ކ. މާލެ
|
9 މެއި 2020 | ހޮނިހިރު 20:47
މަސްޖިދުއް ނަބަވީއަށް ދާން އޮންނަ މައިމަގު: ފުރަބަންދުކުރުމުގެ ސަބަބުން މަދީނާގެ މަގުތައް ފެންނަނީ ފަޅުކޮށް
މަސްޖިދުއް ނަބަވީއަށް ދާން އޮންނަ މައިމަގު: ފުރަބަންދުކުރުމުގެ ސަބަބުން މަދީނާގެ މަގުތައް ފެންނަނީ ފަޅުކޮށް
ސައުދީ ގެޒެޓް
ކޮވިޑް-19: މަދީނާގެ ޙާލަތު
މަދީނާގެ ބައެއް ޞަރަޙައްދުތަކުގައި ފުރަބަންދަށް ލުޔެއްދީފި
 
ބައެއް ޞަރަޙައްދުތަކަށް ލުޔެއް ދިނަސް ފުރަބަންދު އުވާލަން އަދި ނިންމާފައެއް ނުވޭ
 
އުޞޫލާއި ޚިލާފުވެއްޖެނަމަ އަދަބު ދޭގޮތައް ވަނީ ނިންމާފައި
 
ލުއި ދިން ޞަަރަޙައްދުތަކުގައި ހެދުނު 0900ން ހަވީރު 0500ށް ބޭރަށް ނިކުމެ އުޅެވޭނެ

ސަޢުދީ ޢަރަބިއްޔާގައި ކޮވިޑް-19 ނުރައްކާ މިންވަރަށް ފެތުރުމާއި ގުޅިގެން އެޤައުމުން ފުރަބަންދު ކުރި ސިޓީތަކުގެ ތެެރެއިން މަދީނާގެ ބައެއް ޞަރަޙައްދުތަކުގައި ފުރަބަންދަށް ލުޔެއް ދޭން އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މިކަމާއި ގުޅޭގޮތުން އެޤައުމުގެ ދާޚިލީ ވުޒާރާއިން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ރައްޔިތުންގެ ސަލާމަތާއި ރައްކަލަށް ރަސްކަމުގެ ދަރުބާރުން ތަންފީޒު ކުރަން ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒު އިއްވަވާފައިވާ ޢަމުރުގެ ދަށުން، މިދިޔަ މާރޗު 27ން ފެށިގެން މައި ސިޓީތައް ފުރަބަންދު ކޮށްފައިވާ ކަމަށެވެ.

އޭގެތެރޭގައި ވެރިރަށް ރިޔާދާއި، މައްކާއާއި، މަދީނާއާއި، އަލް-ދަމާމް ސިޓީ ހިމެނޭ ކަމަށެވެ. އަދި ބަރަކާތްތެރި ރަމަޟާންމަހާއި ގުޅުވައިގެން އެހެން ސިޓީތަކައް ލުއި ދިން އިރު، މި ސިޓީތަކައް ލުއި ދީފައި ނުވަނީ އަދިވެސް އެސިޓީތަކުގައި ނުރައްކާތެރި މިންވަަރަށް ވައިރަސް ފެތުރެމުންދާތީ ކަމަށެވެ. އަދި މިހާރުވެސް އެންމެ ގިނަ ޢަދަދަކަށް މީހުން ވައިރަސްއަށް ޕޮޒިޓިވްވެ މަރުވަނީވެސް މި 4 ސިޓީންކަން ބަޔާނުގައި ފާހަގަ ކުރައްވާފައިވެއެެވެ،

އެހެންނަމަވެސް މަދީނާގެ ޙާލަތައް ރިޢާޔަތް ކޮށް، މެއި މަހުގެ 9 އެއް ވާ ހޮނިހިރު ދުވަހުން ފެށިގެން އެސިޓީގެ ބައެއް އަވަށް ތަކަށް ލުއިދިނުމަށް ނިންްމާފައިވާކަމަށެވެ. އަދި މިގޮތައް ނިންމީ އެޤައުމުގެ ޞިއްޙަތާއި ބެހޭ އިދާރާތަކުގެ އިރުޝާދުގެ މަތިންކަމަށްވެސް ބުނެފައިވެއެެވެ.

ލުއިދޭން ނިންމި އަވަށްްތަކުގެތެރޭގައި، އަލް-ޝުރައިބާތު، ބަނީ ޒަފަރް، ޤުރުބާން، އަމް ޖުމުޢާ، އަލް-އިސްކާން، ބަނީ އަދި ޚަރްދާ ހިމެނެއެވެ. ދާޚިލީ ވުޒާރާއިން ދޭން ނިންމި ލުއިތަކުގެ ތެރޭގައި އެ އަވަށްތަކުގެ މީހުންނަށް ހެދުނު 0900ން ފެށިގެން ހަވީރު 0500 ގެ ނިޔަލަށް މިނިވަންކަމާއެކު ބޭރުގައި ހެލިފެލިވެ އުޅެވޭނެއެެވެ. އެހެންނަމަވެސް، ބޭރުގައި އުޅޭއިރު ޢަމަލު ކުރަންޖެހޭ ގޮތްތަކެއް ބަޔާން ކޮށްފައިވެއެވެ. އޭގެތެރޭގައި މާސްކް އެޅުމާއި، އަމިއްލަ ސާފުތާހިރުކަމާއި، އިޖުތިމާޢީ އަދި ޖިސްމާނީ ގައިދުރުކަން ދެމެހެއްޓުން ހިމެނެއެވެ.

ދާޚިލީ ވުޒާރާއިން ޢާންމުކޮށްފައިވަ އުޞޫލާއި ޚިލާފުވާ ވަކި ވަކި ފަރުދުންނަށް ފިޔަވަޅު އަޅާނެކަމަށާއި، އަދި މުޖުތަމަޢުން ޖުމުލަކޮށް އުޞޫލާއި ޚިލާފުވުން ތަކުރާރުކުރާނަމަ، ކުރިން އޮތް ޙާލަަތައް ރުޖޫޢަކުރާނެކަމުގެ އިންޒާރު ދާޚިލީ ވުޒާރާއިން ދީފައިވެއެވެ.

މަދީނާ ފުރަބަންދުކުރުމަށްފަހު މަދަނީ ފުލުހުންނާއި، ސިފައިން ދަނީ އެކި ޞަރަޙައްދުތަކުގައި 24 ގަޑީއިރު ފޯރިމަރަމުންނެވެ. އަދި ބައެއް ޞަރަޙައްދުތަކުގައި "ކޮމިއުނިޓީ ސަރވައިލެންސް" ޕްރޮގުރާމުގެ ދަށުން އެއްފަހަރާ ގިނަ ބަޔަކު ކޮވިޑް-19 އަށް ތަހުލީލު ކުރަމުން ދާކަމަށް ވެސް ޚަބަރު ލިބެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
100%
0%
0%
0%
0%
ކޮމެންޓް