ކ. މާލެ
|
11 މެއި 2020 | ހޯމަ 16:16
ލުބްނާނުގެ އިމަރޖެންސީ ރެޒްޕޮންޒް ޓީމުން ދަނީ އަސްކަރީ ކޯޓު ވަށައިގެން ވާ ޞަރަޙައްދުތައް ޑިސްއިންފެކްޓް ކުރަމުން
ލުބްނާނުގެ އިމަރޖެންސީ ރެޒްޕޮންޒް ޓީމުން ދަނީ އަސްކަރީ ކޯޓު ވަށައިގެން ވާ ޞަރަޙައްދުތައް ޑިސްއިންފެކްޓް ކުރަމުން
އަލްއަރަބިއްޔާ
ކޮވިޑް-19: ލުބްނާނުގެ ޙަލަތު
ލުބްނާނުގެ އަސްކަރީ ކޯޓުގެ ސިފައިންތަކެއް ކޮވިޑް-19ށް ޕޮޒިޓިވް ވެއްޖެ
 
ކޯޓުގެ އިމާރާތް ބަންދުކޮށް، ޑިސް އިންފެކްޓްކޮށް، ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް ވަނީ ފަށާފަ
 
40 ވަކީލެއްގެ ސާމްޕަލް ނަގާ ތަހުލީލު ކުރުމުގެ މަސައްކަތް ވަނީ ފަށާފަ
 
އަސްކަރީ ކޯޓުގެ 13 ސިފައިން ވައިރަސް އަށް ޕޮޒިޓިވްވި

ލުބްނާނުގެ އަސްކަރީ ކޯޓުގެ ސިފައިންތަކެއް ކޮވިޑް-19ށް ޕޮސިޓިވް ވެއްޖެއެވެ.

މިކަން ހާމަކޮށް ލުބްނާނުގެ އަސްކަރިއްޔާއިން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މިހާތަނަށް އާއިރު އަސްކަރީ ކޯޓުގައި ޙަރަކާތްތެރިވާ ސިފައިންގެ 13 އޮފިސަރުން ވައިރަސް އަށް ޕޮޒިޓިްވެފައިވާކަމަށެވެ.

ސިފައިން ވައިރަސް އަށް ޕޮޒިޓިވްވުމާއި ގުޅިގެން ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު ވަނީ ވަރުގަދަ ކޮށްފައެވެ. އެގޮތުން އަސްކަރީ ކޯޓު ހިންގާ މައި އިމާރާތް ޑިސް އިންފެކްޓްކޮށް، ޕޮޒިޓިވްވި އޮފިސަރުންނާއި އެކި ޙައިޞިއްޔަތުން ދިމާވި ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ހަމަ އެއާއެކު އަސްކަރީ ކޯޓުގައި މަސައްކަތް ކުރައްވާ ހުރިހައި ފަނޑިޔާރުން ވައިރަސް އަށް ތަހުލީލު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ލުބްނާނުގެ މީީޑިއާތަކުން ޚަބަރު ފަތުރާ ގޮތުގައި، މިދިޔަ ހަފުތާގައި ކޯޓަށް މައްސަލަތަކުގައި ވަކާލާތުކުރުމަށް ވަޑައިގެންނެވި 40 ވަކީލެއްގެ ސާމްޕަލް ނަގާ ތަހުލީލު ކުރުމަށް މިހާރު ވަނީ ފޮނުވާފައެވެ. އަދި ނަތީޖާ ހޯމަ ދުވަހުގެ ވަގުތެއްގައި ލިބޭނެކަމަށް ރިޕޯޓުކޮށްފައި ވެއެވެ.

ލުބްނާނުގައި 845 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެ، 26 މީހުން ވަނީ މަރުވެފައެވެ. އެެހެންނަމަވެސް ވައިރަސްގައި މަރުވާ މީހުންގެ ޢަދަދު ދަށްވެ، ފަރުވާ ދީގެން ރަނގަޅުވާ މީހުންގެ ނިޞްބަތް އިތުރު ވަމުންދާތީ އެޤައުމުން މިހާރު ވަނީ ފުރަބަންދަށް ލުޔެއް ދީފައެވެ. އެގޮތުން، ހޯމަ ދުވަހު ވަނީ ހޮޓާ، ރެސްޓޯރެންޓް، ކެފޭ އަދި ސެލޫން ތަކުގެ ޚިދުމަތް ފަށެމުގެ ހުއްދަ ދީފައެވެ.

ލުބްނާނު ސަރުކާރުން ފުރަބަންދަށް ލުއި ދިންނަމަވެސް، ޢާންމުން ޢަމަލު ކުރަންވާ ގޮތްތަކެއް ވަނީ ކަނޑައަޅާ ފައެވެ. އެގޮތުން، އިޖުތިމާޢީ އަދި ޖިސްމާނީ ގައިދުރުކަން ދެމެހެއްޓުމާއި، މާސްކް އެޅުމާއި، ޒަރުރީ ބޭނުމެއްގައި ނޫނީ ބޭރަށް ނިކުމެ އުޅުންވަނީ މަނާކޮށްފައެވެ.

އެޤައުމުގެ ދާޚިލީ ވަޒީރު މުޙައްމަދު ފަހުމީ ވިދާޅުވީ ބަރަކާތްތެރި ރަމަޟާން މަހު ޢާންމު ރައްޔިތުންގެ ޒާތީ ދިރިއުޅުމަށް ލުއިކޮށް ދިނުމުގެ ގޮތުން ފުރަބަންދާއި ކާފިއުގެ ޢަމުރަށް ލުއި ދިންނަމަވެސް، އަދިވެސް ކޮވިޑް-19ށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދުވަހުން ދުވަހަށް ގިނަ ވަމުންދާ ކަމަށެވެ. އެހެންކަމުން ކަމާއި ގުޅުން ހުރި އިދާރާތަކާއި މުއައްސަސާތައް ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ ވައިރަސްއަށް ތަހުލީލު ކުރުމާއި ފަރުވާ ދިނުމުގެ ނިޒާމު ވަރުގަދަ ކުރަމުން އަންނަ ކަމަށެވެ.

ފުރަބަންދާއި ކާފިއުގެ އަމުރު ލުއި ކުރުމުން، ބައެއް ޢާންމު ފަރާތްތަކުން ކަމާއި ގުޅޭ އިދާރާތަކުގެ އިރުޝާދުތަކަށް ތަބާވަމުން ނުދާކަން ފާހަގަކުރައްވާ ވަޒީރު ވަނީ ވަކި ވަކި ފަރުދުން އުޞޫލުތަކަށް ތަބާ ނުވާނަމަ ފުރަބަންދާއި ކާފިއުގެ ޢަމުރު ކުރިޔަށް އޮތް ގޮތައް އިޔާދަ ކުރައްވާނެކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި