ކ. މާލެ
|
9 މެއި 2020 | ހޮނިހިރު 17:59
ލީބިއާގައި ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރި ޖަމާއަތެއް
ލީބިއާގައި ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރި ޖަމާއަތެއް
ރޮއިޓަރސް
ލީބިއާގައި ދެމުންދާ ހަމަލާތައް
ލީބިއާގެ ހަނގުރާމަވެރި ޖަމާއަތަކުން އެގައުމުގެ މިޓިގަރ އެއާޕޯޓަށް ހަމަލާތަކެއްދީފި
 
މިޓިގަރ އެއާޕޯޓަކީ ލީބިއާގެ ޓްރިޕޮލީގައި އޮތް ހަމައެކަނި ބޭނުން ކުރެވޭ އެއާޕޯޓް
 
އެއާޕޯޓުގައި ހުރި ތެޔޮ ޓޭންކަރުތަކެއް ގޮވާފައިވޭ
 
އެއްވެސް މީހަކަށް އަނިޔާވެފައިނުވޭ

ލީބިއާގެ ހަނގުރާމަވެރި ޖަމާއަތަކުން އެގައުމުގެ މިޓިގަރ އިންޓަނޭޝަން އެއާޕޯޓަށް ހަމަލާތަކެއްދީފިއެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ލީބިއަން ނޭޝަނަލް އަރމީ ކޮމާންޑަރު ހަލީފާ ހަފްތާރު ވާގިވެދޭ މިޖަމާއަތުން މިހަމަލާ ދީފައިވަނީ ރޮކެޓްތަކެއް ބޭނުން ކޮށްގެންނެވެ.

މިޓިގަރ އިންޓަނޭޝަނަލް އެއާޕޯޓަކީ ލީބިއާގެ ޓްރިޕޮލީގައި އޮތް ހަމައެކަނި ބޭނުން ކުރެވޭ އެއާޕޯޓެވެ.

ހަފްތާރަށް ވާގިވެރިވެދޭ ޖަމާއަތްތަކުން ދަނީ ކެނޑިނޭޅި ޓްރިޕޮލީ އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިހަމަލާގައި އެއްވެސް މީހަކު މަރުވެ، ޒަހަމް ވެފައެއްނުވެއެވެ. އަދި މިހަމަލާގައި އެއާޕޯޓުގައި ހުރި ތެޔޮ ޓޭންކަރުތަކެއް ގޮވާފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް