ކ. މާލެ
|
11 މެއި 2020 | ހޯމަ 03:43
ނިއުޔޯކްގައި މީހަކު ސަބްވޭއަށް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްކުރަނީ
ނިއުޔޯކްގައި މީހަކު ސަބްވޭއަށް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްކުރަނީ
ރޮއިޓަރސް
ކޮވިޑް-19: އެމެރިކާގެ ހާލަތު
އެމެރިކާގައި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 80،000 ށް ވުރެ މައްޗަށް އަރައިފި
 
އާދީއްތަ ދުވަހު އެމެރިކާގައި ވައިރަސް ޖެހިގެން މަރުވި ކަމަށް ރިޕޯޓުކޮށްފައިވަނީ 1,422 މީހުން
 
އެމެރިކާގައި ވައިރަސް ޖެހިފައިވާ މީހުންގެ ޢަދަދަކީ 1,365,352

ކޮވިޑް-19 ޖެހިގެން އެމެރިކާގައި މަރުވި މީހުންގެ ޢަދަދު 80،000ށް ވުރެ މައްޗަށް އަރައިފިއެވެ.

އެމެރިކާގައި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވީނަމަވެސް، އެމެރިކާގައި ވައިރަސް ޖެހިގެން މަރުވާ މީހުންގެ ޢަދަދުތައް ދަނީ މަތިވަމުންނެވެ.

އެގޮތުން، މިހާތަނަށް މި ބަލިޖެހިގެން ޖުމްލަ 80,718 މީހުން ވަނީ އެމެރިކާގައި މަރުވެފައެވެ. ހޯމަ ދުވަހު އެކަނިވެސް 681 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އާދީއްތަ ދުވަހު އެމެރިކާގައި ވައިރަސް ޖެހިގެން މަރުވި ކަމަށް ރިޕޯޓުކޮށްފައިވަނީ 1,422 މީހުންނެވެ.

އެމެރިކާގައި ވައިރަސް ޖެހިފައިވާ މީހުންގެ ޢަދަދު 1,365,352 (އެއް މިލިއަން ތިން ލައްކަ ފަސްދޮޅަސް ފަސްހާސް ތިންސަތޭކަ ފަންސާސް ދެ) އަށް ވަނީ އަރާފައެވެ.

މީގެކުރިން ވޮޝިންގްޓަން ޔުނިވަރސިޓީން ހެދި ދިރާސާއެއްގައި އަންދާޒާކޮށްފައިވާ ޢަދަދުތައް ވަނީ މިހާރު ދެގުނަ ކޮށްފައެވެ. ކުރިން އޮގަސްޓް މަސް އަންނަންވާއިރަށް އެމެރިކާގައި 60،000 މީހުން މަރުވާނެކަމަށް އަންދާޒާކޮށްފައި ވީނަމަވެސް މިހާރު އެޔުނިވަރސިޓީން އަންދާޒާކުރަނީ އޮގަސްޓް މަހުގެ 4 ވަނަ ދުވަހާ ހަމައަށް އެޤައުމުގައި މަރުވާ މީހުންގެ ޢަދަދު 134،000ށް އަރާނެކަމަށެވެ. އެމެރިކާ ސަރުކާރުން މިހާރު ލަފާކުރާގޮތުގައި މެއި މަސް ނިމެންވާއިރަށް ދުވާލަކު 3000 މީހުން މަރުވާނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
25%
25%
0%
0%
50%
0%
ކޮމެންޓް