ކ. މާލެ
|
10 މެއި 2020 | އާދީއްތަ 08:22
ބްރެޒިލްގައި މަރުވި މީހުންގެ އަދަދު މިހާރުގެ އަދަދުތަކަށްވުރެ 15 އިންސައްތަ މަތިވާނެކަމަށް ލަފާކުރެވޭކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނޭ
ބްރެޒިލްގައި މަރުވި މީހުންގެ އަދަދު މިހާރުގެ އަދަދުތަކަށްވުރެ 15 އިންސައްތަ މަތިވާނެކަމަށް ލަފާކުރެވޭކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނޭ
ޓައިމް މަޖައްލާ
ކޮވިޑް-19: ބްރެޒިލްގެ ޙާލަތު
ވައިރަސްގައި މަރުވި މީހުންގެ އަދަދު 10،000ށް އެރި 6 ވަނަ ޤައުމަކަށް ބްރެޒިލް
 
އެ ޤައުމުގައި ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 156،000ށް ވުރެ މަތީގަ
 
މަރުވި މީހުންގެ އަދަދު މިއަށްވުރެ 15 އިންސައްތަ މަތިވާނެކަމަށް ލަފާ ކުރެވޭ
 
މަރުވި މީހުންގެ އަދަދު 10،000ށް ވުރެ އިތުރުވެފައިވާ 6 ޤައުމެއްވޭ

ބްރެޒިލްގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 10،000ށް ވުރެ މައްޗަށް އަރައިފިއެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ބްރެޒިލްގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 10،600ށް ވުރެވެސް އިތުރުވެފައެވެ. އަދި ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 156،000ށް ވުރެ މަތީގައެވެ. ނަމަވެސް މަރުވި މީހުންގެ އަދަދު މިއަށްވުރެ 15 އިންސައްތަ މަތިވާނެކަމަށް ލަފާ ކުރެވޭކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކުރަނީ އެ ޤައުމުން އެކަށީގެންވާވަރަށް ވައިރަސްއަށް ޓެސްޓް ނުކުރެވުމެވެ.

އެއާއެކު ބްރެޒިލްއަކީ މުޅި ދުނިޔެއިން ވައިރަސްގައި މަރުވި މީހުންގެ އަދަދު 10،000ށް ވުރެ އިތުރުވެފައިވާ 6 ވަނަ ޤައުމެވެ. އެގޮތުން އެމެރިކާ، ސްޕެއިން، އިޓަލީ، ޔޫކޭ، އިނގިރޭސިވިލާތް އަދި ފްރާންސްގައިވެސް މަރުވި މީހުންގެ އަދަދު އުޅެނީ 10،000ށް ވުރެ މަތީގައެވެ.

ބްރެޒިލުން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 10،000ށް ވުރެ އިތުރުވުމާއެކު، އެ ޤައުމުގެ ނޭޝަނަލް ކޮންގްރެސްއިން ވަނީ 3 ދުވަހުގެ ހިތާމަ ފާޅު ކުރުމުގެ ހަރަކާތެއް ރާވާފައެވެ. އަދި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލަނބައި، "އައު ނޯމަލް"އަކަށް ދިއުމަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމަށް އެ ޤައުމުގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފައިވެއެވެ.

ބްރެޒިލްގެ ޙާލަތު ގޯސްވަމުން އަންނައިރު، ބްރެޒިލްގެ ރައީސް ޖެއަރ ބޮލްސޮނާރޯ ވިދާޅުވަމުން ގެންދަވަނީ މި ވައިރަސްއަކީ އާދައިގެ ރޯގާއެއް ކަމަށެވެ. ބޮލްސޮނާރޯ ގެންދަވަނީ އޭނާގެ އެޑްވައިޒަރުންނާއި، ސައިންޓިސްޓުން ދެއްވާ އިރުޝާދުތަކަށް އިންކާރުކުރައްވާ ގޮންޖައްސަވަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް