ކ. މާލެ
|
9 މެއި 2020 | ހޮނިހިރު 17:35
އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީ ވަނީ މިމައްސަލަ ތަހުގީގު ކުރުމަށް ޚާއްސަ އަމުރެއް ނެރުއްވާފައި
އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީ ވަނީ މިމައްސަލަ ތަހުގީގު ކުރުމަށް ޚާއްސަ އަމުރެއް ނެރުއްވާފައި
-
އަފްގާނިސްތާނު ބަޔަކު މަރުވުން
އީރާނަށް ވަންނަން އުޅުނު އަފްޣާނިސްތާނު ބަޔަކު މަރުވި ހާދިސާ ތަހުގީގު ކުރަނީ
 
ކޯރަށް ކޮއްޕާ ވައްޓާލި ކަމަށް ބުނެފައިވޭ
 
އިރާނަށް އެރިޔަ ނުދީ އެމީހުންގެ ގައިގައި ތަޅާ އަނިޔާކޮށްފައިވޭ
 
ޓީމުގައި 10 މެމްބަރުން ހިމެނޭ

އީރާނަށް ވަންނަ އުޅުނު އަފްޣާނިސްތާނު ބަޔަކު މަރުވި ޙާދިސާ ތަޙުޤީޤު ކުރުމަށް 10 މެންބަރުންގެ ޚާއްސަ ޓީމެއް އެކުލަވާލައިފިއެވެ.

އަލް ޢަރައްބިއްޔާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އަފްޣާނިސްތާނުގެ ރައީސް އަޝްރަފް އަބްދުލް ޣަނީ ވަނީ ހުކުރު ދުވަހުގެ 10 މެންބަރުންގެ ޓީމެއް އެކުލަވާލައްވާފައެވެ. އަދި އީރާނުގެ ޞަަރަޙައްދީ އިން ކައިރީ ކޯރުގައި މަރުވެފައިވާ އަފްޣާނިސްތާނު މީހުންގެ މަރުގެ ޙަޤީޤަތް ހޯދުމަށް މިމެންބަރުންގެ މައްޗަށް ޢަމުރުކުރައްވާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން 55 އަފްޣާނިސްތާނުގެ 55 މީހުން ކޯރު ހުރަސްކޮށް އިރާނަށް އެތެރެވާން އުޅެނިކޮށް، ޞަރަޙައްދީއިން ކައިރީގައި ޙަރަކާތްތެރިވަމުންދިޔަ އިރާނުގެ ސިފައިންގެ ފައުޖުން ވަނީ އިރާނަށް އެރިޔަ ނުދީ އެމީހުންގެ ގައިގައި ތަޅާ އަނިޔާކޮށް، ބަޑިން ބިރު ދައްކާ އެމީހުން ކޯރަށް ފުންމާލަން މަޖުބޫރުކޮށްފައެވެ.

މީގެ ތެރެއިން މިހާތަނަށް 18 މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، އެމީހުންގެ ހަށިގަނޑުން އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަދި ހަ މީހެއްގެ ހަށިގަނޑު އަދިވެސް ނުފެންނަ ކަމަށާއި، ބާކީ ތިބި މީހުން ސަލާމާތްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަފްޣާނިސްތާނުގެ ހައިރާތު އަވަށުގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރައްވާ ޑޮކްޓަރުންނާއި ޙަވާލީ އަލް އަރަބިއްޔައިން ރިޕޯޓުކުރާގޮތުގައި މަރުވި އެންމެން ވެސް މަރުވެފައިވަނީ ގެނބިގެންނެވެ. ނަމަވެސް ބައެއް މީހުންގެ ހަށިގަނޑުން އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށެވެ.

މިޙާދިސާއިން ސަލާމަތްވި ނޫރު މުޙައްމަދު ބުނެފައިވަނީ އިރާނުގެ ބޯޑަރުގައި ޙަރަކާތްތެރިވާ ސިފައިން އެމީހުން ހުއްޓުވުމަށްފަހު، އަނިޔާ ކުރި ކަމަށާއި، އަނިޔާ ކުރުމަށްފަހު ކޯރަށް ކޮއްޕާ ވައްޓާލި ކަމަށެވެ.

ހައިރާތު ޕްރޮވިންސްގައި ހުންނަ އިރާނުގެ ކޮންސިއުލޭޓުން ވަނީ މިކަން ދޮގުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް