ކ. މާލެ
|
11 މެއި 2020 | ހޯމަ 00:31
ސަރވައިލެންސް ޕްރޮގުރާމުގެ ދަށުން ސްރީލަންކާގެ އެމަރޖެންސީ ރެސްޕޮންޒް ޓީމް ޙަރަކާތްތެރިވަނީ
ސަރވައިލެންސް ޕްރޮގުރާމުގެ ދަށުން ސްރީލަންކާގެ އެމަރޖެންސީ ރެސްޕޮންޒް ޓީމް ޙަރަކާތްތެރިވަނީ
ކޮލޮމްބޯ ގެޒެޓް
ކޮވިޑް-19: ސްރީލަންކާެގެ ޙާލަތު
ސްރީލަންކަގައި ސަރުކާރާއި ޕްރެއިވެޓް ސެކްޓަރގެ ޚިދުމަތްތައް ފަށަނީ
 
އޮފީސްތައް ހުޅުވިނަމަވެސް ހަރުކަށި އުޞޫޅުތައް ތަންފީޒު ކުރަން ޖެހޭ
 
ކަލުތަރައާއި ޕުއްތަލަމްގައި ރޭގަނޑު 0800ން ފަތިހު 0500އާއި ހަމަޔަށް ކާފިއު ހިންގާނެ
 
ވެރިރަށް ކޮލޮމްބޯއާއި ގަމްޕަހާގައި ލޮކްޑައުން އުވައެއް ނުލާ

ކޮވިޑް-19 ގެ ނުރައްކަލާ ހުރެ ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި މިވަގުތު ކާފިއުގެ އަމުރު އިޢުލާނުކޮށްފައި އޮތް ނަމަވެސް، އާދީއްތަ ދުވަހުން ފެށިގެން ސަރުކާރުގެ ޚިދުމަތްދޭ ހުރިހައި އިދާރާތަކާއި، ޕްރައިވެޓް ސެކްޓަރގެ ޚިދުމަތް ފަށަން ނިންމައިފިއެވެ.

ސްރީލަންކާގެ ރައީސް އޮފީހުގެ މީޑިއާ ސެކްޝަނުން ބުނެފައިވަނީ ޚިދުމަތްތައް ހުޅުވާލަން ނިންމި ނަމަވެސް ކޮލޮމްބޯއާއި، ގަމްޕަހާގައި ވައިރަސްގެ ނުރައްކާ ބޮޑު އަވަށްތަކުގައި ކާފިއުގެ ޢަމުރު އުވާނުލާނެ ކަމަށެވެ. އަދި ނުރައްކާ ބޮޑު އެެހެން އަވަށްތަކަށް ކަމަށްވާ ކަލުތަރައާއި ޕުއްތަލަމްގައި އާދީއްތަ ދުވަހުން ފެށިގެން ކާފިއު ހިންގާނީ ހަމައެކަނި ރޭގަނޑު 0800ން ފަތިހު 0500ށް ހަމަޔަށް ކަމަށެވެ.

ޚިދުމަތްތައް ހުޅުވާލުމާއި ބެހޭ ގޮތުން ވެރިރަށް ކޮލޮމްބޯގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި "ނެޝަނަލް އޮޕަރޭޝަން ސެންޓަރ ފޮރ ޕްރިވެންޝަން އޮފް ކޮވިޑް-19 އައުޓް ބްރޭކް" ގެ ތަރުޖަމާނު އަރމީ ކޮމާންޑަރ ލެފްޓިނެންޓް ޖެނެރަލް ޝަވެންދްރަ ސިލްވާ ވިދާޅުވީ އާދީއްތަ ދުވަހު ޤައުމުގެ ހުރިހައި ޞަރަހައްދެއްގައި ހުންނަ ސަރުކާރާއި އަމިއްލަ އޮފީސްތައް ހުޅުވަން ނިންމާފައިވާ ކަމަށެވެ. އަދި ޚިދުމަތް ފެށި ނަމަވެސް، ޢަމަލު ކުރަމުންދާނީ ޚާއްޞަ އުޞޫލެއްގެ ދަށުން ކަމަށް ވިދާޅުވިއެވެ.

މި އުޞޫލު މިހާރު އޮފީސްތަކުގެ ވެރިންނާއި ހިއްސާ ކޮށްފައި ވާކަމަށާއި، އެއާއި އެއްގޮތައް ޢަމަލު ކުރަމުންދޭތޯ ވަރަށް ގާތުން ބަލަމުންދާނެ ކަމަށް ވިދާޅުވިއެވެ. ސްރީ ލަންކާ ސަރުކާރުން އޮފީސްތައް ހުޅުވުމުގައި ބަހައްޓަންޖެހޭ މިންގަނޑުތަކުގެ ގޮތުގައި އުޞޫލުގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި، އޮފީހުގެ ތިން ބައިކުޅަ އެއްބައި މުވައްޒަފުން ވަޒީފާއަށް ނެރުމާއި، އެމީހުން އޮފީހަށް އައުމުގެ ކަންކަން ހަމަޖައްސައި ދިނުމާއި، މިހާރު އަމަލު ކުރަމުންދާ ޞިއްޙި މިންގަޑުތައް ތަންފީޒުކުރުމާއެކު ގައިދުރުކަން ދެމެހެއްޓުން ހިމެނެއެވެ.

ސަރުކާރާއި އަމިއްލަ އޮފީސްތަކާއި ސަރުކާރުގެ އޮފީސްތައް ހުޅުވިނަމަވެސް، ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުނިކުތުމަށާއި، ނިކުންނަ ފަހަރު ނެޝަނަލް އައިޑީ ކާޑު އަބަދުވެސް އަތުގައި ބޭއްވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކާފިއު ގެ އަމުރު ހިންގަމުންދާ އަވަށްތަކުގައި ޢާންމުންނަށް ދަތި ނުވާނޭހެން ބައެއް ގަޑިތަކުގައި ދޫދޭނެކަމަށް ޝަވިންދްރަ ވިދާޅުވިއެވެ.

އާދީއްތަ ދުވަހު ޢާންމު ދަތުރުފަތުރު ވެސް ހުޅުވާލަން ނިންމާފައި ވާއިރު، ސްރީލަންކާ ސަރުކާރުން ބުނެފައިވަނީ ދަތުރުތައް ކުރާނީ އާދައިގެ ބޭނުންތަކައް މީހުން އުފުުލުމަށް ކަމަށެވެ. އަދި ޢާންމުން އަދައިގެ މަތިން ދަތުުރު ނުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ޝަވިންދްރަ ވަނީ ޢާންމު ރައްޔިތުން އަމަލު ކުރަމުންދާ އުޞޫލުތަކަށް ތަބާވެ ފުލުހުންނަށާއި ސިފައިންގެ މަސައްކަތައް އެއްބާރުލުން ދިނުމަށް ގޮވާލާފައެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
100%
ކޮމެންޓް