ކ. މާލެ
|
11 މެއި 2020 | ހޯމަ 05:59
އޮސްޓްރޭލިއާގެ މެލްބަންގައި ކުރެވުނު މުޒާހަރާގެ ތެެރެއިން
އޮސްޓްރޭލިއާގެ މެލްބަންގައި ކުރެވުނު މުޒާހަރާގެ ތެެރެއިން
ސީ.އެން.އެން
ކޮވިޑް-19، އޮސްޓްރޭލިއާ
ލޮކްޑައުންއާއި ދެކޮޅަށް އޮސްޓްރޭލިއާގައި މުޒާހަރާކޮށްފި
 
އޮސްޓްރޭލިއާގައި މިހާތަނަށް 6,941 ކޭސް ރިޕޯޓުކޮށްފައިވޭ
 
މި މުޒާހަރާގެ ތެރެއިން ބައެއް ފުލުހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވޭ
 
މި މުޒާހަރާގައި ބައިވެރިވި އިތުރު މީހުން ހޯދަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްކޮށްފައިވާ ލޮކްޑައުންއާއި ދެކޮޅަށް އޮސްޓްރޭލިއާގައި މުޒާހަރާކޮށްފި އެވެ.

މި މުޒާހަރާކޮށްފަައިވަނީ އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓްގެ ކޯސްޓަލް ކެޕިޓަލް، މެލްބަންގެ މަޖިލިސް އިދާރާ ކުރިމަތީގަ އެވެ. ސީއެންއެންގައި ރިޕޯޓުކޮށްފައިވާގޮތުން މި މުޒާހަރާގައި 10 މީހަކު ހައްޔަރުކޮށްފައި ވެއެވެ. އަދި އޭގެތެރޭގައި މި މުޒާހަރާ ރާވާ އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ދެ މީހުން ހިމެނެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން އޮސްޓްރޭލިއާގައި އާއްމުން އެއްވެ އުޅުން މަނާކޮށްފައިވާއިރު، މުޒާހަރާގެ ބައިވެރިންނާއި މެލްބަން ފުލުހުންނާއި ދެމެދު ކުރިމަތިލުންތަކެއް ހިނގާފައި ވެއެވެ. އެގޮތުން، ފުލުހުންނަށް ހަމަލާދިން ކަމަށް ބުނެ، ތިން މީހެއް ވަނީ ހައްޔަރުކޮށްފަ އެވެ.

މި މުޒާހަރާގެ ތެރެއިން ބައެއް ފުލުހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައި ވެއެވެ. މި މުޒާހަރާގައި ބައިވެރިވި އިތުރު މީހުން ހޯދަމުންދާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

އޮސްޓްރޭލިއާގައި މިހާތަނަށް 6,941 ކޭސް ރިޕޯޓުކޮށްފައިވާއިރު، މި ވައިރަސް ޖެހިގެން އެގައުމުގައި 97 މީހަކު ވަނީ މަރުވެފަ އެވެ. ނަމަވެސް، ޖުމްލަ ގޮތެއްގައި އެ ގައުމުގެ ވަރަށް ގިނަ ހިސާބުތަކުގައި ވައިރަސް ފެތުރުން ވަނީ ހުއްޓިފަ އެވެ.

މިއާއެކު އޮސްޓްރޭލިއާގެ ބައެއް ސްޓޭޓްތަކުން ވަނީ ލޮކްޑައުންއަށް ލުއިތަކެއް ދިނުމަށް ދަނީ ނިންމާފައެވެ. އެގޮތުން ސްކޫލްތައް ހުޅުވާ، ބައެއް ބީޗުތައް އާއްމުންނަށް ހުޅުވާލުމަށް ވަނީ ނިންމާފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް