޓިކް ޑިޕާޓްމަންޓުން ބުނާގޮތުގައި މަރޗް މަހު ހަކަތަ އާއި ކަރަންޓު އުފެއްދުމުގެ ދާއިރާއަށް މިއައި ދަށްވުމަކީ ކުރީ އަހަރާއި އަޅާ ބަލާއިރު 7 އިންސައްތައިގެ ދަށްވުމެކެވެ.

އަދި މިއީ ސިނާޢީ އުފެއްދުންތަކުގެ ދާއިރާއިން މިދިޔަ އަހަރާއި އަޅާ ބަލާއިރު 4.2 އިންސައްތަގެ ދަށްވުމެއް ކަަމަށާއި މައުދަނުގެ އުފެއްދުންތަކުގެ ދާއިރާއިން މިއީ 6.5 އިންސައްތައިގެ ދަށްވުމެއްކަމަށް ސްޓެޓިސްޓިކް ޑިޕާޓްމަންޓުން ހާމަކުރެ އެވެ.

މެލޭޝިޔާގެ އެކްސްޕޯޓް މިދިޔަ އަހަރުގެ މަރޗް އަޅާ ބަލާއިރު ވަނީ 4.7 އިންސައްތަ ދަށަށް ގޮސްފަ އެވެ. ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔޭގެ އެކްސްޕޯޓް އަދި އިމްޕޯޓަށް ވިޔަފާރިއަށް ވަނީ ހީނަރުކަމެއް އައިސްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.