ކ. މާލެ
|
9 މެއި 2020 | ހޮނިހިރު 18:06
ސައުތު ކޮރެއާގައި ކޮވިޑް-19 ދަނީ ފެތުރެމުން
ސައުތު ކޮރެއާގައި ކޮވިޑް-19 ދަނީ ފެތުރެމުން
އަލްޖަޒީރާ
ކޮވިޑް-19 ސައުތު ކޮރެއާގައި ފެތުރުން
ސައުތު ކޮރެއާގެ ނައިޓް ކްލަބްތަކަށް ދިޔަ މީހެއް ފަރާތުން ކޮވިޑް-19 ފެތުރެނީ!
 
ވައިރަސް ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާނެ
 
ޕޮޒިޓިވްވި 28 އަހަރުގެ ޒުވާނާގެ ފަރާތުން 18 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެފައިވޭ
 
ސައުތު ކޮރެއާގެ ސޯލްގެ 2100ށްވުރެ ގިނަ ނައިޓް ކްލަބްތަކާއި ބާރތައް ވަނީ ބަންދުކޮށްފައި

ސައުތު ކޮރެއާގެ ނައިޓް ކްލަބްތަކަށް ދިޔަ މީހެއް ފަރާތުން ކޮވިޑް-19 ފެތުރުމުގެ ބިރު ބޮޑުވެފައިވާ ކަަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ސައުތު ކޮރެއާގެ ސޯލްގެ 2100ށްވުރެ ގިނަ ނައިޓް ކްލަބްތަކާއި ބާރތައް ބަންދު ކުރުމަށް އެސިޓީއަށް ސަރުކާރުން ވަނީ އަންގާފައެވެ.

މިތަންތަން ބަންދު ކުރަންޖެހުނީ ނައިޓް ކްލަބްތަކަށް ދިޔަ 29 އަހަރުގެ ޒުވާނެއް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާތީއެވެ. އަދި އެމީހާގެ ފަރާތުން 18 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެފައިވެއެވެ.

މިމީހާ ގޮސްފައިވާ ނައިޓް ކްލަބްތައް ހުރި ސޯލްގެ އިޓޭވުން ސަރަހައްދުގައި ދިރިއުޅޭ މީހުން ވަނީ ފިޒިކަލް ޑިސްޓެންސް ގައިޑްލައިންތައް އަމަލުނުކޮށް ދޫކޮށްލާފައެވެ.

ޕްރައިމް މިނިސްޓަރު ޗަންގު ސްޔޭ ކިއުން ވިދާޅުވީ އިތުރަށް ވައިރަސް ފެތުރު ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން ގެންދާނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް