ކ. މާލެ
|
11 މެއި 2020 | ހޯމަ 05:03
އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް
އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް
ްއެލްއޭ ޓައިމްސް
ކޮވިޑް-19، އެމެރިކާ
ޕްރެސް ސެކެޓްރީ ކޮވިޑް-19އަށް ޕޮޒިޓިވްވުމުންވެސް، ޕެންސް އެކަހެރިވެވަޑައިނުގެން
 
މައިކް ވަނީ ކޮވިޑް-19 އަށް ނެގެޓިވްވެފައި
 
ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕެންސް ބައިވެރިވެވަޑައިގަންނަވާނެ
 
ރިޕޯޓުތައް ބުނާގޮތުން ޕެންސް އާއި ޕްރެސް ސެކެޓްރީ ވަނީ ޑައިރެކްޓް ކޮންޓެކްޓުވެފައި

އެމެރިކާގެ ނައިބުރައީސް، މައިކް ޕެންސްގެ ޕްރެސް ސެކެޓްރީ ކޭޓީ މިލަރ ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް، ކަރަންޓީނުވެވަޑައިގަތުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ޕެންސްގެ ތަރުޖަމާނާއި ހަވާލާދީ ސީއެންއެންގައި ރިޕޯޓުކޮށްފައިވާގޮތުން، ކަރަންޓީނުވެވަޑައިނުގެން ނަމަވެސް، ޕެންސް ގެންދަވަނީ ވައިޓް ހައުސްގެ މެޑިކަލް ޔުނިޓުން ދެއްވާ ލަފަޔާއި އެއްގޮތަށް ކަންތައްތައް ކުރައްވަމުންނެވެ.

ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ޕެންސް ބައިވެރިވެވަޑައިއިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ތަރުޖަމާނު ވިދާޅުވީ ޕެންސް ކޮވިޑް-19 އަށް ޓެސްޓުކުރެއްވި ކަމަށާއި ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ. ޕެންސްއަކީ މިލަރގެ ޑައިރެކްޓް ކޮންޓެކްޓެކެވެ.

ޕެންސްގެ ޕްރެސް ސެކްރެޓަރީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފަައިވަނީ ހޮނިހިރު ދުވަހުއެވެ. އޭނާ ޕޮޒިޓިވްވިކަން ހާމަކުރެއްވީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ވައިޓް ހައުސްގައި ރިޕަބްލިކަން ޕާޓީ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ. މިލަރއާ ޓްރަމްޕް ބައްދަލުވެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް