ކ. މާލެ
|
11 މެއި 2020 | ހޯމަ 13:00
ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތައް އުވާލަން ފެށުމާއެކު ޕެރިސްގައި މީހުން މަގުތަކަށް ނިކުމެ ޕާކެއްގެ ތެރޭގައި ހަރަކާތްތެރިވަނީ
ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތައް އުވާލަން ފެށުމާއެކު ޕެރިސްގައި މީހުން މަގުތަކަށް ނިކުމެ ޕާކެއްގެ ތެރޭގައި ހަރަކާތްތެރިވަނީ
ރޮއިޓަރސް
ކޮވިޑް-19 ފްރާންސްގެ ހާލަތު
ފްރާންސްގެ ލޮކްޑައުން އުވާލުމާއެކު ފިހާރަތަކާއި ސެލޫންތައް ހުޅުވާލައިފި
 
ކޮންމެހެން ކުރަންޖެހޭ ވިޔަފާރި ކުރުމާއި މަސައްކަތްކުރުމަށް އަދި ކަސްރަތު ކުރުމަށް ނިކުމެ އުޅުމުގެ ހުއްދަ ވަނީ ދީފައި
 
އަދިވެސް ވައިރަސް ފެތުރޭ ހިސާބުތައް ވަނީ ރަތް ޒޯންތަކުގެ ގޮތުގައި ކަނޑައަޅާ ފިޔަވަޅުތައް ހިފަހައްޓާފަ
 
ލުއިތައް ދިނުމަށް ނިންމާފައިވަނީ އައިސީޔޫތަކުގައި ފަރުވާދޭ މީހުންގެ އަދަދުތައް މަދުވާން ފެށުމުން

ފްރާންސްގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރުން ފެށުމާއެކު މަރޗް މަހުގެ 17 ވަނަ ދުވަހުން ފެށިގެން އެޤައުމު ލޮކްޑައުން ކޮށްފައި އޮތްއޮތުން މިމަހުގެ 11 ވަނަ ދުވަހު ނިމުމަކަށް ގެެނެސް އެޤައުމުގެ ފިހާރަތަކާއި ސެލޫންތައް ހުޅުވާލައިފި އެވެ.

އެއާއެކު 8 ހަފުތާގެ މުއްދަތަށް ލޮކްޑައުންގައި ތިބި އެޤައުމުގެ ރައްޔިތުންނަށް ވަނީ ބޭރަށް ނިކުތުމުގެ ފުރުޞަތު ފަހިވެގެން ގެންގޮސްފަ އެވެ. ނަމަވެސް އެއީ ކޮންމެހެން ކުރަންޖެހޭ ވިޔަފާރި ކުރުމާއި މަސައްކަތްކުރުމަށް އަދި ކަސްރަތު ކުރުމަށެވެ. ފިހާރަތަކާއި ސެލޫންތައް ހުޅުވާލުމުން މީހުންނަށް އެތަންތަނަށް ދިޔުމުގެ ފުރުޞަތު ވަނީ ފަހިވެފަ އެވެ. ނަމަވެސް ސަރުކާރުން އަދި ހުއްދަ ދީފައިވަނީ ހަމަ އެކަނި 100 މޭލު ކައިރި ތަންތަނަށް ދިޔުމަށެވެ. މިގޮތަށްވެސް ދެވެނީ ވެސް މީހުން މަރުވުމުން އެމީހުންނަށް އިހުތިރާމުގެ ޒިޔާރާތްކުރުމަށާއި ބަލި މީހުންނަށް ގޮވާލުމަށެވެ.

ފްރާންސްގެ ރައީސްއެމަނުއަލް މެކްރޮން ގެ ސަރުކާރުން މި ލުއިތައް ދިނުމަށް ނިންމާފައިވަނީ އައިސީޔޫތަކުގައި ފަރުވާދޭ މީހުންގެ ޢަދަދުތައް މަދުވާން ފެށުމާއި، ހޮސްޕިޓަލުތަކުން ފަރުވާދެވޭ ވަރަށް މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓުކުރަން ފެށުމުންނެވެ. ފްރާންސްގައި ދުވާލެއްގެ މައްޗަށް ވައިރަސް ޖެހޭ މީހުންގެ ޢަދަދު އޭޕްރީލް މަހުގެ ކުރީކޮޅުއްސުރެ އަންނަނީ ދަށް ވަމުންނެވެ. އަދި މަރުވާ މީހުންގެ ޢަދަދުވެސް އަންނަނީ ދަށް ވަމުންނެވެ. އެގޮތުން އާދިއްތަ ދުވަހު އެޤައުމުން ވައިރަސް ޖެހިގެން މަރު ވެފައިވަނީ 70 މީހުންނެވެ. އެއާއެކު ޖުމުލަ ޢަދަދު ވަނީ 26،380 (ސައްބީސް ހާސް ތިންސަތޭކަ އަށާވީސް)ށް އަރާފަ އެވެ.

މެއި 11 ވަނަ ދުވަސް އަންނާތީ ގިނަ ބަޔަކު ވަނީ ބޯކޮށަން ސެލޫންތަކަށް ދިޔުމަށް ކެތްމަދުވެފަ އެވެ. އެގޮތުން އަބަދު ސެލޫން ތަކަށް ގޮސް ބޯކޮށާ މީހަކު ބުނީ ނުކައިވެސް އޭނާ ބޭނުންވަނީ ސެލޫނަކަށް ގޮސް ބޯކޮށާލަން ކަމަށެވެ.

ބައެއް ފިޔަވަޅުތަކަށް ލުއިދިން ކަމުގައިވީ ނަމަވެސް އަދިވެސް ވައިރަސް ފެތުރޭ ހިސާބުތައް ވަނީ 'ރަތް ޒޯން' ތަކުގެ ގޮތުގައި ކަނޑައަޅާ ފިޔަވަޅުތައް ހިފަހައްޓާފަ އެވެ. އަދި މުޅި ޤައުމުގެ ހުރިހާ ރައްޔިތުންނަށް ޖުމުލަކޮށް އަދިވެސް އިރުޝާދު ދެމުން ގެންދަނީ ގޭގައި ތިބެގެން މަސައްކަތް ކުރުމަށެވެ.

ވައިރަސް ފެތުރެން ކޮންޓްރޯލް ކުރުމަށް ފްރާންސް ސަރުކާރުން އަޅުމުންދިޔަ ފިޔަަވަޅުތަކަށް އެކި ފަހަރު މަތިން ބަދަލުތައް ގެނެސްފައި ވާތީ އެކަމުގެ ފާޑުކިޔުންތައް ވަނީ މެކްރޮން އަށް ޢަމާޒުވެފަ އެވެ. އެގޮތުން މާސްކު އަޅަންވާ ގޮތުގެ މައުލޫމާތުތައް ދިނުމުގައި ޔަޤީންނުވެ އެކިފަހަރު އެކި ގޮތަށް އިރުޝާދު ދެމުން ގެންދިޔުމުގެ ސަބަބުން އެހެން ޤައުމުތަކެކޭ އެއްގޮތަށް ފްރާންސްގައި ވެސް ވަނީ އިތުބާރު ކުރުމުގެ މައްސަލަތަކެއް ދިމާވެފަ އެވެ.

ރިޕޯޓުތައް ބުނާގޮތުން މެކްރޮންގެ މަޤުބޫލުކަން މެއި މަހު ވަނީ 34 އިންސައްތަ ދަށަށްގޮސްފަ އެވެ. އެއީ އޭޕްރީލް މަހާއި އަޅާބަލާއިރު 5 ޕޮއިންޓްގެ ދަށްވުމެއް ކަމަށް އެޤައުމުގެ ނޫހަކުން ނެގިޚިޔާލު ހޯދުމުގެ ވޯޓަކުން ވަނީ ދައްކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް