ކ. މާލެ
|
11 މެއި 2020 | ހޯމަ 10:04
މޮސްކޯގެ ތާރީހީ ބިނާއެއް ކަމުގައިވާ ރެޑް ސްކްއަރ ސަރަހައްދުގައި ބަޔަކު މާސްކު އަޅައިގެން
މޮސްކޯގެ ތާރީހީ ބިނާއެއް ކަމުގައިވާ ރެޑް ސްކްއަރ ސަރަހައްދުގައި ބަޔަކު މާސްކު އަޅައިގެން
ރޮއިޓަރސް
ކޮވިޑް-19: ރަޝިއާގެ ހާލަތު
ރަޝިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ދެ ލައްކައަށް ވުރެ މައްޗަށް!
 
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރަޝިއާ ވަނީ ލޮކްޑައުން ކޮށްފަ
 
ލޮކްޑައުންގެ އެދެވޭ ނަތީޖާ ނުފެނޭ
 
ހޯމަ ދުވަހު 11,012 އައު ކޭސް ރިޕޯޓުކޮށްފައިވޭ

މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރަޝިއާގައި ދެލައްކައަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެއްޖެއެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، ރަޝިއާގައި މިހާތަނަށް ޕޮޒިޓިވް ވި ކަމަށް ރިޕޯޓުކޮށްފައިވަނީ 209,688 ( ދެ ލައްކަ ނުވަހާސް ހަ ސަތޭކަ އަށްޑިހަ އަށް)މީހުންނެވެ. މިއާއެކު ރަޝިއާ އަކީ ފަސްވަނަ އަށް އެންމެ ގިނަ ކޭސްތައް ރިޕޯޓު ކުރެވުނު ގައުމެވެ.

ރަޝިއާގައި ވައިރަސް ޖެހުނު މީހުންގެ ޢަދަދު ދެ ލައްކަ އަށް ވުރެ މަތިވެފައިވާއިރު ހޯމަ ދުވަހު 11,012 (އެގާރަ ހާސް ބާރަ) އައު ކޭސް ރިޕޯޓުކޮށްފައިވެއެވެ. އަދި ހޯމަ ދުވަހު 88 މީހަކު މި ބަލީގައި މަރުވި ކަމަށް ރިޕޯޓުކޮށްފައިވާއިރު ރަޝިއާގައި މިވަގުތު ފަރުވާ ހޯދަމުންދަނީ 173,467 (އެއް ލައްކަ ހަތްދިހަ ތިންހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ހަތް) މީހުންނެވެ. ރަޝިއާގައި އާދީއްތަ ދުވަހު އެކަނި 10,817 (ދިހަ ހާސް އަށް ސަތޭކަ ސަތާރަ) އާ ކޭސް އެއް ރިޕޯޓުކޮށްފައިވެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރަޝިއާ ވަނީ ލޮކްޑައުން ކޮށްފައެވެ. އެހެން ނަމަވެސް، ވައިރަސް ފެތުރުން ކޮންޓްރޯލް ނުވެ، ދުވާލެއްގެ މައްޗަށް މި ބަލި ޖެހިގެން އެޤައުމުގައި ރިޕޯޓުކުރާ ކޭސްތަކުގެ ޢަދަދުތައް ދަނީ އިތުރު ވަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް