ކ. މާލެ
|
9 މެއި 2020 | ހޮނިހިރު 22:14
ކޮންމެ އަހަރެއްގެ ވެސް ރަމަޟާންމަހުގެ ފަހު ދިހައެއްގެ ކުރިން އަމީރު ރައްޔިތުންނާއި މުޚާޠަބު ކުރައްވާ ނަޞޭޙަތްތެރިވެ ވަޑައިގަންނަވާ/ ކޮވިޑް-19 އާއި ގުޅިގެން ވާހަކަފުޅުގެ ރާގުވަނީ ބަދަލުވެފައި
ކޮންމެ އަހަރެއްގެ ވެސް ރަމަޟާންމަހުގެ ފަހު ދިހައެއްގެ ކުރިން އަމީރު ރައްޔިތުންނާއި މުޚާޠަބު ކުރައްވާ ނަޞޭޙަތްތެރިވެ ވަޑައިގަންނަވާ/ ކޮވިޑް-19 އާއި ގުޅިގެން ވާހަކަފުޅުގެ ރާގުވަނީ ބަދަލުވެފައި
އަލްއަރަބިއްޔާ
ކޮވިޑް-19: ކުވައިތުގެ ޙާލަތު
މިޙާލަތުގައި އެއްބައިވަންތަކަން އިސްކޮށް ސަރުކާރަށް އެހީތެރިވެދިނުމަށް ރައްޔިތުންގެ ކިބައިން އެދެން: ކުވައިތުގެ އަމީރު
 
މާދަމާއި އިން ފެށިގެން މެއި މަހުގެ 30ގެ ނިޔަލަށް ފުރަބަންދުކުރަން ވަނީ ނިންމާފައި
 
ޢަމަލު ކުރަމުންދާ އުޞޫލުތަކައް ބޯލެނބުމަށް އަމީރު ނަޞޭޙަތްތެރިވެ ވަޑައިގެންނެވި
 
ޞިއްޙަތާ ބެހޭ އިދާރާތަކުގެ އިރުޝާދުތަކައް ތަބާވުމަށް އަމީރު ގޮވާލެއްވި

ކޮވިޑް-19 ގެ މިޙާލަތުގައި ރައްޔިތުންގެ އެހީއަށް ކުވައިތުގެ އަމީރު ޝައިޚް ޞަބާޙް އަލް-އަޙްމަދު ޞަބާޙް ގޮވާލައްވައިފިއެވެ.

އާދައިގެ މަތިން ކޮންމެ އަހަރެއްގެ ބަރަކާތްތެރި ރަމަޟާންމަހުގެ ފަހު ދިހައެއްގެ ކުރިން ޤައުމުގެ ރައްޔިތުންނާއި މުޚާޠަބު ކުރައްވާ ޓީވީގެ ޒަރިއްޔާ އިން ދެއްވި މިއަހަރުގެ ޚިޠާބުގައި، އެމަނިކުފާނި ވިދާޅުވީ މުޅި ދުނިޔެއަށް ކޮވިޑް-19ގެ ދަތި ޙާލަތް ކުރިމަތިވެފައިވާއިރު، ކުވައިތަށްވެސް މި ވައިރަސްއާއި ކުރިމަތިލާން ޖެހިފައިވާކަމަށެވެ. އަދި ކޮވިޑް-19 އާއި ސަރުކާރުން ހަނގުރާމަ ކުރަމުންދާއިރު، މި ދަނޑިވަޅުގައި ހުރިހައި ރައްޔިތުންވެސް އެއްބައިވަންތަކަން އިސްކޮށް، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި އެހީތެރިވުމަށް ގޮވާލެއްވިއެވެ.

އަމީރު ވަނީ ސަރުކާރުން ޤައުމު ފުރަބަންދުކުރަން ވިސްނަމުން ގެންދަވާކަން ފާހަގަކުރައްވާ، ހުރިހައި ރައްޔިތުންވެސް ކަމާއި ގުޅުންހުރި އިދާރާތަކުން ދެއްވޭ އިރުޝާދުތަކަށް ބޯލަނބާ އަދި މިހާރު ޢަމަލުކުރަމުންދަ އުޞޫލުތަކަށް ތަބާވުމަށް ނަޞޭޙަތްތެރިވެ ވަޑައިގެންފައެވެ.

މިއަހަރު އަޅުގަނޑުމެން ބަރަކާތްތެރި ރަމަޟާންމަހައި ކުރިމަތިލާން މިޖެހުނީ، މުޅި ދުނިޔޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާ ދަނޑިވަޅެއްގައި. މީގެ އަސަރު ކުވައިތަށްވެސް ދަނީ ކުރަމުން. އެންމެ ބޮޑު އިސްކަމެއް ދެނީ މި ވައިރަސްއަށް ކާމިޔާބު ފަރުވާއެއް ހޯދުމަށް. ތެލުގެ އަގު މިހާރު މަިވަނީ ދަށްވެފައި. އިންވެސްޓް ކުރަން ހުންނަ މުދަލަށް އޭގެ ނޭދެވޭ އަސަރު ކުރާނަމަ ދައުލަތުގެ މާލިއްޔާއަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ
ޝައިޚް ޞަބާޙް އަލް-އަޙްމަދު ޞަބާޙް / ކުވައިތުގެ އަމީރު

ކުވައިތުގެ އަމީރު ޝައިޚް ޞަބާޙް އަލް-އަޙްމަދު ޞަބާޙް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ތެލުގެ ވިޔަފާރި ދަށްވުމާއި އިންވެސްޓް ކުރަން ހުރި އެހެނިހެން ވަޞީލަތްތަކުގެވެސް އަގު ތިރިވަމުންދާ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ މިހާރު ވިސްނުން ހުރީ ވަޞީލަތްތައް އެންމެ ބޭނުންތެރި އަދި އެންމެ ފައިދާކުރަނިވި ގޮތައް ބޭނުންހިފަންކަމަށް އަމީރު ވިދާޅުވިއެވެ.

ކުވައިތުން ހޮނިހިރު ދުވަހު އެކަނިވެސް 415 (ހަތަރު ސަތޭކަ ފަނަރަ) މީހުން އަލަށް ވައިރަސްއަށް ޕޮޒިޓިވްވެ، ދެ މީހުން މަރުވިއެވެ. މިހާރު އެޤައުމުން ވައިރަސް ޖެހުނު މީހުންގެ ޖުމުލަ ޢަދަދަކީ7,623 އެވެ. އަދި މަރުވީ މީހުންގެ ޖުމުލަ ޢަދަދަކީ 49 (ސާޅީސް ނުވައެއް) އެވެ. މިހާރު 4,952 ( ހަތަރުހާސް ނުވަ ސަތޭކަ ފަންސާސް ދޭއް) މީހުން ފަރުވާ ހޯދަމުންދާއިރު، މީގެތެރެއިން 96 (ނުވަދިހަ ހައެއް) މީހުންގެ ޙާލަތު ވަރަށް ސީރިއަސް އެވެ. އަދި ފަރުވާދީގެން 2,622 (ދެހާސް ހަސަތޭކަ ބާވީސް) މީހުން ވަނީ ރަނަގަޅުކޮށްފައެވެ.

ނުރައްކާ މިންވަރަށް ވައިރަސް ފެތުރެމުންދާތީއާއި، މި ފެށޭ ހަފުތާއަކީ ކުވައިތުގައި ކޮވިޑް-19 ގެ ޕީކާއި ދިމާވާ ހަފުތާކަމަށް ވާތީ ކުވައިތު ސަރުކާރުން ވަނީ އާދީއްތަ ދުވަހުގެ ހަވީރު 0400ން ފެށިގެން މެއި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 24 ގަޑީއިރުގެ ކާފިއުގެ ޢަމުރު ނުވަތަ "ފުރަބަންދު" ގެ ޙާލަތު އިޢުލާނު ކުރަން ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
100%
0%
0%
0%
ކޮމެންޓް